Roadha Mihaaru
ޔަހޫދީންނަށް ގެދޮރު އަޅައިދިނުން ހުއްދަ :ޓްރަމްޕް

ފަލަސްތީނުގެ ބިމުގައި ޔަހޫދީންނަށް ގެދޮރު އަޅައިދިނުން ގާނޫނާޚިލާފެއް ނޫން: ޓްރަމްޕް

27 އޮކްޓޯބަރ 2016

ގުދުސް (އޮކްޓޯބަރު 27) - ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ޔަހޫދީންނަށް ގެދޮރު އަޅައިދިނުމަކީ އެމެރިކާގެ ރިޔާސީ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް ދެކެވަޑައިގަންނަވާ ގޮތުގައި ގާނޫނާޚިލާފު ކަމެއް ނޫން ކަމަށް އިޒްރޭލާ ބެހޭ ޓްރަމްޕުގެ އެޑްވައިޒަރަކު ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ގުދުސް (އޮކްޓޯބަރު 27) - ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ޔަހޫދީންނަށް ގެދޮރު އަޅައިދިނުމަކީ އެމެރިކާގެ ރިޔާސީ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް ދެކެވަޑައިގަންނަވާ ގޮތުގައި ގާނޫނާޚިލާފު ކަމެއް ނޫން ކަމަށް އިޒްރޭލާ ބެހޭ ޓްރަމްޕުގެ އެޑްވައިޒަރަކު ވިދާޅުވެއްޖެ އެވެ.

ގުދުސްގައި ބޭއްވި އެއްވުމަކަށް ފަހު އޭއެފްޕީއާ ވާހަކަ ދައްކަވަމުން ޑޭވިޑް ފްރައިޑްމަން ވިދާޅުވީ ފަލަސްތީނު-އިޒްރޭލް މައްސަލަ އަށް ދެ ދައުލަތް ގާއިމްކޮށްގެން ހައްލެއް ހޯދުމަކީ ވެދާނެ ކަމެއްކަމާ މެދު ޓްރަމްޕް ޝައްކު އުފައްދަވާ ކަމަށެވެ.

ހުޅަނގު އައްސޭރީގެ ބިމުގައި ގަވާއިދާޚިލާފަށް އިމާރާތެއް ހެދުމަށް އިޒްރޭލުގެ ބަޔަކު މަސައްކަތް ކުރަނީ. --ފޮޓޯ:އޭއެފްޕީ

ހުޅަނގު އައްސޭރީގެ ބިމުގައި ގަވާއިދާޚިލާފަށް އިމާރާތެއް ހެދުމަށް އިޒްރޭލުގެ ބަޔަކު މަސައްކަތް ކުރަނީ. --ފޮޓޯ:އޭއެފްޕީ

ހުޅަނގު އައްސޭރިއަކީ އިޒްރޭލުގެ ބައެއްގެ ގޮތުގައި ބަލައިގަންނަންތޯ ސުވާލު ކުރުމުން ފްރައިޑްމަން ވިދާޅުވީ ހުޅަނގު އައްސޭރީގައި ޔަހޫދީންނަށް ގެ އަޅައިދިނުމަކީ ޓްރަމްޕް ދެކެވަޑައިގަންނަވާ ގޮތުގައި ގާނޫނާޚިލާފު ކަމެއް ނޫން ކަމަށެވެ.

އެކަމަކު އެމެރިކާ އިން ތަކުރާރުކޮށް ބުނަމުންދަނީ ހުޅަނގު އައްސޭރީގައި ޔަހޫދީ އާބާދީތައް ހެދުމަކީ މަނާ ކަމެއް ކަމަށެވެ. އަދި އދ. އިން ވެސް ވަނީ އެއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު ކަމެއް ކަމަށް ބުނެފަ އެވެ.

ފްރައިޑްމަން ވިދާޅުވީ ޓްރަމްޕަށް ވެރިކަން ލިބިވަޑައިގެންފި ނަމަ ގުދުސް އަކީ އިޒްރޭލުގެ ވެރިރަށަށް ހައްދަވާނެ ކަމަށެވެ. އަދި އެމެރިކާ އެމްބަސީ ގުދުސް އަށް ބަދަލު ކުރާނެ ކަމަށް ވިދާޅުވި އެވެ.