Roadha Mihaaru
ދަންތުރަ މަރު: ހަރުގެ ބަލަހައްޓަނީ އިލެކްޓްރީޝަނެއް

ދަންތުރަ މަރު: ހަރުގެ ބަލަހައްޓަނީ އިލެކްޓްރީޝަނެއް

26 ފެބުރުއަރީ 2019

ގއ. ވިލިނގިލީގައި ކަރަންޓް ދަންތުރައެއްގައި ޖެހި މިދިޔަ އާދިއްތަ ދުވަހު ހުސެއިން ސިމާދު މަރުވިއިރު އެ ކަރަންޓް ދަންތުރަ ހެދީ އެ ހަރުގެ ބަލަހައްޓަމުންދާ ސައީދު ހަސަން ކަމަށް އެ ރަށު މީހުން ތުހުމަތު ކުރަން ފަށައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ގއ. ވިލިނގިލީގައި ކަރަންޓް ދަންތުރައެއްގައި ޖެހި މިދިޔަ އާދިއްތަ ދުވަހު ހުސެއިން ސިމާދު މަރުވިއިރު އެ ކަރަންޓް ދަންތުރަ ހެދީ އެ ހަރުގެ ބަލަހައްޓަމުންދާ ސައީދު ހަސަން ކަމަށް އެ ރަށު މީހުން ތުހުމަތު ކުރަން ފަށައިފި އެވެ.

ސައީދު ހަސަން އަކީ ތަޖުރިބާކާރު އިލެކްޓްރީޝަނެކެވެ. މިހާރު ވެސް އޭނާ ހުރީ ވިލިނގިލީ ފެނަކަ ބްރާންޗްގެ އިލެކްޓްރިކް ޑިޕާޓްމަންޓް ހެޑަށެވެ. އޭނާ އެ ދާއިރާގައި މަސައްކަތް ކުރާތާ 30 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށް އެ ރަށު ކައުންސިލުން ވެސް ބުނެ އެވެ.

"މި ރަށުގައި ހުރި އެންމެ ތަޖުރިބާކާރު އިލެކްޓްރީޝަން އެއީ. ވަރަށް ދުވަސްވެއްޖެ އެ ދާއިރާގައި އުޅޭތާ،" އެ ރަށު ކައުންސިލް މެމްބަރަކު ނަން ހާމަ ނުކުރަން އެދި ވިދާޅުވި އެވެ.

ތުހުމަތު ކުރެވޭގޮތުގައި ސިމާދު، ކަރަންޓް ދަންތުރާގައި ޖެހުނީ އެ ހަރުގެ އަށް ވައްކަން ކުރަން ވަދެ އުޅެނިކޮށެވެ. އޭނާ އަކީ ވައްކަމާއި މަސްތުވާތަކެތީގެ ކުށުގެ ރެކޯޑް އޮންނަ މީހެކެވެ. އައްޑޫ ސިޓީ ހިތަދު އަށް އުފަން ސިމާދު، ވިލިނގިލީގައި އުޅެނީ އެ ރަށު މީހަކާ އިނދެގެންނެވެ.

Vagun hifan karantu dhanthura nuhedheyne, e'ee adhabu liben jehey kusheh!

Vagun hifan karantu dhanthura nuhedheyne, e'ee adhabu liben jehey kusheh!

The most trusted news source in the Maldives

Mihaaru

ވަގުން ހިފަންވެސް ކަރަންޓް ދަންތުރަ ނުހެދޭނެ ކަމަށް ގާނޫނީ ވަކީލުން ބުނުން--

އެ ހަރުގެ ބެލެހެއްޓުމުގެ ހުރިހާ ޒިންމާއަކާ ހަވާލުވެ ހުރީ އުމުރުން ގާތްގަނޑަކަށް 50 އަހަރުގެ ސައީދު ހަސަނެވެ. އެއީ އޭނާ އަންހެނުންގެ ބޭބެގެ ހަރުގެ އެކެވެ. އެތަނުން ވައްކަން ކުރުން އޮތީ އާއްމު މައްސަލައަކަށް ވެފަ އެވެ. އަދި ތަކުރާރުކޮށް އެކަން އޮތީ ފުލުހުންނަށް ހުށަހަޅައި ނުހުއްޓުވިފަ އެވެ.

ކައުންސިލް މެމްބަރު ވިދާޅުވި ގޮތުގައި އިވޭ ވާހަކަތަކާއި އެ ރަށުގައި ވާހަކަ ފެތުރޭގޮތުން އެ ކަރަންޓް ދަންތުރަ ހަދާފައި ވަނީ ސައީދު ހަސަނެވެ. އޭނާގެ ބޭނުމަކީ އެތަނަށް ވައްކަން ކުރަން ވަނުން ހުއްޓުވުމެވެ.

އެ ތުހުމަތުތަކާ ގުޅޭގޮތުން ސައީދު ހަސަންގެ ބަހެއް ހޯދުމަށް އޭނާއަށް ގުޅުމުން ފޯނު ނިއްވާލާފައި އޮތުމުން އޭނާގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.

ސިމާދު މަރުވެގެން ހަރުގެ ތެރެއަށް ވެއްޓިފައި އޮއްވާ ވެސް ފެނިފައި ވަނީ ސައީދު ހަސަނަށެވެ. ސިމާދުގެ ގައިގައި ކަރަންޓް ޖެހިފައިވުމުން އަތާއި މެޔާއި ކަރުންމަތީގައި ބޮޑެތި ޒަހަމްތަކެއް ފެންނަން ހުއްޓެވެ. އެ މައްސަލައާ ގުޅިގެން މިހާތަނަށް އަދި މީހަކު ހައްޔަރެއް ނުކުރެ އެވެ. ނަމަވެސް ފުލުހުން ވަނީ ސައީދު ހަސަންގެ ބަޔާން ނަގައިފަ އެވެ. އަދި އިއްޔެ ފުލުހުން ވަނީ ސިމާދު މަރުވީ ކަރަންޓްގައި ޖެހިގެން ކަމަށް ބެލެވޭތީ އެފަދަ ދަންތުރަތައް ނުހެދުމަށް ވެސް އަންގައިފަ އެވެ.

ވަގުން ހިފަން ވިޔަސް ދަންތުރަ ޖެހުމަކީ ގާނޫނީ ކުށެކެވެ. އެ މައްސަލާގައި މީހަކު ހައްޔަރު ކޮށްފައި ނުވާތީ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

ގާނޫނުލްއުގޫބާތުގެ 110 ވަނަ މާއްދާގެ (ށ) ގައި ބުނެފައި ވަނީ މީހެއްގެ ފުރާނައިގެ އަގަށް އެއްވެސް ފަރުވާލެއް ނެތް ކަމަށް ދައްކުވައިދޭ ހާލަތެއްގައި ކުރާ ފަރުވާ ކުޑަ އަމަލެއްގެ ސަބަބުން މީހަކު މެރުމަކީ ކުށެއް ކަމަށެވެ. މި ކުށަކީ ޖުނަހްގެ އެއް ވަނަ ދަރަޖައިގެ ކުށެކެވެ. އެ ކުށުގެ އަދަބެއްގެ ގޮތުގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ކަނޑައެޅިފައި ވެ އެވެ.