Roadha Mihaaru
އިޒްރޭލުން ގެދޮރު އެޅުމާ ދެކޮޅަށް ވޯޓަށް އަހަނީ

ފަަލަސްތީނުގައި އިޒްރޭލުން ގެދޮރު އެޅުމާ ދެކޮޅަށް ސަލާމަތީ މަޖިލީހުގައި ވޯޓު ނަގަނީ

22 ޑިސެމްބަރ 2016

ޔުނައިޓެޑް ނޭޝަންސް (ޑިސެމްބަރު 22) - ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީންނަށް ގެދޮރު އަޅައިދިނުން ހުއްޓުވުމަށް ސަލާތީ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރަށް މިއަދު ވޯޓަށް އަހަން ނިންމައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޔުނައިޓެޑް ނޭޝަންސް (ޑިސެމްބަރު 22) - ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީންނަށް ގެދޮރު އަޅައިދިނުން ހުއްޓުވުމަށް ސަލާތީ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރަށް މިއަދު ވޯޓަށް އަހަން ނިންމައިފި އެވެ.

ފަލަސްތީނުގެ ބިމުގައި ޔަހޫދީންނަށް ގެދޮރު އެޅުން ހުއްޓުވުމާ ބެހޭ ގޮތުން 2011 ވަނަ އަހަރު ވެސް ސަލާމަތީ މަޖިލީހަށް ގަރާރެއް ހުށަހެޅި އެވެ. ނަމަވެސް އެ ގަރާރު އެމެރިކާ އިން ވަނީ ވީޓޯކޮށްފަ އެވެ.

މިސްރުން ސްޕޮންސާކޮށްފައިވާ މި ގަރާރު އިއްޔެ ވަނީ މެމްބަރު ގައުމުތަކަށް ފޮނުވައިފަ އެވެ.

އިޒްރޭލާއި ފަލަސްތީނުގެ ސުލްހަ އަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ހުރަހަކީ ވެސް ފަލަސްތީނުގެ ބިމުގައި ޔަހޫދީންނަށް ގެދޮރު އަޅައިދިނުމެވެ. އދ. އިން ބުނެފައި ވަނީ މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ކުރާ ކަމެއް ކަމަށެވެ. އެމެރިކާ އިން ވެސް ވަނީ އެކަން ކުށްވެރިކޮށްފަ އެވެ. އެކަމަކު މިފަހަރުގެ ގަރާރަށް އެމެރިކާ އިން ވޯޓު ދޭނެ ގޮތެއް ނޭނގެ އެވެ. އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ މިސްރުން ހުށަހެޅި ގަރާރު ވީޓޯ ކުރުމަށް އެމެރިކާ އަށް ގޮވާލައިފަ އެވެ. ނަތަންޔާހޫގެ ވެރިކަމުގައި ވޭތުވެދިޔަ އަހަރެއްހާ ދުވަހު ތެރޭ ހުޅަނގު އައްސޭރި އަށް ވަނީ 15،000 އަށް ވުރެ ޔަހޫދީން ބަދަލުކޮށްފަ އެވެ.

މިސްރުގެ ގަރާރުގައި ވަނީ އިރުމަތީ ގުދުސް ވެސް ހިމެނޭ ގޮތަށް ފަލަސްތީނުގެ ހުރިހާ ބިމެއްގައި އިޒްރޭލުން ޔަހޫދީންނަށް ހިންގާ ގެދޮރު އިމާރާތް ކުރުމުގެ މަޝްރޫއު ވަގުތުން ހުއްޓާލުމަށް ގޮވާލައިފަ އެވެ. އަދި އެއީ ދެ ދައުލަތް ގާއިމްކޮށްގެން މެދުއިރުމައްޗަށް ސުލްހަ ހޯދަން ކުރާ އުއްމީދަށް ހުރަސް އަޅާ ކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ.