27 އެޕްރީލް 2022
ހުރިހާ ދަރިންނާ އެކު އުމްރާ އަށް ދިއުމަކީ އަބޫބަކުރު ހަސަން (ބަކުރުބެ)، އޭނާގެ ހަތް ދަރިން ގާތުގައި އެންމެ ގިނައިން ދެއްކި އެއް ވާހަކަ އެވެ. އެކަމަކު ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި އެކަން ނުވެފައި ތިބުމަށް ފަހު އޭނާގެ މި ހުވަފެން ހަގީގަތަަކަށް ވި މި ދަތުރު ވީ އޭނާގެ ފަހު ދަތުރަށެވެ.
ހުރިހާ ދަރިންނާ އެކު އުމްރާ އަށް ދިއުމަކީ އަބޫބަކުރު ހަސަން (ބަކުރުބެ)، އޭނާގެ ހަތް ދަރިން ގާތުގައި އެންމެ ގިނައިން ދެއްކި އެއް ވާހަކަ އެވެ. އެކަމަކު ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި އެކަން ނުވެފައި ތިބުމަށް ފަހު އޭނާގެ މި ހުވަފެން ހަގީގަތަަކަށް ވި މި ދަތުރު ވީ އޭނާގެ ފަހު ދަތުރަށެވެ.
އުމްރާގެ އަޅުކަމުގައި އުޅެނިކޮށް ރޭ ފަތިހު އޭނާ ކުއްލި ގޮތަކަށް ނިޔާވީ އެވެ.
އުމުރުން 76 އަހަރުގެ އަބޫބަކުރުގެ ފިރިހެން ދަރިފުޅު، ލިސާން އަބޫބަކުރު "މިހާރު" އަށް ބުނީ މުސާފިރީން އުމްރާ ގްރޫޕްގެ ހަވާލުގައި މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު އުމްރާ އަށް ބައްޕަ ފުރީ ވަރަށް އުފަލުން ހުރެ ކަމަށެވެ.
ލިސާން ބުނީ ދީނީ ކަންތައްތަކަށް ސަމާލުކަން ދީ، ހެޔޮ ކަންތައްތަކަށް ބައްޕަ ބާރުއެޅުވި ކަމަށެވެ. އޭނާ ސިފަކުރި ގޮތުގައި އެވަރުގެ ރަނގަޅު، ހެޔޮ ބައްޕައެއް މި ދުނިޔެ މަތީގައި ނުލިބޭނެ އެވެ.
"ހުރިހާ ކުދިންނަށް ވެސް ވަރަށް ރަނގަޅު، އެއްވެސް ކުއްޖެއް ތަފާތު ނުކޮށް ކަންތައްތައް ކޮށްދިނީ. ރޭގަނޑު ބައްޕައާ އެކު ހުރިހާ ކުދިން އެއްކޮށް ކާނީ ވެސް،" ލިސާން ބުންޏެވެ.
އަބޫބަކުރު އުމްރާގައި.
އަބޫބަކުރު ދިޔައީ ލޭ މައްޗަށް ދިއުމާއި ހިތުގެ މައްސަލަ ހުންނާތީ އެކަމަށް ވެސް ބޭސް ކަމުންނެވެ. ނަމަވެސް ފަހު ވަގުތާ ހަމައަށް ވެސް އެ ކަމުގެ އުނދަގޫވެގެން އެ ވާހަކަ ދައްކާފައި ނުވާ ކަމަށް ލިސާން ބުންޏެވެ.
ބައްޕައާ އެކު އުމްރާ އަށް ގޮސް ހުރި ލިސާން ބުނީ ރޭ ވެސް އާއިލާގެ ހުރިހާ ކުދިންނާ އެކު ބައްޕަ އުޅުނު ކަމަށެވެ. ލިސާން ބުނި ގޮތުގައި ބައްޕަ ނިއާވީ ފަތިސް ނަމާދަށް ފަހު ކުއްލިއަކަށް މެޔަށް ތަދެއް އަރައިގެން ހޮސްޕިޓަލަށް ގެންދަން އުޅެނިކޮށެވެ.
"ރޭ ވެސް ހުރިހާ ކުދިންނާ އެއްކޮށް ސަކަރާތްޖަހައި އުޅުނު. އެއްވެސް ކަމެއް ފާހަގައެއް ނުވި،" ލިސާން ބުންޏެވެ.
އާއިލާއިން އަންނަނީ އަބޫބަކުރުގެ ޖަނާޒާގެ ކަންތައްތައް މިރޭ ބޭއްވޭތޯ މަސައްކަތްކުރަމުންނެވެ.
މަސްވެރިކަން ކޮށްގެން އުޅުނު އަބޫބަކުރު މީގެ ކުރިން 3-4 ފަހަރު އުމްރާއަށް ދިޔަ އެވެ. އެ ދަތުރުތަކުގައި އޭނާގެ ބައެއް ދަރިން ބައިވެރި ވިޔަސް މިއީ އޭނާ އުންމީދުކުރި ގޮތަށް ހުރިހާ ދަރިންނާ އެކު ދިޔަ އުމްރާ އެވެ.
ދަރިންގެ އިތުރުން ކާފަ ދަރިއެއް ވެސް މި ފަހަރު އުމްރާ އަށް ދިޔަ އެވެ. މީގެ އިތުރުން އޭނާގެ އަންހެނުންނާއި އަންހެނުންގެ އެއްބަނޑުއެއްބަފާ ގިނަ ބަޔަކާއި އެ މީހުންގެ ދަރިންނާއި ދަރިންގެ ދަރިން ވެސް އުމްރާ އަށް ދިޔަ އެވެ.
އަތަމާ އަބްދުއްލަތީފް އަވަހާރަވެއްޖެ
އޭދަފުށީގެ ހިދުމަތްތެރިޔާ އަހުމަދު އަލީ ނިޔާވެއްޖެ
އުމްރާއަށް ދިޔަ ދިވެއްސަކު ނިޔާވެއްޖެ
ދުވަސްވީ މީހަކު މަރުވެގެން ބެލިއިރު ކޮވިޑަށް ޕޮޒިޓިވް
ޓެކްސީ ދުއްވަނިކޮށް ހާޓްއެޓޭކް ޖެހުނު މީހާ މަރުވެއްޖެ
ސިންގަޕޫރު ކުއްޖަކު ދޯނީގެ ބުރަފަތީގައި ޖެހި މަރުވެއްޖެ
ދުވަނިކޮށް ހާޓްއެޓޭކް ޖެހުނު މީހާ ނިޔާވެއްޖެ
ކުރީގެ މަޝްހޫރު ވިޔަފާރިވެރިޔާ ކުވާ މޮހޮދޭ ނިޔާވެއްޖެ
ފެޝަން ޑިޒައިނަރު ރޯހިތު ބާލް މަރުވެއްޖެ
ހައްޖު އަގު ހެޔޮކުރުން ހަގީގަތަކަށް ވުމުގެ އުއްމީދުބޮޑު