23 މެއި 2022
އިޒްރޭލުގެ ޔަހޫދީން މަސްޖިދުލް އަގްސާ އަށް ވަދެ އުޅުމުގެ ތެރޭގައި، ޔަހޫދީ ދީނުގައި ހިމެނޭ އަޅުކަންތައް ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ބުނެ، ގުދުސްގެ މެޖިސްޓްރޭޓް ކޯޓުން އިއްޔެ ހުކުމް ކޮށްފި އެވެ.
އިޒްރޭލުގެ ޔަހޫދީން މަސްޖިދުލް އަގްސާ އަށް ވަދެ އުޅުމުގެ ތެރޭގައި، ޔަހޫދީ ދީނުގައި ހިމެނޭ އަޅުކަންތައް ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ބުނެ، ގުދުސްގެ މެޖިސްޓްރޭޓް ކޯޓުން އިއްޔެ ހުކުމް ކޮށްފި އެވެ.
އެ ކޯޓުން އެގޮތަށް ހުކުމް ކުރީ، މިދިޔަ ރޯދަ މަހުގެ ތެރޭގައި ޔަހޫދީންގެ ބަޔަކު އަގްސާ މިސްކިތަށް ވަދެ ޔަހޫދީންގެ އަޅުކަންތަކެއް ކުރި މައްސަލައިގައި، ޔަހޫދީންގެ ތިން މީހަކު އެ މިސްކިތަށް ވަނުން، އިޒްރޭލު ފުލުހުން ތިން މަސް ދުވަހަށް މަނާކުރި މައްސަލައިގަ އެވެ. އެ ތިން ޔަހޫދީން ގުދުސްގެ މެޖިސްޓްރޭޓް ކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރުމުން، އެ ކޯޓުން ހުކުމްކުރީ އެ ތިން ޔަހޫދީން އަގްސާ މިސްކިތުގެ ތެރޭގައި އަދާކުރި އަޅުކަންތަކުގެ ސަބަބުން އިޒްރޭލުގެ ދާހިލީ ސުލްހަ އާއި އަމާންކަމަށް އެއްވެސް ހުރަހެއް އަދި ނުރައްކަލެއް ކުރިމަތިނުވާ ކަމަށެވެ.
އެހެންކަމުން، އެ މީހުން އަގްސާ މިސްކިތުގެ ތެރޭގައި އަޅުކަންކުރުން، އިޒްރޭލު ފުލުހުންނަށް މަނާ ނުކުރެވޭނެ ކަމަށް އެ ކޯޓުގެ ހުކުމުގައިވެ އެވެ.
#Breaking | Israeli Public Security Minister approved the planned settlers' march flag to pass through Bab Al-Amoud area and the Old City in occupied Jerusalem on the 29th of May. pic.twitter.com/hJuSSOfZ3I
— Quds News Network (@QudsNen) May 18, 2022
އިޒްރޭލާއި އުރުދުންއާ ދެމެދު 1994 ވަނަ އަހަރު ސޮއިކޮށްފައިވާ ސުލްހައިގެ މުއާހަދާގެ ދަށުން، އަގްސާ މިސްކިތުގެ އެންމެހައި ކަންތައް ރާވައި ހިންގާނީ، އުރްދުން އިން ހިންގާ ވަގުފް ފަންޑެއްގެ ބެލުމުގެ ދަށުން އަދި އިޒްރޭލުގެ ސަލާމަތީ އިންތިޒާމުތަކާ އެކުގަ އެވެ. މި އެއްބަސްވުމުގެ ދަށުން އަގްސާގެ ކަންތައް ހިންގުމަށް ހަމަޖައްސާފައިވާ އިންތިޒާމުތަކުގެ ތެރޭގައި، އަގްސާ މިސްކިތުގެ ގޯތިތެރޭގަ އާއި މިސްކިތުގެ ތެރޭގައި މުސްލިމުން ނޫން އެހެން ބަޔަކު އެއްވެސް ބާވަތެއްގެ އަޅުކަމެއް ކުރުމަކީ މަނާކަމެކެވެ.
