އިޒްރޭލާއި ހަމާސްގެ ހަނގުރާމައިގެ ބިރުވެރިކަން ދުނިޔެއިން "ފުދޭވަރަށް" ތަޖުރިބާކޮށްފި ކަމަށާއި މިކަން ވަގުތުން ހުއްޓާލައި ޣައްޒާއަށް އިތުރު އެހީ ގެންދަން ވަގުތުން ފުރުސަތު ދޭންޖެހޭ ކަމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް އިއްޔެ ޣައްޒާގެ ބޯޑަރު ކައިރިއަށް ވަޑައިގެން ވިދާޅުވެއްޖެ އެވެ.
އިޒްރޭލާއި ހަމާސްގެ ހަނގުރާމައިގެ ބިރުވެރިކަން ދުނިޔެއިން "ފުދޭވަރަށް" ތަޖުރިބާކޮށްފި ކަމަށާއި މިކަން ވަގުތުން ހުއްޓާލައި ޣައްޒާއަށް އިތުރު އެހީ ގެންދަން ވަގުތުން ފުރުސަތު ދޭންޖެހޭ ކަމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް އިއްޔެ ޣައްޒާގެ ބޯޑަރު ކައިރިއަށް ވަޑައިގެން ވިދާޅުވެއްޖެ އެވެ.
"ޣައްޒާގައި ތިބި ފަލަސްތީނު ރައްޔިތުން ... ކުޑަކުދިން، އަންހެނުން، ފިރިހެނުން ... ތާށިވެފައި އެ ތިބީ ނިމުމެއް ނެތް ބިރުވެރިކަމެއްގެ ތެރޭގައި،" ޣައްޒާއަށް އެހީގެ ތަކެތި ވައްދަން ބޭނުންކުރާ މައި މަގު ކައިރީގައި ހުންނަވައި ގުޓަރެސް ވިދާޅުވި އެވެ.
އެ ސަރަހައްދުގެ 2.4 މިލިއަން މީހުންގެ ތެރެއިން ގިނަ މީހުން ރަފަހްގެ ޣައްޒާ ފަޅިން ހިމާޔަތް ހޯދަމުން އަންނައިރު އިޒްރޭލުން ވަނީ ހަމާސްގެ ހަނގުރާމަވެރިން ހޯދުމުގެ ނަމުގައި އެތަނަށް ވެސް ސިފައިން ފޮނުވަން ނިންމައިފަ އެވެ.
ރަފަހް ބޯޑަރު ކައިރީ މިސްރުގެ ރެޑް ކްރެސެންޓުގެ އެހީގެ ޓްރަކްތައް ގައްޒާއަށް ނުވަދެވި ކިއޫގައި. -- ފޮޓޯ: އޭއެފްޕީ
"އަޅުގަނޑު މި އުފުލަނީ މިފަދަ އަނިޔާވެރި މަންޒަރުތައް ފެނި، އެކަންކަން ހުއްޓާލުމަށް އެދޭ ގިނަ ބައެއްގެ އަޑު،" ގުޓަރެސް ވިދާޅުވި އެވެ. "މުޖުތަމައުތައް ނައްތާލައި، ގެދޮރު ތަޅާލައި، މުޅި އާއިލާތަކާއި ޖީލުތައް ފޮހެވިގެން ގޮސްފައިވޭ."
މިސްރާއި ފަލަސްތީނުގެ ރަފަހް ގުޅޭ ބޯޑަރު ސަރަހައްދަށް ގުޓަރެސް ވަޑައިގެން ހަނގުރާމަ ހުއްޓާލަން ޖެހޭ ކަމަށް ވިދާޅުވެ ވާހަކަ ދެއްކެވި އިރު އިޒްރޭލުން އިއްޔެ ވެސް ގެންދިޔައީ މީގެ އެތައް ދުވަހެއް ކުރިން ފެށިގެން އެ ސަރަހައްދުގެ އެންމެ ބޮޑު އެއް ހޮސްޕިޓަލަށް ވަދެ ފަށައިގެން އުޅޭ ރެއިޑް ކުރިއަށް ގެންގޮސްފަ އެވެ. އަދި އެހީގެ ތަކެތި ބަލައި ގޮސް ތިބި ފަލަސްތީނުގެ 19 މީހަކު އިޒްރޭލުން ޝަހީދުކޮށްލި ކަމަށް ވެސް ފަލަސްތީނުން ބުންޏެވެ.
އެކަމަކު އިޒްރޭލުން ވަނީ އެހީ ބަލާ ދިޔަ މީހުންނަށް ހަމަލާ ދިން ކަމަށް އިންކާރުކޮށްފަ އެވެ. -- އޭއެފްޕީ
ޣައްޒާ އަކީ ގަތުލުގެ މައިދާނަކަށް ހަދައިފި: ގުޓަރެޒް
ގައުމުތަކުން ޣައްޒާއަށް އެހީވުން ހުއްޓާނުލަން ގޮވާލައިފި
ޣައްޒާގެ ގަތުލުއާންމު ހުއްޓައިލަން ދުނިޔެ ގޮވާލައިފި
އދ.ގައި އޮތީ އިޒްރޭލު ހިމާޔަތްކުރާ މަޖިލީހެއް
އިޒްރޭލުގެ އުދުވާން ހުއްޓުވުމަށް ގުޓަރޭސް ގޮވާލައްވައިފި
ހަމާސް އިން ހަމަލާ ދިނީ ކަމަކާ ނުލައެއް ނޫން: އދ
ޣައްޒާގައި މިއަދު ވެސް މަދުވެގެން 25 މީހަކު ޝަހީދު
އެހީގެ ޓީމަށް ދިން ހަމަލާއިން މައްސަލައެއް ނުފެނުނު
ޣައްޒާގައި މަހުގެ ބާވަތަކަށް ވެލާ
ޣައްޒާއިން 24 މީހަކު ޝަހީދު، އެއް އާއިލާއިން 10