19 ޖޫން 2022
ކޮވިޑް-19 ގައި ރާއްޖޭގައި މަރުވި މީހުންގެ އަދަދު މިއަދު 300 އަށް އަރައިފި އެވެ.
ކޮވިޑް-19 ގައި ރާއްޖޭގައި މަރުވި މީހުންގެ އަދަދު މިއަދު 300 އަށް އަރައިފި އެވެ.
އެޗްޕީއޭއިން ބުނީ ހުޅުމާލެ އޮރެންޖު ފެސިލިޓީގައި ކޮވިޑަށް ފަރުވާދެމުން އައި 66 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ހެނދުނު މަރުވެފައިވާ ކަމަށެވެ.
އެންމެ ފަހުން ރާއްޖެއިން ކޮވިޑްގައި މީހަކު މަރުވީ މިދިޔަ މަހު 26 ގަ އެވެ. އެއީ އައްޑޫގައި ކޮވިޑަށް ފަރުވާދިން، 71 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ރާއްޖޭގައި ކޮވިޑްގެ ކޭސްތައް ވަރަށް ބޮޑަށް ދަށްވުމަށް ފަހު، މި މަހުން ފެށިގެން އަނެއްކާ ވެސް ކޭސްތައް އިތުރުވާން ވަނީ ފަށައިފަ އެވެ. އެހެންވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.
މިއީ ފަހުގެ ތާރީހެއްގައި ރާއްޖެ އަށް ކުރިމަތިވި ބޮޑެތި ބަލިމަޑުކަމުގެ ތެރެއިން، ބޭރަށް ހިންގުމުގެ ދެވަނަ ބޮޑު ރޯގާ، ޝިގެއްލާ އާއި އޭގެ ކުރިން ކުރިމަތިވި ބޭރަށް ހިންގުމުގެ ރޯގާ، ކޮލެރާގައި މަރުވި މީހުންނަށް ވުރެ ވެސް ގިނަ އަދަދެކެވެ. ޝިގެއްލާގައި މުޅި ރާއްޖެއިން 197 މީހަކު މަރުވިއިރު، ކޮލެރާ ކޮންޓްރޯލްވި އިރު، 252 މީހަކު އެ ބަލީގައި މަރުވެފައިވެ އެވެ.
އެޗްޕީއޭ އިން ބުނެފައި ވަނީ އެ އެޖެންސީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ހަފުތާގައި އެކަނި ވެސް ކޮވިޑް ޖެހިގެން 142 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެއީ އޭގެ ކުރީ ހަފުތާއާ އަޅާބަލާއިރު، 69 ޕަސެންޓްގެ އިތުރުވުމެއް ކަމަށް ވެސް ބުންޏެވެ.
ކޮވިޑްގެ އިތުރުން މި ދުވަސްވަރު ރާއްޖޭގައި އެހެން އާންމު ބަލިތައް ވެސް ގިނަވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. ޑެންގީ، ވައިރަލްހުން، އަރިދަފުސްރޯގާ އަދި ހޮޑާއި ބޭރަށްހިންގުމުގެ ރޯގާ ޖެހޭ މީހުން ވެސް އިތުރުވެފައިވެ އެވެ. ޑެންގީހުން ޖެހިގެން މި އަހަރު ކުޑަކުއްޖަކު ވެސް މަރުވި އެވެ.
ކޮވިޑްގައި ދަނގެތިން މީހަކު ނިޔާވެއްޖެ
ރާއްޖެއިން އެންމެ ގިނަ މީހުން މަރުވި ވަބާއަކަށް ކޮވިޑް
ކޮވިޑްގެ އިތުރު 1،559 ކޭހެއް
ކޮވިޑްގައި ނިޔާވި ގިނަ މީހުންގެ ބޮޑެތިބަލިތައް ހުރި
ކޮވިޑް ޖެހިގެން މިއަދު ވެސް ދެމީހުން މަރުވެއްޖެ
ކޮވިޑްގައި އަނެއްކާވެސް މަރެއް، ޖުމްލަ 36 އަށް
ބަކާ ނިޔާވީ ރާއްޖެއިން އަލަށް ފެނުނުު ބަލީގައި
މި މަހު 19 މީހަކަށް އިންފްލުއެންޒާ، އެއް މަރު!
ކޮވިޑް ޖެހިގެން މިދިޔަ ހަފުތާގައި ދެ މީހަކު މަރުވެއްޖެ
ކޮވިޑްގައި 21 އަހަރުގެ ދިވެހި ޒުވާނަކު ނިޔާވެއްޖެ