24 އެޕްރީލް 2022
ރާއްޖޭގެ 13 އަތޮޅެއްގައި އަތޮޅު އޮފީސް 26 ފަހަރެއްގެ މަތިން ހިންގެވި އަދި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެމްބަރުކަން ވެސް ކުރެއްވި ބ. ކުޑަރިކިލު، މުހައްމަދު ޖަލީލް މިއަދު އަވަހާރަވެއްޖެ އެވެ.
ރާއްޖޭގެ 13 އަތޮޅެއްގައި އަތޮޅު އޮފީސް 26 ފަހަރެއްގެ މަތިން ހިންގެވި އަދި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެމްބަރުކަން ވެސް ކުރެއްވި ބ. ކުޑަރިކިލު، މުހައްމަދު ޖަލީލް މިއަދު އަވަހާރަވެއްޖެ އެވެ.
އުމުރުން 74 އަހަރުގައި ޖަލީލް އަވަހާރަވީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށް ފަހު މިއަދު ހެނދުނު މާލޭގައި އޭނާ ދިރިއުޅުއްވާ ގޭގަ އެވެ.
ދިގު މުއްދަތަކަށް ދައުލަތަށް ހިދުމަތްކުރައްވާފައިވާ ޖަލީލް ވަނީ ކުޑަރިކިލުގެ ގިނަ މަގާމުތަކެއް އަދާކުރައްވައިފަ އެވެ. އޭގެ ތެރޭގައި އެ ރަށުގެ ކުޑަކަތީބުކަމާއި ގާޒީކަމާއި އަދި މަދަރުސާގެ ނަޒީރުކަން ވެސް ހިމެނެ އެވެ.
ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ބ. އަތޮޅުގެ މެމްބަރުކަމާއި އެ އަތޮޅު ކުރިއަރުވާ ކޮމެޓީގެ މެމްބަރުކަމުގެ އިތުރުން އެ އަތޮޅުގައި ހުންނަ އެޓާނީ ޖެނަރަލްގެ އެހީތެރިޔާގެ މަގާމު ވެސް ފުރުއްވެވި އެވެ.
ވަކިވެ ނުދާނޭ ބައްޕަގެ ޒިކުރާ ހަނދާނާ ♥️?
— Luke (@Lucasjalyl) April 24, 2022
? ބައްޕަ ވަރަށް ޅެން ލިޔުއްވި. އަތޮޅުތަކުގައި ހުންނަވައިގެން ރަށްރަށުގެ ބަސްތައް އެއްކުރައްވައި ދިވެހި ރަދީފް އެކުލަވާލުމުގަ ބޮޑު ހިއްސާއެއް އަދާކުރެއްވި. ދިވެހި ބަހާ ތާރީޚާ އަދަބިއްޔާތަށް، ފޮޓޯ ނެގުމާ، ފޮތަށް ނުހަނު ލޯބިކުރި. pic.twitter.com/5FgPJpYBvb
ޖަލީލް އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވީ އެޓޯލްސް މިނިސްޓްރީގަ އެވެ.
- އިންވެސްޓިގޭޓަރުކަން
- ސީނިއާ އިންވެސްޓިގޭޓަރުކަން
- ވަކީލުކަން
- ސީނިއާ އަންޑަ ސެކްރެޓަރީކަން
- ޑިރެކްޓަރުކަން
- ށ. ޅ. ކ. އއ. ފ. އަދި ތ. އަތޮޅު އޮފީހުގައި އެއް އަހަރު
- ހއ. އަދި އދ. އަތޮޅު އޮފީހުގައި ދެ ފަހަރު
- ހދ. ލ. ގއ. އަދި ޏ. އަތޮޅުގައި އޮފީހުގައި ތިން ފަހަރު
- ގދ. އަތޮޅު އޮފީހުގައި ހަތަރު ފަހަރު
Kudarikilee jaleel akee raajjeyge hurihaa atholheh, atholhu veriyeh ge badhaluge gothugai hunnavaigen hingaafai vaa faraatheh.
— Alaa Didi (@alaadidii) April 24, 2022
Baa atholhuge attorney kamaa Kudarikilu katheeb kan ves kurevvi.
Foi kiyumah loabi kurevvi. Adhi ekan aalaa kurumuge gothun foi hadhiyaa ves kurevvi pic.twitter.com/9aiEtN8ofm
ދިވެހި ބަހާއި ތާރީހު ދިރާސާކުރައްވާ އަލާ ދީދީ ޓުވީޓްކުރެއްވި ގޮތުގައި، ޖަލީލަކީ ފޮތްކިޔުމަށް ވަރަށް ލޯބި ކުރެއްވި ބޭފުޅެކެވެ. އަދި އެކަން އާލާކުރެއްވުމުގެ ގޮތުން އޭނާ ފޮތް ހަދިޔާ ވެސް ކުރެއްވި އެވެ.
އަތޮޅުވެރިޔާގެ ބަދަލުކަން ކުރެއްވި ދުވަސްވަރު އެކި އަތޮޅުތަކަށް ވަޑައިގެން ފޮރުވިފައި ހުރި ގިނަ ބަސްތަކެއް ދިވެހިބަހުގެ ރަދީފުގައި ހިމަނުއްވަން ފޮނުއްވުމުގެ މަސައްކަތް ވެސް ކުރެއްވި އެވެ. އޭގެ އިތުރުން އޭނާ ވަނީ ޅެން ހައްދަވައި، މަޒުމޫނުތައް ވެސް ލިޔުއްވައިފަ އެވެ.
ޖަލީލަކީ މަޝްހޫރު ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ތަރިކަ އާއި ސަގާފަތާ ބެހޭ މިނިސްޓްރީގައި ޑިރެކްޓަރުކަން ވެސް ކުރައްވާ ޝަމްއޫން ޖަލީލް (ލޫކަސް) ގެ ބައްޕަ އެވެ. ލޫކަސްއާ އެކު ޖަލީލަށް ހަ ބޭފުޅުން ލިބިވަޑައިގަތެވެ. އެއީ ހަތަރު ފިރިހެން ބޭފުޅުންނާއި ދެ އަންހެން ބޭފުޅުންނެވެ.
އޭދަފުށިން މަރުވި މީހަކު ކޮވިޑަށް ޕޮޒިޓިވް
ކުޑަރިކިލު އާދަޔާހިލާފަށް ގިރަނީ، ހައްލެއް ބޭނުން
"ބިދޭސީން އެތެރެކުރުން އިމިގްރޭޝަންގެ އަތުން ނަގާނަން"
ސިންގަޕޫރު ކުއްޖަކު ދޯނީގެ ބުރަފަތީގައި ޖެހި މަރުވެއްޖެ
ދުވަނިކޮށް ހާޓްއެޓޭކް ޖެހުނު މީހާ ނިޔާވެއްޖެ
ކުރީގެ މަޝްހޫރު ވިޔަފާރިވެރިޔާ ކުވާ މޮހޮދޭ ނިޔާވެއްޖެ
ފެޝަން ޑިޒައިނަރު ރޯހިތު ބާލް މަރުވެއްޖެ
ޖަރުމަނުގައި ދިރިއުޅޭ ދިވެއްސަކު މަރުވެއްޖެ
"ވަން ޑިރެކްޝަން"ގެ ލިއަމް މަރުވެއްޖެ
ރަސްދޫ މަރު: ހުއްޓޭނީ ލޯބިވެރިޔާއަށް އިންސާފު ހޯދާފައި