މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ރަސްމީކޮށް އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރެވެންދެން ވެސް، އެ ބޭފުޅުންނަށް ހަމަހަމަ ފުރުސަތާއި ސަލާމަތީ ކަންކަން ފޯރުކޮށްދޭން ކަމާ ގުޅޭ ދައުލަތުގެ މުއައްސަސާތަކަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް މިއަދު އަންގަވައިފި އެވެ.
11 ޖުލައި 2018
މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ރަސްމީކޮށް އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރެވެންދެން ވެސް، އެ ބޭފުޅުންނަށް ހަމަހަމަ ފުރުސަތާއި ސަލާމަތީ ކަންކަން ފޯރުކޮށްދޭން ކަމާ ގުޅޭ ދައުލަތުގެ މުއައްސަސާތަކަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް މިއަދު އަންގަވައިފި އެވެ.
ހައުސިން މިނިސްޓްރީ އާއި ހޯމް މިނިސްޓްރީ އާއި ފުލުހުންނާއި ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އަށް އެޓާނީ ޖެނެރަލް އަނިލް އެގޮތަށް އެންގެވިއިރު، އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ހުޅުމާލޭގައި ކެމްޕެއިން ކުރެއްވުމަށް އިއްޔެ ވަޑައިގަތުމުން ބަޔަކު މީހުން އޭނާ އަށް ހަމަލަ ދޭން ވަނީ މަސައްކަތް ކޮށްފަ އެވެ. އަދި އިބޫއާ އެކު، ހުޅުމާލެ އަށް ވަޑައިގެންނެވި، ބައެއް ބޭފުޅުންގެ ގަޔަށް ވަނީ ކަޅު ތެޔޮ ވެސް ޖަހައިފަ އެވެ.
ބަންޑާރަ ނައިބުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ރިޔާސީ ކެންޑިޑޭޓުންގެ ނަންތައް ރަސްމީކޮށް އިއުލާނުކޮށްފައިނުވި ނަމަވެސް ޕާޓީތަކުން މިހާތަނަށް ނެރެފައިވާ ބޭފުޅުންގެ މެދުގައި ހަމަހަމަކޮށް އަމަލުކޮށް، ދައުލަތުގެ ހަރަދުގައި ސަލާމަތީ ކަންކަން ފޯރުކޮށްދޭން ފުލުހުންނަށް އަންގާފައިވާނެ ކަމަށެވެ.
މީގެ އިތުރުން ކެންޑިޑޭޓުން ތާއީދު ހޯދަން ކުރައްވާ މަސައްކަތްތަކުގައި ދައުލަތުގެ ވަސީލަތްތައް ހަމަހަމަކޮށް ފޯރުކޮށްދިނުމަށާއި ދައުލަތުގެ މީޑިޔާއިން ހަމަހަމަކޮށް އެއާޓައިމް ދޭން ވެސް ވަނީ އަންގަވައިފަ އެވެ. އަދި މަގުތަކާއި ދައުލަތުގެ ބިމާއި އިމާރާތްތައް ވެސް ހަމަހަމަކަމާ އެކު ފޯރުކޮށްދޭން ހައުސިން މިނިސްޓްރީ އަދި ޕަބްލިކް ސާވިސް މީޑިޔާ (ޕީއެސްއެމް) އަށް އަންގާފައިވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
އިބޫ އާއި އެމްޑީޕީގެ ބައެއް ވެރިން ހުޅުމާލެއަށް ވަޑައިގެންނެވުމުން ދެ ފަހަރެއްގެ މަތިން ގްރޫޕަކުން އިންޒާރުދީ އަދި އޭގެ ފަހުން ކެމްޕެއިން ޓީމަށް އަމާޒުކޮށް ކަޅު ތެޔޮ އުކި އެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލަކު ވިދާޅުވީ އެ މައްސަލަ ފުލުހުން ބަލަމުން އަަންނަ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
"ކެމްޕެއިނަށް ފުރުސަތު ލިބޭނެ ކަމަށް އުއްމީދު ކުރަން"
ސެކިއުރިޓީ ދޭނެކަމުގެ ޔަގީންކަން ފުލުހުން ވަނީ ދީފައި
އެމްޑީޕީން މާފަށް އެދެންޖެހޭ: ޑރ. ޖަމީލް
އެއްވެއުޅުން ހަނިކުރި އިސްލާހު އުވާލަން ވިސްނުމެއް ނެތް
ހާދަ ބޮޑެތި މާލީ ބަދަލުތަކެއް! އެހެން ގޮތެއް ނެތް؟!
ސަރުކާރު އައީ ހަސަދަ ފިލުވައި، ބަދަލުހިފަން: ޕީޕީއެމް
ހުޅުމާލެ ތަރައްގީ ކުރުމުގެ ޕްލޭނެއް އެބައޮތް: އިބޫ
ސައީދު، އިބޫއަށް: ރޯކުރި ތަންތަނުގެ ވާހަކަ ދައްކާ!
ސިފައިންނާއި ފުލުހުންގެ ފްލެޓަށް އެއް އަހަރުން ވަދެވޭނެ
އިބޫ އަށް ހަމަލަދޭން އުޅުމުން އެމްޑީޕީން ކުށްވެރިކޮށްފި