ނަމަވެސް އަގްސާ މިސްކިތަށް ވަނުމާއި އެ މިސްކިތަށް ޒިޔާރަތް ކުރުން، އެއްވެސް ބަޔަކަށް މަނައެއް ނޫނެވެ. އޭގެ ބަދަލުގައި ޔަހޫދީންނަށް އަޅުކަމުގެ ކަންތައް ކުރިއަށް ގެންދެވޭނީ، އަގްސާ މިސްކިތް ހިމެނޭ ސަރަހައްދުގައި ހުންނަ ހުޅަނގު ފާރު ނުވަތަ ބުރާގު ފާރު ކައިރީގަ އެވެ.
ގުދުސްގެ މެޖިސްޓްރޭޓް ކޯޓުގެ ހުކުމުގައިވާ ގޮތުން، އަގްސާ މިސްކިތުގެ އެތެރޭގައި ވެސް ޔަހޫދީން ބޭނުން ނަމަ، އެމީހުންގެ ދީނީ ފޮތް ކަމުގައި ގަބޫލުކުރާ ތަލްމޫދުގައި ހުންނަ ދީނީ ބަނދިތައް، ހަރުއަޑުން ކިޔުމާއި ރުކޫއު ކުރާ ގޮތަށް އަދާކުރާ ދީނީ އަޅުކަން ވެސް ކުރެވޭނެ އެވެ. އަދި އެކަންތައް ކުރުމަކީ ކުށެއް ކަމުގައި ބަލައިގެން ނުވާނެ ކަމަށާއި، އެއީ ދާޚިލީ ހަމަޖެހުން ނަގައިލުން ކަމަށް ވެސް ބަލައިގެން ނުވާނެ ކަމަށް އެ ހުކުމްގައިވެ އެވެ.
? A Palestinian girl is aggressively pushed by Israeli Occupation Forces whilst trying to defend an older Palestinian woman in Jerusalem last night ?#IsraeliCrimes #IsraeliApartheid pic.twitter.com/5GNWuwi2tC
— Friends of Al Aqsa (@FriendsofAlAqsa) May 17, 2022
އިޒްރޭލު ކޯޓުގެ މި ނިންމުން ކުށްވެރިކޮށް ފަލަސްތީނު ސަރުކާރުން ބުނެފައިވަނީ، އެއީ ފަލަސްތީނު ރައްޔިތުންނާއި އިޒްރޭލުގެ ޔަހޫދީންނާ ދެމެދު ދީނީ ހަނގުރާމައެއް އިއުލާން ކުރުން ފަދަ ކަމެއް ކަމަށެވެ. އަގްސާ މިސްކިތުގެ ކަންތައް އިންތިޒާމުކޮށް ބެލެހެއްޓުމުގެ ޒިންމާއާ ލިޔެކިޔުމުން ހަވާލުވެފައި އޮތް އުރްދުން ސަރުކާރުން ވެސް ވަނީ، އިޒްރޭލު ކޯޓުގެ މި ނިންމުން ކުށްވެރިކޮށްފަ އެވެ.
އިޒްރޭލު ކޯޓުން އިއްޔެ ކުރި ހުކުމްގައި ބުނެފައި އޮތީ، "ގުދުސްގެ ހަރަމްފުޅަށް ވަދެ، އެބައިމީހުންގެ ދީނީ އަޅުކަންތައް އަދާކުރުމުގެ ހުއްދަ، އިޒްރޭލުގެ ކޮންމެ ރައްޔިތަކަށް ވެސް ލިބިގެންވާ" ކަމަށެވެ. މީގެ ކުރިން، 2021 ވަނަ އަހަރުގެ އޮކްޓޫބަރުގެ ތެރޭގައި އެ ކޯޓުން ކުރި ހުކުމެއްގައި، "މަސްޖިދުލް އަގްސާގެ ހަރިންމަ ތެރޭގައި، އަޑު ނުވީއްލައި ޔަހޫދީންގެ ދީނީ އަޅުކަންތައް ކުރުމުގެ ހައްގު ލިބިގެންވާ ކަމަށް" ބުނެފައިވެ އެވެ.
