Roadha Mihaaru
އިޒްރޭލުން ޔަހޫދިންނަށް ގެދޮރު އެޅުން ގަވާއިދާޚިލާފު: އދ

އިޒްރޭލުން ޔަހޫދިންނަށް ގެދޮރު އެޅުން ގަވާއިދާޚިލާފު، އެއީ ސުލްހަ އަށް ހުރަހެއް:އދ

30 އޯގަސްޓް 2017

ރާމުﷲ (އޮގަސްޓް 30) - ފަލަސްތީނުގެ ބިންތަކުގައި ޔަހޫދިންނަށް އިޒްރޭލުން ގެދޮރު އަޅައިދިނުން ގަވާއިދާ ޚިލާފު ކަމަށާއި އެއީ ސުލްހަ އަށް ކަނޑައެޅިގެން ހުރި ހުރަހެއް ކަމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ރާމުﷲ (އޮގަސްޓް 30) - ފަލަސްތީނުގެ ބިންތަކުގައި ޔަހޫދިންނަށް އިޒްރޭލުން ގެދޮރު އަޅައިދިނުން ގަވާއިދާ ޚިލާފު ކަމަށާއި އެއީ ސުލްހަ އަށް ކަނޑައެޅިގެން ހުރި ހުރަހެއް ކަމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވިދާޅުވެއްޖެ އެވެ.

"އަޅުގަނޑުމެން ގަބޫލް ކުރަނީ އިޒްރޭލުން ޔަހޫދިންނަށް ގެދޮރު އަޅަމުން ދަނީ ބައިނަލްއަގުވާމީ ގާނޫނާ ޚިލާފަށް ކަމަށް. އެއީ ސުލްހަ އަށް އެޅޭ ހުރަހެއް،" ރާމުﷲ ގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ގުޓަރޭޒް ވިދާޅުވި އެވެ.

އދ.ގެ ސެކްރެޓަރީ ޖެނެރަލް މިމޭރުމުން ވާހަކަ ދައްކަވާފައި ވަނީ ހުޅަނގު އައްސޭރީގައި ޔަހޫދީންނަށް އިމާރާތްކޮށްފައިވާ އެއްވެސް އިމާރާތެއް ނުނަގާނެ ކަމަށް އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެފައި ވަނިކޮށެވެ.

ނަތަންޔާހޫގެ ވާހަކަ އަށް ރައްދު ދެއްވާ ގުޓަރޭޒް ވިދާޅުވީ ސުލްހަ އަށް ހުރަސް އަޅާ އެއްވެސް ކަމެއް އެއްވެސް ބަޔަކު ކޮށްގެން ނުވާނެ ކަމަށެވެ.

ފަލަސްތީނުގެ ބޮޑު ވަޒީރު ހަމަދުﷲ ވަނީ އިޒްރޭލުގެ އަމަލުތަކުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންނާއި މުސްލިމުންގެ މުގައްދަސް ތަންތަން ހިމާޔަތް ކުރުމަށް އދ. އަށް ގޮވާލައްވައިފަ އެވެ. އަދި އދ.ގެ ގަރާރުތަކަށް އިޒްރޭލުން ބޯލަނބަމުން ނުދާތީ ފަލަސްތީނު މީހުންގެ ހައްގުތަކަށް އުނިކަން ލިބެމުންދާ ކަމަށް ވެސް ހަމަދުﷲ ވިދާޅުވި އެވެ.

އިޒްރޭލް ޕާލަމެންޓުގައި ހިމެނޭ ކަނާތު ފިޔައިގެ ދެ މެންބަރަކު އިއްޔެ ވަނީ އަލް އަގްސާ މިސްކިތް ހިމެނޭ ސަރަހައްދަށް ވަދެފަ އެވެ. އަގްސާ މިސްކިތް ހިމެނޭ ސަރަހައްދަށް އިޒްރޭލް މީހުން ވަނުން މަނާކޮށްފައި އޮތް އޮތުން ނަތަންޔާހޫ ވަނީ ދެ އަހަރަށް ފަހު ނިމުމަކަށް ގެނެސްފަ އެވެ.