Roadha Mihaaru

ހިޔާ ފްލެޓްގެ ޓަވަރަކުން ވެއްޓި ކުޑަކުއްޖަކު މަރުވެއްޖެ

ހުޅުމާލޭ ހިޔާ ފްލެޓްގެ ޓަވަރަކުން މިރޭ ކުޑަކުއްޖަކު ވެއްޓި، މަރުވެއްޖެ އެވެ.

ހިޔާ ފްލެޓްގެ ޓަވަރަކުން ވެއްޓި ކުޑަކުއްޖަކު މަރުވެއްޖެ

ހުޅުމާލޭ ހިޔާ ފްލެޓްގެ ޓަވަރަކުން މިރޭ ކުޑަކުއްޖަކު ވެއްޓި، މަރުވެއްޖެ އެވެ.

ފުލުހުން ބުނީ މިރޭ 1:30 ހާއިރު ހިޔާ ފްލެޓްގެ އެޗް5 ޓަވަރުން ވެއްޓިފައިވަނީ 16 އަހަރުގެ ދިވެހި ފިރިހެން ކުއްޖެއް ކަމަށެވެ.

އެ ކުއްޖާ ވެއްޓުނީ ހިޔާ ފްލެޓްގެ 13 ވަނަ ބުރިން ކަމަށް ފުލުހުން ބުންޏެވެ.

އެ ކުއްޖާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް، މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.