އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބަށް ހަމަހަމަ ކަމާއެކު ކެމްޕެއިން ކުރުމުގެ ފުރުސަތު ސަރުކާރުން ދޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.
04 އޯގަސްޓް 2018
އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބަށް ހަމަހަމަ ކަމާއެކު ކެމްޕެއިން ކުރުމުގެ ފުރުސަތު ސަރުކާރުން ދޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު މާލޭގައި ގޭގެއަށް ވަޑައިގެން ކެމްޕެއިން ކުރެއްވުމަށް ނުކުންނެވުމަށް ފަހު "މިހާރު" ން ކުރި ސުވާލަކަށް އިބޫ ވިދާޅުވީ އިދިކޮޅު ކޯލިޝަނުން މިހާތަނަށް މާލޭގައި ބޮޑު ހަރަކާތެއް ބޭއްވުމުގެ ހުއްދަ އަށް އެދިފައިނުވާނެ ކަމަށެވެ.
"އަދި އަޅުގަނޑުމެން މާލޭގައި އެއްވުމެއް ބާއްވާކަށް، ޖަލްސާއެއް ބާއްވާކަށް ނޭދެން. އެދުނީމަ ވާ ގޮތެއް އެނގޭނީ. އެހެންވީމަ ކުރިއަށް އޮތް ތަނުގައި އެކަން އެނގިގެންދާނެ. އަދި މިހާތަނަށް އަޅުގަނޑުމެން މަގުމަތީގެ އެއްވެސް ހަރަކާތެއް ހިންގާފައެއް ނޯންނާނެ. އުއްމީދަކީ ހުރިހާ ޕާޓީތަކަށް އެއްވަރަށް ކެމްޕެއިން ކުރުމުގެ ފުރުސަތު ހޯމް މިނިސްޓްރީ އަދި އިލެކްޝަންސް ކޮމިޝަނުން ފޯރުކޮށްދިނުން،" އިބޫ ވިދާޅުވި އެވެ.
އިބޫ އެހެން ވިދާޅުވި އިރު ރިޔާސީ ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ދިނުމާއި ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް ވަނީ ޖުލައި، 11، ގައި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކަށް އަމުރުކޮށްފަ އެވެ.
މީގެ އިތުރުން އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ވިދާޅުވީ އިންތިޚާބަށް ކުޑަ ދުވަސްކޮޅެއް އޮތް ނަމަވެސް އަމާޒަކީ ވީހާ ވެސް ގިނަ ރައްޔިތުންނާ ސީދާ ބައްދަލު ކުރެއްވުން ކަމަށެވެ.
"އެނގިވަޑައިގަންނަވާނެ ވޯޓުލުމާ ދެމެދު މި އޮތީ ވަރަށް ކުޑަ ދުވަސްކޮޅެއް. އެހެން ނަމަވެސް އަޅުގަނޑުމެންގެ އަމާޒަކީ ރައްޔިތުންނާ ބައްދަލުކޮށް، އެ ރައްޔިތުންގެ އިހުސާސްތައް ދަނެގަނެ މިހާރު ބޭނުން ވަނީ އަދި ދަތި ވަނީ ކޮން ކަންތައްތަކެއްތޯ ބަލައި އަޅުގަނޑުމެންގެ ސަރުކާރެއްގައި އެކަން ހާސިލް ކުރުމަށްޓަކައި ހިންގޭނެ ޕްރޮގްރާމްތައް އެކުލަވާލުން،" އޭނާ ވިދާޅުވި އެވެ.
ރިޔާސީ ކެންޑިޑޭޓުންނަށް ހިމާޔަތް ދިނުމަށް ބަންޑާރަ ނައިބު އަންގަވާފައި އޮތް ނަމަވެސް ފުލުހުން ބުނެފައި ވަނީ ކެންޑިޑޭޓުންނަށް ސެކިއުރިޓީ ދޭނީ މި އޯގަސްޓް، 18ގައި، އިލެކްޝަންސް ކޮމިޝަނުން ކެންޑިޑޭޓުންގެ ނަންތައް އިއުލާން ކުރުމުން ކަމަށެވެ.
ދައުލަތުގެ ޕަބްލިކް ސާވިސް މީޑިޔާ އިން ވެސް ބުނެފައި ވަނޫ އިދިކޮޅު ފަރާތްތަކަށް އެއާޓައިމް ލިބޭނީ ކެންޑިޑޭޓުންގެ ނަންތައް އިއުލާން ކުރުމުން ކަމަށެވެ.
ރިޔާސީ އިންތިޚާބާ ބެހޭ ގާނޫނުގެ 11 ވަނަ މާއްދާގައި ބުނެފައި ވަނީ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރާ ދުވަހުން ފެށިގެން އެ މީހުންނަށް ރައްކާތެރިކަން ދައުލަތުން ފޯރުކޮށްދޭން ޖެހޭނެ ކަމަށެވެ. އަދި 12 ވަނަ މާއްދާގައި ބުނެފައި ވަނީ ދައުލަތުގެ މީޑިއާ އިން ކެންޑިޑޭޓުންނަށް ހިލޭ އެއާޓައިމް ދޭން ޖެހޭނެ ކަމަށެވެ. ގާނޫނުގައި އެހެން ބުނެފައި އޮތް ނަމަވެސް ބަންޑާރަ ނައިބު އަނިލް ސޮއިކުރައްވައި ހޯމް މިނިސްޓްރީ، ހައުސިން މިނިސްޓްރީ، ޕީއެސްއެމް އަދި ފުލުހުންނަށް މިދިޔަ މަހު ފޮނުވި ސިޓީތަކުގައި ބުނެފައި ވަނީ "އިންތިޚާބާ ގުޅޭ ގާނޫނުތަކުގައިވާ ގޮތުގެމަތިން ރިޔާސީ އިންތިހާބުގެ ކެންޑިޑޭޓުން ރަސްމީކޮށް އިޢުލާން ކުރެއްވެންދެން ވެސް" ރައްކާތެރިކަމާއި ހަމަހަމަ ފުރުސަތު ދިނުމަށެވެ.
ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތުދޭން އޭޖީ އަންގަވައިފި
2 މަސް، 153 ރަށް: އިބޫގެ ތަޖުރިބާ، އިހްސާސް!
އިބޫގެ ތަހުގީގެއް ފެށުމުން ޖަރުމަނުން ކަންބޮޑުވެއްޖެ
ރަޖިސްޓްރޭޝަން ލަސްވުމުގައި ޒިންމާވާނެ ބަޔަކު ނެތް
އަދިވެސް ހަމަހަމަ ފުރުސަތެއް ނުލިބޭ: އިދިކޮޅު ކޯލިޝަން
"ވޯޓު ފޮށި ބަހައްޓަން ރިސޯޓުތަކުން ދެކޮޅެއް ނޫން"
ސެކިއުރިޓީ ދޭނެކަމުގެ ޔަގީންކަން ފުލުހުން ވަނީ ދީފައި
18އަހަރުވުމުން ޕާޓީއަށް ވައްދަންއުޅޭ ވާހަކަ ދޮގުކޮށްފި
އޮޅުވާލައިގެން ޕާޓީ ބަދަލުކުރުމުން ގާނޫނީ އެހީ ދެނީ
އީސީއަކީ އިތުބާރުކުރެވޭ ތަނަކަށް ހަދަންޖެހޭ: އިބޫ