30 ޖުލައި 2018
ރާއްޖެ އަށް ބިދޭސީން އެތެރެކުރުމުގެ ޒިންމާތައް އިދިކޮޅު ކޯލިޝަންގެ ވެރިކަމެއްގައި މޯލްޑިވްސް އިމިގްރޭޝަންގެ ކިބައިން އަތުލާނެ ކަމަށް އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖެ އަށް ބިދޭސީން އެތެރެކުރުމުގެ ޒިންމާތައް އިދިކޮޅު ކޯލިޝަންގެ ވެރިކަމެއްގައި މޯލްޑިވްސް އިމިގްރޭޝަންގެ ކިބައިން އަތުލާނެ ކަމަށް އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.
"ގާނޫނާ ހިލާފަށް ރާއްޖޭގައި ދިރިއުޅޭ ބޭރު އެތައް ބައެއް އެބައުޅޭ. އޭގެ ސަބަބުން ދިވެހިންނަށް ލިބޭ ވަޒީފާގެ ފުރުސަތުތައް ގެއްލިގެންދާ ކަން އަޅުގަނޑުމެންނަށް ފާހަގަ ވަނީ. ގާނޫނާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދު އެއް ބަޔަކު ބުނާ ގޮތުން ނަމަ މިހާރު 300،000 އާ ގާތް ކުރާނެ،" މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އިދިކޮޅުން ވާދަކުރައްވާ ކެންޑިޑޭޓް އިބޫ، ބ. އަތޮޅަށް ކުރައްވާ ކެމްޕެއިން ދަތުރުގައި ކަމަދޫގައި ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ސަރުކާރުގައި އިރާދަކުރެއްވިއްޔާ އެ ކަމަށް ހައްލެއް ގެނައުމުގެ ގޮތުން ފުރަތަމަ ކަމަކަށް ރާއްޖެ އަށް މީހުން ގެނައުމުގެ ބާރު އިމިގްރޭޝަން ކިބައިން ނަގާނަން."
އިބޫ ވިދާޅުވީ، ރާއްޖެ އަށް ބޭނުން ވަނީ ވައްކަން ނުކުރާ ސަރުކާރެއް ކަމަށާއި ދައުލަތަށް ލިބޭ އާމްދަނީން ވައްކަން ނުކުރާ ނަމަ، އަސާސީ ކަންކަން ހުންނާނީ ފުރިހަމަ ވެފައި ކަމަށެވެ.
ކުޑަރިކިލު ގައި ވާހަކަ ދައްކަވަމުން، ހިންނަވަރު ދާއިރާގެ މެމްބަރު އިބޫ ތުހުމަތު ކުރެއްވި ގޮތުގައި، ބޯ ފެނާއި ނަރުދަމާގެ ނިޒާމު ފަދަ އަސާސީ ހިދުމަތްތައް ރައްޔިތުންނަށް ނުލިބެނީ ސަރުކާރުން ވައްކަން ކުރާތީ އެވެ.
އޭނާ ވިދާޅުވީ ބ. އަތޮޅުގެ ގިނަ ރަށްތަކަށް ސަރުކާރުން އަސާސީ ހިދުމަތްތައް ފޯރުކޮށްދީފައި ނުވާ ކަމަށެވެ.
"މި އަތޮޅުގެ ގިނަ ރަށްތަކަށް އަޅުގަނޑުމެންނަށް ދެވިއްޖެ މި ދެ ދުވަހު. ކޮންމެ ރަށަކުން ވެސް އަޅުގަނޑުމެންނަށް ފާހަގަވެގެން ދަނީ ކޮންމެ ރަށެއްގައި އަސާސީ ހިދުމަތްތަކަށް ބޭނުންވެފައިވާ ކަމަށް. އެ ކަންތައްތައް ސަރުކާރުން މިހާތަނަށް ފުއްދައި ދީފައި ނުވާކަން. މި ރަށުގައި ވެސް އެކަން އޮތީ އެގޮތަށް،" އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބޫ ކުޑަރިކިލުގައި ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ސަރުކާރުން އިހްލާސްތެރިކަމާ އެކު ރައްޔިތުންނަށްޓަކައި މަސައްކަތް ކުރާ ނަމަ އަސާސީ ހިދުމަތްތައް ދިނުމަކީ ބޮޑު މަސައްކަތަކަށް ނުވާނެ ކަމަށެވެ.
"ގައުމުގެ ބޮޑެތި މަޝްރޫއުތައް އޭގެ ހަމަ އަގުގައި ކުރެވޭ ނަމަ އިތުރު ފައިސާ ހުންނާނެ އެހެން ކަންތައް ކުރަން،" އޭނާ ވިދާޅުވި އެވެ.
