29 ޖުލައި 2018
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކާމިޔާބު ލިބިވަޑައިގެންފި ނަމަ ފުރަތަމަ ދެ އަހަރު ތެރޭގައި އޮންނާނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގާފައިވާ އަނިޔާތަކަށް އިންތިގާލީ އިންސާފު ހޯދައިދިނުން ކަމަށް އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކާމިޔާބު ލިބިވަޑައިގެންފި ނަމަ ފުރަތަމަ ދެ އަހަރު ތެރޭގައި އޮންނާނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގާފައިވާ އަނިޔާތަކަށް އިންތިގާލީ އިންސާފު ހޯދައިދިނުން ކަމަށް އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.
ބ. އަތޮޅުގެ ނުވަ ރަށަކަށް ކުރައްވާ ދަތުރުގެ ތެރެއިން ހިތާދޫ އަށް ވަޑައިގެން އިބޫ ވިދާޅުވީ ރައްޔިތުންގެ މެދުގައި އިންސާފު ގާއިމް ކުރުމަކީ އިއްތިހާދުގެ ސަރުކާރެއްގައި އެންމެ އިސްކަން ދެއްވާނެ މަސައްކަތް ކަމަށެވެ.
"އަޅުގަނޑު ތިޔަ ބޭފުޅުންނަށް ޔަގީންކަން މި އަރުވަނީ އަޅުގަނޑުމެންގެ އެންމެ ބޮޑު މަސްއޫލިއްޔަތަކީ ރާއްޖޭގައި އަދުލް އިންސާފު ގާއިމްކޮށްދިނުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސަރުކާރެއްގައި އިންސާފު ގެއްލިފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމަކީ އަޅުގަނޑުމެންގެ ޕްރޮގްރާމުގައި އެންމެ ކުރީގައި އޮތް ކަންތައް،" އިބޫ ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި ހިންގާފައި އަމަލުތަކަށް ސަރުކާރުގެ ވެރިން ޖަވާބުދާރީ ކުރުވާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ސަރުކާރެއްގައި އަމާޒަކަށް ވެގެންދާނީ ފުރަތަމަ 18 ނޫނީ 20 މަސް ދުވަހުގެ ތެރޭގައި އިންތިގާލީ އަދާލަތު ގާއިމް ކުރުމުގެ މަސައްކަތް. މި ސަރުކާރުގެ ދުވަސްވަރު ހިންގާފައި ހުރި ވައްކަމާއި ކޮރަޕްޝަނާއި އަނިޔާވެރިކަން ބަލައި ޖަވާބުދާރީ ކުރުމުގެ މަސައްކަތް ފުރަތަމަ ދެ އަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑުމެން ކުރާނަން،" އެމަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުން އިބޫ ވިދާޅުވީ އިއްތިހާދުގެ ސަރުކާރެއްގައި މިއަދު ހަމަޖެހިފައިވާ އުސޫލުތަކާ ހިލާފަށް ހަމަހަމަ ކަމާއެކު ވަޒީފާގެ ފުރުސަތު ހޯދައިދޭނެ ކަމަށެވެ.
"މިއަދުގެ ސަރުކާރުގެ ކަންތައްތައް ހުންނަ ގޮތުން ސަރުކާރުގެ ވަޒީފާއެއް މި ދެނީ ވަކި ފިކުރެއްގެ ވަކި ކުލައަކަށް ތާއީދު ކުރާ ބަޔަކަށް އެކަނި. އެހެން ނަމަވެސް އަޅުގަނޑުމެންގެ ސަރުކާރެއްގައި އެ ވިސްނުން އެ ފިކުރު އަޅުގަނޑުމެން ބަދަލު ކުރާނަން،" އިބޫ ވިދާޅުވި އެވެ.
އަދި އިންސާފުގެ ބޭރުން ވަޒީފާއިން ވަކިކޮށްފައިވާ ހުރިހާ ފަރާތްތަކަށް ބަދަލު ދެއްވާނެ ކަމަށެވެ.
"އަޅުގަނޑުމެންނަކީ ބަދަލު ހިފާނެ ބައެއް ނޫން. އެހެން ނަމަވެސް އަޅުގަނޑުމެން މީހުންނަށް ބަދަލު ހޯދައިދޭނަން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ވެރިކަމެއްގައި އިންސާފުގެ ބޭރުން ވަޒީފާ އިން ވަކިކޮށްފައިވާ ފަރާތްތަކަށް އޭގެ ބަދަލު ދޭނަން،" އެމަނިކުފާނު ވިދާޅުވި އެވެ.
ހިތާދޫއަށް ވަޑައިގެން ގާތްގަނޑަކަށް 500 އެއްހާ މީހުންގެ އާބަދީ އޮންނަ އެ ރަށު ރައްޔިތުންނަށް ހާއްސަ ވައުދުތަކެއް ވެސް އިބޫ ވެވަޑައިގެންނެވި އެވެ. އެގޮތުން ސާފު ބޯފެނާއި ނަރުދަމާ ގާއިމްކޮށްދޭނެ ކަމަށް ވިދާޅުވި އެވެ.
ސަރުކާރުގެ ވިޔަފާރިތަކުގެ ބޮޑު ބައެއް ހުއްޓާލާނަން
ތަރައްގީ ގެންނާނީ މުޅި ރާއްޖެއަށް ހަމަހަމަކޮށް: އިބޫ
ބިރުދެއްކިޔަސް ސަޕޯޓަރުން ފަހަތަކަށް ނުޖެހޭނެ: އިބޫ
އިދިކޮޅު އިއްތިހާދުގެ ޖަގަހައެއް މެލޭޝިއާގައި ހުޅުވައިފި
އިދިކޮޅު ލީޑަރުންގެ ފޮޓޯ ނުޖެހުމަށް އިންޒާރު ދީފި
"ކެމްޕެއިނަށް ފުރުސަތު ލިބޭނެ ކަމަށް އުއްމީދު ކުރަން"
"ބިދޭސީން އެތެރެކުރުން އިމިގްރޭޝަންގެ އަތުން ނަގާނަން"
ދުވަސްވީ މަސައްކަތްތެރިންނަށް ޕެންޝަން ދޭނަން: އިބޫ
އިލްމުވެރިން ތިބީ އަނިޔާވެރިކަމާ އަތުގުޅައިގެން: އަލީ
ތެދުވެރިކަމާއި އަމާނާތްތެރިކަން ދޫނުކޮށްލާނަން: އިބޫ