25 ސެޕްޓެމްބަރ 2018
ރަައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެންބަރުންނާ އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ބައްދަލު ކުރައްވައިފި އެވެ.
ރަައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެންބަރުންނާ އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ބައްދަލު ކުރައްވައިފި އެވެ.
މިއީ މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބު ކުރެއްވި ފަހުން، އިދިކޮޅު ކޯލިޝަންގައި ހިމެނޭ، ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕްގެ މެމްބަރުންނާ އިބޫ ބޭއްވެވި ފުރަތަމަ ބައްދަލުވުމެވެ.
ޖުމްހޫރީ ޕާޓީގެ މައި ހަރުގެ ކުނޫޒްގައި ދެ ގަޑިއެއްހާއިރަށް ކުރިއަށް ގެންދެވި މި ބައްދަލުވުމާ ބެހޭ ގޮތުން އިދިކޮޅު އިއްތިހާދުން މިވަގުތު އެއްވެސް އެއްޗެއް ނުބުނެ އެވެ.
"މިހާރު" އަށް އިނގިފައިވާ ގޮތުގައި މި ބައްދަލުވުމުގައި އިބޫ ވަނީ ގައުމަށް މިވަގުތަށް ކޮންމެހެން މުހިންމު ބައެއް ކަންކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވައިފަ އެވެ.
އިބޫއާއެކު އިދިކޮޅު މެންބަރުން ބޭއްވި ބައްދަލުވުމަށްފަހު މަހްލޫފް ކުނޫޒުގައި ހަރަކާތްތެރިވެވަޑައިގަންނަވަނީ: އިންތިހާބީ ރައީސް އިބޫ ވަނީ އެކްޓިން ޕޮލިސް ކޮމިޝަނާ އަބްދުﷲ ނަވާޒާއެކު ވެސް ބައްދަލުވުމެއް ބާއްވަވައިފަ -- ހުސެއިން ވަހީދު / މިހާރު ފޮޓޯ
މި ބައްދަލުވުމުގައި، ޖަލުން ރޭ މިނިވަންކުރި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާނު އަދި މިއަދު ގޭ ބަންދުން މިނިވަންވި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލޫފް ވެސް ބައިވެރިވެވަޑައިގަތެވެ.
އިބޫ މިއަދު ވަނީ އެކްޓިން ޕޮލިސް ކޮމިޝަނާ އަބްދުﷲ ނަވާޒާ ވެސް ބައްދަލު ކުރައްވައިފަ އެވެ. އަދި ހަމަ މިއަދު ކަސްޓަމްސްގެ ބައެއް މުވައްޒަފުންނާ ވެސް ބައްދަލު ކުރެއްވި އެވެ.
މީގެ އިތުރުން، މިއަދު އިބޫ ވަނީ އެމްޑީޕީގެ ގައުމީ މަޖިލިހުގެ ބައްދަލުވުމެއްގައި ވެސް ބައިވެރިވަޑައިގެން ވާހަކަ ދައްކަވައިފަ އެވެ.
މި ބައްދަލުވުމުގައި، ދިކޮޅު ކޯލިޝަން ދެމެހެއްޓުމުގައި އަދި އިބޫގެ ވައުދުތައް ފުއްދެވުމުގައި އެމްޑީޕީގެ އެއްބާރުލުން ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ސަރުކާރެއް އުފެދިގެން އައިސް އަޅުގަނޑުމެންގެ މަސައްކަތްތައް ފެށިގެން ދާއިރު ވެސް ތި ބޭފުޅުންގެ ދައުރަކީ ވަރަށް މުހިންމު ދައުރަކަށް ވެގެންދާނެ. މި ކޯލިޝަން ދެމެހެއްޓުމާއި އަޅުގަނޑުގެ ވައުދުތައް ފުއްދުމަށް އެމްޑީޕީ ގައުމީ މަޖިލީހަކީ ވަރަށް މުހިންމު ބަޔަކަށް ވެގެންދާނެ،" އިބޫ ވިދާޅުވި އެވެ.
އިބޫ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ 58 ޕަސެންޓު ވޯޓާ އެކު ބޮޑު ތަފާތަކުންނެވެ. އިބޫ އަށް 134،146 ވޯޓު ލިބިވަޑައިގެންނެވި އިރު ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަތީ އެންމެ 95،623 ވޯޓެވެ. ދެ ކެންޑިޑޭޓުންގެ މެދުގައި 38،479 ވޯޓުގެ ފަރަގު ހުއްޓެވެ. މިއީ މިހާ ބޮޑު ތަފާތަކުން ރާއްޖޭގައި ރައީސަކު އިންތިހާބުވި ފުރަތަމަ ފަހަރެވެ.
މުޅި ރާއްޖޭގެ 18 އަތޮޅެއްގެ މެޖޯރިޓީ ވޯޓު އިބޫ އަށް ލިބިވަޑައިގެންނެވި އިރު ރައީސް ޔާމިނަށް މެޖޯރިޓީ ނެގުނީ މ. އަތޮޅާއި ފ. އަތޮޅުން އެކަންޏެވެ.
ޝައްކެއް ނެތް، ކޯލިޝަން ރޫޅޭތަން ފެންނާނެ: ރައީސް
ސަރުކާރު ހިންގަނީ މަޖިލިހުން ކަމަށް ބުނެ ފާޑުކިޔައިފި!
ޓެކްސް ފިޔަވައި އެހެން ކަންކަން ހުށަހެޅޭ ގޮތް ހަދައިފި
ބިލްތަކުގައި ތައްގަނޑުޖެހުމުގެ ވިސްނުމެއް ނެތް: ރޮޒޭނާ
ދެ ކޮމިޝަނަށް ބާރު ދިނުމާ ބެހޭ ބިލް ކޮމިޓީއަށް
ލީޑަރުންގެ އެއްބަސްވުން "ސިއްރު"؟!
ނޮވެމްބަރު 17 ގައި ހުވާކުރަން އިއްތިފާގުން ފާސްކޮށްފި
އިބޫ ހުވާ ކުރައްވާނެ ދުވަހެއް ކަނޑައަޅަން ކޮމިޓީއަށް
އިބޫ ހުވާ ކުރާނެ ދުވަހަކާ މެދު ހޫނު ބަހުސްތަކެއް!
އިބޫ ހުވާ ކުރަން ޖެހޭނީ ނޮވެމްބަރު 11 ގައި: ފާއިޒް