Roadha Mihaaru
ދުވަސްވީ މީހަކު މަރުވެގެން ބެލިއިރު ކޮވިޑަށް ޕޮޒިޓިވް

އޭދަފުށީގައި ކަރަންޓީނުގައި ހުރި ދުވަސްވީ މީހަކު މަރުވެގެން ޓެސްޓުކުރިއިރު ކޮވިޑަށް ޕޮޒިޓިވް

10 މެއި 2021

ބ. އޭދަފުށީގައި ކަރަންޓީނުގައި ހުރި އުމުރުން ދުވަސްވީ މީހަކު މަރުވެގެން ޓެސްޓުކުރިއިރު ކޮވިޑު-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ބ. އޭދަފުށީގައި ކަރަންޓީނުގައި ހުރި އުމުރުން ދުވަސްވީ މީހަކު މަރުވެގެން ޓެސްޓުކުރިއިރު ކޮވިޑު-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެ ރަށުގައި ހުންނަ އަތޮޅު ހޮސްޕިޓަލުން ބުނީ ބަލިއެނދުގައި އޮތް 85 އަހަރުގެ މީހާ، ހާރު ކެއުމަށް ފަހު ފަތިހު ޚަބަރެއް ނުވުމުން ހޮސްޕިޓަލަށް ގެނައި ކަމަށެވެ. އޭރު އޮތީ މަރުވެފައި ކަމަށް އެ ތަނުން ބުންޏެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ މިއީ ރާއްޖޭގެ 86 ވަނަ ކޮވިޑް މަރު ކަމަށް ކަނޑައަޅައިފަ އެވެ.

އޭނާ ދިރިއުޅެމުން ދިޔަ ގޭގައި ދިރިއުޅޭ މީހަކު ކޮވިޑަށް ޕޮޒިޓިވްވުމުން އެ ގެ ހުރީ ކަރަންޓީނުކޮށްފަ އެވެ.

"ފަތިހު ބަލާލިއިރު ޚަބަރެއް ނުވެގެން ހޮސްޕިޓަލަށް ގެންދިޔައީ. ނިޔާވި ފަހުން ހެދި ޓެސްޓުން ޕޮޒިޓިވްކަން އެނގިފައިވަނީ. އެހެންވެ ޖަނާޒާގެ ކަންތައްތައް ވެސް ގެންދިޔައީ އެޗްޕީއޭގެ އުސޫލަށް،" ހޮސްޕިޓަލުން ވާހަކަދެއްކެވި އޮފިޝަލަކު ވިދާޅުވި އެވެ

ހަލުއިކަމާއެކު ކޮވިޑު ފެތުރެމުންދާ އޭދަފުށިން އެ ބައްޔަށް 193 މީހަކު ޕޮޒިޓިވްވެފައި ވެ އެވެ. އޭގެ ތެރެއިން 108 މީހަކު މިހާރު ވަނީ ބަލިން ރަނގަޅުވެފަ އެވެ.