ރާއްޖޭގެ ކުޅަދާނަ ފުޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު އާރިފް (ބަކާ) މިއަދު ނިޔާވީ ރާއްޖެ އިން އަލަށް ފެނުނު، ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމަށްވާ އިންވޭސިވް މެނިންގޯކޮކަލް ބަލީގައި ކަން "މިހާރު" އަށް އެނގިއްޖެ އެވެ.
25 ޖޫން 2024
ރާއްޖޭގެ ކުޅަދާނަ ފުޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު އާރިފް (ބަކާ) މިއަދު ނިޔާވީ ރާއްޖެ އިން އަލަށް ފެނުނު، ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމަށްވާ އިންވޭސިވް މެނިންގޯކޮކަލް ބަލީގައި ކަން "މިހާރު" އަށް އެނގިއްޖެ އެވެ.
ރަަސްމީކޮށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިކަން އަދި ކަށަވަރު ނުކޮށްދިނަސް އެތަނުގެ އޮފިޝަލަކު ވިދާޅުވީ ހައްޖުގެ އަޅުކަމަށް ފަހު ރާއްޖެ އައި މީހެއްގެ ފަރާތުން އެ ބަލި ފެނިފައިވާ ކަމަށެވެ.
އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް ބަކާ، 38، މިއަދު ނިޔާވީ ހައްޖު ދަތުރު ނިންމައި، މީގެ ތިން ދުވަސް ކުރިން ރާއްޖެ އައި ތަނާ ގަދަ ހުމެއް ޖެހި، ހާލު ސީރިއަސްވެގެންނެވެ.
ބަކާ ހައްޖުގެ އަޅުކަމަށް ދިޔައީ ސައޫދީ ރަސްގެފާނުގެ ހަރަދުގައި ރާއްޖެ އިން މި އަހަރު ގެންދިޔަ ގުރޫޕުގައި ހިމެނިގެންނެވެ.
އެނގިފައިވާ ގޮތުގައި، ބަކާގެ ބަލި ދެނެގަނެވުމުން އައިސީޔޫގައި އެޑްމިޓުކޮށްފައި ތިބި އެހެން ބަލި މީހުން ވެސް ވަނީ އެ ތަނުން ނެރެ، ކޮޓަރިއަށް ބަދަލުކޮށްފަ އެވެ.
އެޗްޕީއޭގެ އޮފިޝަލް ކަށަވަރުކޮށްދެއްވި ގޮތުގައި، އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭސްއެއް ފެނުމުން ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
މިއީ، އާންމު ގޮތެއްގައި, ބެކްޓީރީއަލް އިންފެކްޝަނަކުން ސިކުންޑި އާއި ސްޕައިނަލް ކޯޑުގެ މެމްބްރެއިން އަށް ޖެހޭ ބައްޔެކެވެ. އެކަމަކު ވައިރަލް ނުވަތަ ފަންގަލް އިންފެކްޝަނުން ވެސް ބަލި ޖެހިދާނެ އެވެ.
މި ބަލީގެ ނުރައްކާ، ބަލި ޖެހިފައިވާ މީހާއާ އެންމެ ގާތްކޮށް އުޅޭ މީހުންނަށް ބޮޑެވެ. އެ ބަލީގެ އަލާމަތްތައް ފެންނާނީ ބަލި ޖެހޭތާ 1-10 ދުވަހާ ދޭތެރޭގަ އެވެ. އަދި އެ ބަލި ޖެހުމުން ކުއްލިއަކަށް މީހާގެ ހާލަތު ގޯސްވެ އެވެ.
- ހުންއައުން
- ބޮލުގައި ރިއްސުން
- ކަނދުރާ ވާންވުން
- މޭނުބައިކޮށް ހޮޑުލެވުން
- ވާނުވާ ނޭނގޭ ގޮތްވުން
- ގައިގައި ރަތް ބިހި/ ލައްތަކެއް ނެގުން
- ފިޓުޖެހުން
- އަލި ގަދަވުމުން އުނދަގޫވުން
- ވަރުދެރަވުން
- ނޭވާ އަވަސްވުން
މެނިންޖައިޓިސް ވެކްސިން ޖެހުމުން އެ ބަލިން ރައްކާތެރިކޮށްދީ،. ހަށިގަނޑުގެ ދިފާއީ ބާރު އުފެއްދުމަށް ގާތްގަނޑަކަށް ދެ ހަފްތާ ނަގަ އެވެ. އެހެންވެ، ހައްޖު އަދި އުމްރާއަށް ފުރާ މީހުން ވެސް މަދުވެގެންދެ ހަފްތާ ކުރިން އެ ވެކްސިން ޖެހުން ރައްކާތެރި އެވެ.
މެނިންގޯކޮކަލްގެ ކޮންޓެކްޓް ޓްރޭސިން ހަދައި، ބޭސް ދެނީ
ވިލިނގިލިން އިތުރު މީހަކު ހޯއްގޮވާ ކެއްސުމަށް ޕޮޒިޓިވް
ހޯއްގޮވާ ކެއްސުމަށް ތިން ކުއްޖަކު ޕޮޒިޓިވް ވެއްޖެ
މި މަހު 19 މީހަކަށް އިންފްލުއެންޒާ، އެއް މަރު!
ހިމަބިހި ކޭސްއެއް ފެނިގެން ކޮންޓެކްޓް ޓްރޭސިން ހަދަނީ
ބޭރަށް ހިންގާ ރޯގާގެ ކޭސްތައް 7،000 މަތީގައި
ކޮވިޑް ޖެހިގެން މިދިޔަ ހަފުތާގައި ދެ މީހަކު މަރުވެއްޖެ
"ހޭންޑް، ފުޓް އެންޑް މައުތު" ވަރަށް ބާރަށް ފެތުރެނީ
އޮރެންޖް ހިޔާ އެހެން ބަލިތަކުގެ ފަރުވާއަށް ބޭނުންކުރަނީ
ކޮވިޑްގައި 21 އަހަރުގެ ދިވެހި ޒުވާނަކު ނިޔާވެއްޖެ