ގއ. ވިލިނގިލީގައި ސަފާރީއެއް ބަނުމަށް ހަދާފައި ހުރި ހަރުގެ ތެރޭގައި ހުސެއިން ސިމާދު މަރުވި މައްސަލައިގައި، އެ ހަރުގެ ބަލަހައްޓާ މީހާގެ ބަޔާން ފުލުހުން ނަގައިފި އެވެ.
22 ފެބުރުއަރީ 2019
ގއ. ވިލިނގިލީގައި ސަފާރީއެއް ބަނުމަށް ހަދާފައި ހުރި ހަރުގެ ތެރޭގައި ހުސެއިން ސިމާދު މަރުވި މައްސަލައިގައި، އެ ހަރުގެ ބަލަހައްޓާ މީހާގެ ބަޔާން ފުލުހުން ނަގައިފި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި، ހަރުގެ ބެލެހެއްޓުމުގެ ހުރިހާ ޒިންމާއަކާ ހަވާލުވެ ހުރީ އުމުރުން ގާތްގަނޑަކަށް 50 އަހަރުގެ ސައީދު ހަސަނެވެ. ސިމާދު މަރުވެފައި އޮއްވައި އެންމެ ފުރަތަމަ ފެނުނީ ވެސް ސައީދަށެވެ. އެނގިފައިވާ ގޮތުގައި އޭނާގެ ބަޔާން ފުލުހުން ނެގީ މީގެ ދެ ދުވަހެއް ވަރު ކުރިންނެވެ.
ސިމާދުގެ މަރުގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަން ފިޔަވައި އިތުރު އެއްވެސް ތަފްސީލެއް ފުލުހުން މިހާތަނަކަށް މީޑިއާއަށް ނުދެ އެވެ. އެ މައްސަލައިގެ ތުހުމަތުގައި ފުލުހުން އަދި މީހަކު ހައްޔަރެއް ނުކުރެ އެވެ.
ސ. ހިތަދޫ ހިޔާލީގެ ސިމާދު 36، ވިލިނގިލިން މީހަކާ ކައިވެނިކޮށްގެން އެ ރަށުގައި އުޅޭތާ 12 އަހަރެއްހާ ދުވަސްވެފައިވާއިރު، ސިމާދަކީ މަސްތުވާތަކެތި ބޭނުންކުރުމާއި ވައްކަން ކުރުމުގެ ކުށުގެ ރިކޯޑު ވެސް އޮންނަ މީހެއް ކަމަށް ވިލިނގިލީގެ ގިނަ ބަޔަކު ބުނެ އެވެ. ވިލިނގިލީގައި ހުންނަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބްރާންޗު ދާދި ފަހުން ފަޅައިލި މައްސަލައިގައި ހައްޔަރު ކުރި އެކަކަކީ ވެސް ސިމާދެވެ. އެކަމަކު، ފަހުން އޭނާ ވަނީ ދޫކޮށްލައިފަ އެވެ.
ވިލިނގިލިން ވާހަކަ ދެއްކި ބައެއް މީހުން ބުނެފައި ވަނީ ސިމާދަކީ އެ ރަށުގައި އޮންނަ ގްރޫޕަކަށް ނިސްބަތްވާ މީހެއް ކަމަށާއި އެ ގްރޫޕްގެ މީހުން ވަރަށް ގިނަ އިން ހަރުގެއަށް ގޮސް ވައްކަންކޮށް ހަދާތީ، ހަރުގެ ބަލަހައްޓާ މީހާ، އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމުން އެއްވެސް ފިޔަވަޅެއް އަޅާފައި ނެތް ކަމަށެވެ.
ހަރުގެ އިން ވައްކަން ކުރުން އާންމުވުމާ ގުޅިގެން ބަޔަކު ކަރަންޓު ދަންތުރައެއް ހަދައި، އެތަނުގައި ބެހެއްޓި ކަމަށާއި އެންމެ ފަހުން އެ މަޅީގައި ޖެހުނީ ސިމާދު ކަމަށް ވިލިނގިލީގެ ބައެއް މީހުން ބުނެ އެވެ. ސިމާދު މަރުވީ އޭގައި ޖެހިގެން ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ. އެއީ، އަތާއި މެޔާއި ކަރުން މަތީގައި ބޮޑެތި ޒަހަމްތަކެއް ފެންނަން ހުރުމުން ކަމަށް ވެސް މައުލޫމާތު ދިން މީހުން ބުނެ އެވެ.
ފުލުހުން ކުރިން ބުނި ގޮތުގައި ސިމާދަށް ތޫނު އެއްޗަކުން ހަމަލާދީފައި ހުރި ކަމަކަށް ނުބެލެވެ އެވެ. އެކަމަކު، ހަށިގަނޑު އެކި ދިމާލުގައި ފިހިފައި ހުރި ކަމުގެ ނިޝާން ހުރި ކަމަށް ފުލުހުން ބުނެފައި ވެ އެވެ.
ކަރަންޓް ދަންތުރަ ނުހެދޭނެ، އަދަބު ލިބެން ޖެހޭނެ!
ސިމާދު މަރުވީ ކަރަންޓު ދަންތުރައެއްގައި ޖެހިގެން
ސިމާދުގެ މަރުގެ މައްސަލައިގައި މީހަކު ހައްޔަރެއް ނުކުރޭ
ބޭންކް ފަޅާލި މައްސަލާގައި ސިމާދު ހައްޔަރުކުރި
މީހަކު ރަހީނުކުރި މީހުންގެ ވަނަވަރު އާންމުކޮށްފި
ވަޅިން ބިރުދައްކައި ފޭރުނު އިތުރު މީހަކު ހައްޔަރު
ސޭޓަކަށް ވަޅިން ބިރުދައްކައި ފޭރުނު މީހަކު ހައްޔަރު
މޫނު ނިވާކޮށްގެން ގެއަކަށް ވަދެ މީހަކަށް އަނިޔާކޮށްފި
ފަހުން ހިންގި މާރާމާރިއާ ގުޅިގެން 4 މީހަކު ހައްޔަރު
އައްޑޫ މާރާމާރިއާ ގުޅިގެން އިތުރު ދެ މީހަކު ހައްޔަރު