ބ. އޭދަފުށީގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒަށް އެތައް އަހަރެއް ވަންދެން ހިދުމަތްކުރެއްވި އަހުމަދު އަލީ މިއަދު ނިޔާވެއްޖެ އެވެ.
30 ޑިސެމްބަރ 2023
ބ. އޭދަފުށީގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒަށް އެތައް އަހަރެއް ވަންދެން ހިދުމަތްކުރެއްވި އަހުމަދު އަލީ މިއަދު ނިޔާވެއްޖެ އެވެ.
މެދުރާއްޖޭގެ ތެރޭގައި އެންމެ ކާމިޔާބު އެއް ސްކޫލުގެ ގޮތުގައި އެ އަތޮޅު ތައުލީމީ މަރުކަޒު ހެދުމަށްޓަކައި އެންމެ ބުރަ މަސައްކަތް ކުރެއްވި އަހުމަދު އަލީ ނިޔާވީ، މާލެ ވަޑައިގެން އުޅުއްވަނިކޮށް، މަޖީދީ މަގު ހުދުމާ ކައިރިން ހިނގާފައި ދަނިކޮށް ހާޓްއެޓޭކެއް ޖެހި ވެއްޓިގެން މިއަދު އެވެ.
މެންދުރު 12:00 ހާއިރު ހިނގި އެ ހާދިސާއާ ގުޅިގެން އޭނާ ވަގުތުން އައިޖީއެމްއެޗަށް ގެންދިޔަ އެވެ.
އޭނާ ވަނީ ހިތުގެ މައްސަލައިގައި ދެ ފަހަރެއްގެ މަތިން އެންޖިއޯ ޕްލާސްޓީ ވެސް ހައްދަވައިފަ އެވެ.
އެ ސްކޫލުގެ މިހާރުގެ ޕްރިންސިޕަލް، އަދި އަހުމަދަށް އަލީ އަށް ބޮޑުބޭބެ ވިދާޅުވާ، އަހުމަދު ރަފީއު "މިހާރު" އަށް ވިދާޅުވީ ތައުލީމީ ވަރުގަދަ ބްރޭންޑަކަށް އޭދަފުށީ ހެއްދެވުމަށް އެންމެ ބުރަ މަސައްކަތް ކުރެއްވީ އަހުމަދު އަލީ ކަމަށެވެ. އޭނާ ވަނީ އެ ރަށު ސްކޫލުގެ ޓީޗަރުކަމުން ފެށިގެން ޑެޕިއުޓީ ޕްރިންސިޕަލްކަން ވެސް ކުރައްވައިފަ އެވެ. އޭގެ އިތުރުން އެ އަތޮޅު ދަރަވަންދޫ އަދި ގދ. ގައްދޫ ސްކޫލުގައި ވެސް މަސައްކަތްކުރެއްވި އެވެ.
"ދޮންބޭބެއާ އެކީގައި ވިިއްސަކަށް އަހަރު މަސައްކަތް ކުރެވުނު އެކުގައި. ވަރަށް ހިދުމަތްތެރި ބޭފުޅެއް އެއީ. ވަރަށް ކައިރިން ފެނުނު އެ މަސައްކަތްތައް." ރަފީއު ވިދާޅުވި އެވެ.
ވަޒީފާއިން މުސްކުޅި ކުރާ އުމުރު، 65 އަހަރު ވުމުން މިދިޔަ ޑިސެމްބަރު މަހު ވަޒީފާއިން ރިޓަޔާކުރެއްވިއިރު ހުންނެވީ ސްކޫލުގެ އެޑްމިނިސްޓްރޭޓަރުގެ މަގާމްގަ އެވެ. އޭރު ތައުލީމީ ދާއިރާއަށް ވަނީ 43 އަހަރު ހިދުމަތްކުރައްވައިފަ އެވެ.
އަހުމަދުގެ ޖަނާޒާ ބާއްވަން ހަމަޖައްސާފައިވަނީ މާދަމާ މެންދުރެވެ.
ދެ އަހަރުގެ ގަދަ 10ގައި 1،800 ދަރިވަރުން
"ކޫލް ސްކޫލް":ދަރިވަރުންގެ މާހައުލަށް ހެޔޮ ބަދަލެއް؟
އޯލެވެލް ގަދަ 10ގެ ޖަލްސާ މި މަހުގެ 21، 22ގައި
އިސްކަންދަރު ސްކޫލްގެ ބާ އިމާރާތް ތަޅާލަން ފަށައިފި
ހުޅުމާލެ 2 ގެ އާ ސްކޫލްގެ ޖާގަ ހުޅުވާލައިފި
ދަރިވަރެއްގެ "އިނގިލި އަނބުރާލި" ޓީޗަރު ދޫކޮށްލައިފި
ގޮއިދޫ އިނގިރޭސި ޓީޗަރު ބްލެކް ލިސްޓުކޮށް ފޮނުވާލަނީ
ސްކޫލަށް ނުދަނީ 229 ކުދިން: މިނިސްޓަރު
އަވަށު މަދަރުސާތަކަށް މިހާތަނަށް 14.7މިލިއަން ރުފިޔާ
ހުޅުމާލޭ ޣާޒީ ސްކޫލަށް 18 ކްލާސްރޫމް އިތުރުކުރަނީ