Roadha Mihaaru
އެމްއޭސީއެލްގެ އެމްޑީއަކަށް މަހުޖޫބު ހަމަޖައްސައިފި

އެމްއޭސީއެލްގެ އެމްޑީއަކަށް މަހުޖޫބު ޝުޖާއު ހަމަޖައްސައިފި

18 އެޕްރީލް 2022

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރަކަށް، އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މަހުޖޫބު ޝުޖާއު މިއަދު ހަމަޖައްސައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރަކަށް، އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މަހުޖޫބު ޝުޖާއު މިއަދު ހަމަޖައްސައިފި އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ބުނީ އެމްއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރު ކަމަށާއި މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް މަހުޖޫބު އައްޔަންކޮށްފައިވާ ކަމަށެވެ.

މަހްޖޫބު އަކީ ހުޅުމާލެ ބަލަހައްޓާ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމު އެންމެ ފުރަތަމަ އަދާކުރެއްވި ބޭފުޅާ އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީގެ ކަންކަން ވިލަރެސް ކުރުމަށް ރައީސް އޮފީހުގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ވެސް އޭނާ މަސައްކަތް ކުރެއްވި އެވެ.

އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް، އެ ކުންފުނީގެ އެކްޓިން އެމްޑީގެ މަގާމުގައި ހުންނެވި އިބްރާހިމް ތޯހާ ވެސް މި މަހު ހަމަޖައްސާފައިވެ އެވެ.

ސަރުކާރުގެ އެންމެ ބޮޑު އެއް ކުންފުނި، އެމްއޭސީއެލްގެ އެކްޓިން އެމްޑީގެ މަގާމަށް މީގެ ހަތަރު މަހެއްހާ ދުވަސް ކުރިން ތޯހާ ހަމަޖެއްސުމުގެ ކުރިން އޭނާ ހުންނެވީ އެ ތަނުގެ ޑެޕިއުޓީ ޗީފް އޮފިސަރަކަށެވެ. އެކްޓިން އެމްޑީއަކަށް ތޯހާ ހަމަޖެއްސީ، އެމްއޭސީއެލްގެ ސީއީއޯ އަދި އެމްޑީގެ މަގާމުގައި ހުންނެވި، އިނގިރޭސިވިލާތަށް އުފަން ގޯޑަން އެންޑްރޫ ސްޓުވާޓް މަގާމުން ވަކި ކުރުމުންނެވެ.

އެ މަގާމުން އެންޑްރޫ ވަކިކުރީ މިދިޔަ އަހަރުގެ ނޮވެމްބަރުގެ މަހު 10 ގަ އެވެ. އޭގެ ފަހުން މިއަދު އެމްއޭސީއެލް އަށް އާ އެމްޑީއެއް ހަމަޖެއްސެވިއިރު، ސީއީއޯގެ އަދި ބޭފުޅަކު ހަމައެއްނުޖައްސަވަ އެވެ.

އެ ކުންފުނީގެ ބޯޑުގައި މި ވަގުތު ހަތް ބޭފުޅުން ތިއްބަ އެވެ. އެއީ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އާއި އިބްރާހިމް ނޫރައްދީނާއި އައިޝަތު އަރޫޝާ އާއި އަހުމަދު އީމާން މޫސާ އާއި އިބްރާހިމް ސިޔާދު ގާސިމް އަދި ޑރ. އިބްރާހިމް މަހްފޫޒެވެ.