Roadha Mihaaru

އައްޑޫގައި މަރުވި މީހެއްގެ މައްސަލަ ފުލުހުން ބަލަނީ

އައްޑޫގައި މިއަދު މަރުވި މީހެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.

އައްޑޫގައި މަރުވި މީހެއްގެ މައްސަލަ ފުލުހުން ބަލަނީ
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

07 ޖޫން 2025

އައްޑޫގައި މިއަދު މަރުވި މީހެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ މިއަދުގެ ހެނދުނު 6:00 ގައި އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ގެނައި މީހަކު ނިޔާވެފައިވާކަމަށް ބުނެ އެ ހޮސްޕިޓަލުން މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އަދި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ބުންޏަސް، އިތުރު ތަފްސީލެއް ދީފައެއް ނުވެ އެވެ.

ނަމަވެސް، "މިހާރު"އަށް އެނގިފައިވާ ގޮތުގައި، ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވަނީ އައްޑޫގެ ވެމްކޯގައި މަސައްކަތް ކުރާ އިބްރާހިމް އަމީން ހަސަން ދީދީ އެވެ