ކަމަދޫގައި ވާހަކަ ދައްކަވަމުން އިބޫ ވަނީ ރައީސް އަބްދުﷲ ޔާމީނަށް ވެސް ފާޑުވިދާޅުވެފަ އެވެ.
"މިއަދު އަޅުގަނޑު ކޮށްލަން ބޭނުންވާ ސުވާލަކީ 54 މިލިއަން ޑޮލަރަށް [އައިޖީއެމްއެޗުގެ އާ އިމާރާތް] ބަޔަކު އަޅައިދޭން އޮއްވައި 142 މިލިއަން ޑޮލަރަށް އެ ބަޔަކަށް ބިޑް ދިނީ ކީއްވެގެންތޯ؟ މިއީ ރައްޔިތުން އޮޅުންފިލުވަން ބޭނުންވާ ކަމެއް. ރައީސް ޔާމީން ވިދާޅުވީ ރައްޔިތުން ބަލާކަށް ބޭނުމެއް ނުވާނެއޭ ފައިސާ ހަރަދުވީ ކިހާ ވަރަކަށް ކަން،. ބޭނުންވާނީ އިމާރާތޭ. ނޫން، އެހެނެއް ނޫން، ރާއްޖޭގެ ރައްޔިތުން ބޭނުންވޭ، ދިވެހިން ބޭނުންވާ އެ މީހުންގެ އަތުން ނަގާ ޓެކްސް އަށް ވާ ގޮތް އެނގެން،" އިބޫ ވިދާޅުވި އެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ ރާއްޖޭގެ އަމާންކަމަށް މިއަދު ދިމާވެފައިވާ އެންމެ ބޮޑު ހުރަހަކީ އަދުލުއިންސާފު ގާއިމް ނުކުރުން ކަމަށެވެ.
އަދި އިބޫ ވިދާޅުވި ގޮތުގައި، ސުޕްރީމް ކޯޓުގެ ނުފޫޒުން އެހެން ކޯޓުތައް މިނިވަން ވާން ޖެހޭނެ އެވެ. އަދި އެ ކަމަށް ފުރުސަތު ދިނުމަށްޓަކައި ގާނޫނުއަސާސީ އަށް އިސްލާހުތަކެއް ގެންނަންޖެހޭ ކަމަށް ވިދާޅުވި އެވެ.
"ސުޕްރީމް ކޯޓުން މި ވަނީ އެހެން ހުރިހާ ކޯޓުތަކެއްގެ މައްޗަށް ނުފޫޒާއި ބާރު ފޯރުވަން ފައްޓާފައި. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މިއަދު ޝަރުއީ ދާއިރާ އަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެއީ. އެހެންކަމުން ގާނޫނުއަސާސީ އަށް ގެންނަންޖެހޭ އިސްލާހުތަކުގެ ތެރޭގައި ކޯޓުތަކަށް ދޭންޖެހޭ މިނިވަންކަމާއި ބާރުވެރިކަން އަޅުގަނޑުމެން އެބަ ދޭންޖެހޭ. އިރާދަ ކުރެއްވިއްޔާ ގާނޫނުއަސާސީއަށް ގެންނަންޖެހޭ އިސްލާހުތަކުގެ ތެރޭގައި އެކަން ގެންނާނަން،" އިބޫ ވިދާޅުވި އެވެ.
ދުވަސްވީ މަސައްކަތްތެރިންނަށް ޕެންޝަން ދޭނަން: އިބޫ
ސަރުކާރުގެ ވިޔަފާރިތަކުގެ ބޮޑު ބައެއް ހުއްޓާލާނަން
ފުރަތަމަ ދެ އަހަރު އިންތިގާލީ އިންސާފު ގާއިމްކޮށްދޭނަން
ތެދުވެރިކަމާއި އަމާނާތްތެރިކަން ދޫނުކޮށްލާނަން: އިބޫ
ތަރައްގީ ގެންނާނީ މުޅި ރާއްޖެއަށް ހަމަހަމަކޮށް: އިބޫ
5 އަހަރު ތެރޭގައި 110،000 ބިދޭސީން އެތެރެވި!
ނަތީޖާ ބަދަލުކުރަން އުޅުމަކީ މޮޔަ ވިސްނުމެއް: ގާސިމް
ކާމިޔާބު ފޯމިއުލާއަކީ ކޯލިޝަން: ޖަމީލް
އިދިކޮޅު މެމްބަރުންނާ އިބޫ ބައްދަލުކުރައްވައިފި
ބޭރުގެ މީޑިއާއަށް ހުރަސްއެޅުމުގެ ޝަކުވާ ލިބޭ: އިބޫ