Roadha Mihaaru
ދިވެހި ޒުވާން ޕައިލެޓަކު ކުއްލި ގޮތަކަށް މަރުވެއްޖެ

ދިވެހި ޒުވާން ޕައިލެޓަކު ކުއްލި ގޮތަކަށް މަރުވެއްޖެ

01 އޯގަސްޓް 2020

ވިލާ އެއާގެ ފްލައިމީގައި މަސައްކަތް ކުރާ ދިވެހި ޒުވާން ޕައިލެޓަކު ރޭ ކުއްލި ގޮތަކަށް މަރުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ވިލާ އެއާގެ ފްލައިމީގައި މަސައްކަތް ކުރާ ދިވެހި ޒުވާން ޕައިލެޓަކު ރޭ ކުއްލި ގޮތަކަށް މަރުވެއްޖެ އެވެ.

ހުޅުމާލޭގައި އޭނާ ދިރިއުޅޭ ގެ ކައިރި ރޭ ދަންވަރު މަރުވެގެން ވެއްޓިފައި އޮއްވައި ފެނުނީ ސ. ހިތަދޫ، ކޯޒްވޭ ވިލާ، ސަނޫން ނަސީރު 35، އެވެ.

މައުލޫމާތު އެނގޭ މީހަކު މިއަދު ބުނީ، ސަނޫންގެ ފޯނަށް ރޭ ދަންވަރު ވަރަށް ގިނައިން އަންހެނުން ގުޅި ނަމަވެސް ފޯނަށް ޖަވާބު ނުދޭ ކަމަށެވެ.

"ފަތިހު ދޮރު ހުޅުވި ވަގުތު ފެނުނީ ގޭގެ ދޮރުމަތީގައި ވެއްޓިފައި އޮއްވައި. ސަނޫންގެ އެއްވެސް ޚަބަރެއް ނުވެގެން އޭނާގެ އާއިލާ އިން ފޯނަށް ވަރަށް ގުޅި ކަމަށް ވަނީ ރޭ،" އޭނާ ބުންޏެވެ.

ފުލުހުން ބުނީ، ހުޅުމާލޭގެ ފްލެޓެއްގެ ކައިރި އަށް މީހަކު ހޭނެތިގެން ވެއްޓިފައިވާ ކަމުގެ މައުލޫމާތު ރޭ ދަންވަރު 3:30 ހާއިރު ލިބުނު ކަމަށެވެ. އަދި އޭނާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް އެ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.

"މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ސަނޫން: އޭނާ އަކީ މަސައްކަތަށް ފަރުވާތެރި ޒުވާނެއް ކަމަށް ފްލައިމީން ބުނި.

ސަނޫން: އޭނާ އަކީ މަސައްކަތަށް ފަރުވާތެރި ޒުވާނެއް ކަމަށް ފްލައިމީން ބުނި.

ސަނޫން، ޕައިލެޓެއްގެ ގޮތުގައި މަސައްކަތް ކުރަން ފެށީ އޮކްޓޫބަރު 2013 ގަ އެވެ. ފުރަތަމަ މަސައްކަތް ކުރީ ޓީއެމްއޭގަ އެވެ. ފްލައިމީއާ ގުޅުނީ އޭގެ ފަހުންނެވެ.

ފްލައިމީން ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވީ، ސަނޫން އަކީ ވަރަށް އަޚުލާގު ރަނގަޅު، މަސައްކަތަށް ފަރުވާތެރި ޒުވާނެއް ކަމަަށެވެ.

ސަނޫންގެ ކޮވިޑް ޓެސްޓު ވަނީ ނެގެޓިވްވެފަ އެވެ. މި ދުވަސްވަރު މަރުވާ އެންމެން ވެސް ކޮވިޑަށް ޓެސްޓު ކުރެ އެވެ.

ޒުވާން ޕައިލެޓް ސަނޫން ހުޅުމާލޭގައި ދިރިއުޅެނީ އޭނާގެ އާއިލާއާއެކު އެވެ. އަންބަކާއި ކުޑަ ދަރިއަކު އޭނާގެ ހުރެ އެވެ.

ސަނޫންގެ އިތުރުން އޭނާގެ އެއްބަނޑު އެއްބަފާ އެހެން މީހަކު ވެސް ޕައިލެޓެއްގެ ގޮތުގައި މަސައްކަތް ކުރެ އެވެ. އޭނާ ވެސް އުޅެނީ ފްލައިމީގަ އެވެ.