މި މައްސަލައިގައި ފަލަސްތީނުގެ އެންމެ މަތީ ކޯޓުން ބުނެފައިވަނީ، އަލް ގުދުސް އާއި މަސްޖިދުލް އަގްސާގެ ތާރީޚީ ހައިސިއްޔަތު ބަދަލުކުރުމަށް އިޒްރޭލުން ކުރާ ކޮންމެ ކަމަކީ، ދީނީ ހަނގުރާމައަކަށް މަގު ފަހިވާނެ ކަމެއް ކަމަށެވެ. ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން ބުނީ، އިޒްރޭލުން މިހާރު ވަނީ ހުރިހާ ރަތް ރޮނގެއް ހުރަސް ކޮށްފައި ކަމަށާއި، އިތުރު ހަމަނުޖެހުންތަކަށް މަގު ފަހިކުރަމުންދާ ކަމަށެވެ.
އަލް މަސްޖިދުލް އަގްސާއަކީ މުސްލިމުންނަށް ޚާއްސަ ތަނެއް ކަމަށާއި، އެ ހަގީގަތް ބަދަލުކޮށް އަގްސާ މިސްކިތުގެ ހައިސިއްޔަތު އޮޅުވައިލުމަށް އިޒްރޭލު ސަރުކާރާއި ހައްދުފަހަނައަޅާފައިވާ ޔަހޫދީން ކުރަމުންދާ އެއްވެސް ކަމެއް ކާމިޔާބު ނުވާނެ ކަމަށް ވެސް ހަމާސް އިން ބުންޏެވެ.
މި ކަމާ ގުޅޭ ގޮތުން އިޒްރޭލް ސަރުކާރުން ބުނެފައިވަނީ، އަގްސާ މިސްކިތުގައި ޔަހޫދީންގެ އަޅުކަންތައް އަދާކުރުން ހުއްދަކޮށް ކޯޓުން އިއްވި ހުކުމް މަތީ ކޯޓުގައި އިސްތިއުނާފުކުރާނެ ކަމަށެވެ. އިޒްރޭލުގެ، ސަރަހައްދީ ގުޅުންތަކާ ބެހޭ ވަޒީރު އީސާވީ ފައްރީޖް ވިދާޅުވީ ކޯޓުގެ އެ ނިންމުމަކީ، އަގްސާ މިސްކިތަށް ލިބިގެންވާ ހައިސިއްޔަތުގެ ހުރުމަތް ކެނޑުން ކަމަށެވެ.
އެ ނިންމުމަކީ އެއްވެސް ޒިންމާދާރުކަމެއް ނެތް ނުރައްކާތެރި ނިންމުމެއް ކަމަށާއި، އަގްސާ މިސްކިތް ހިމެނޭ ސަރަހައްދުގައި އިތުރު ހަމަނުޖެހުންތައް ހިނގިޔަ ނުދިނުމުގެ ގޮތުން، ކޯޓުގެ އެ ނިންމުން ތަންފީޒުކުރުން ފަސް ކުރުމަށް، ކަމާ ބެހޭ އިދާރާތަކަށް އަންގާފައިވާނެ ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.
އަގްސާ މިސްކިތް ބައިކޮށްލުމަށް އިޒްރޭލުން ގާނޫނު ހަދަނީ
ފަލަސްތީނުގެ އެތައް ބަޔަކު ޒަޚަމްކޮށްލައިފި
އަގްސާ މިސްކިތަށް ވަދެގަންނަން ޔަހޫދީން ތައްޔާރުވަނީ
ޔަހޫދީން އަނެއްކާވެސް އަގްސާ މިސްކިތަށް ވަދެގެންފި
ޔަހޫދީން އަނެއްކާވެސް އަގްސާ އަށް ވަދެގެންފި
އިޒްރޭލު ސިފައިން އަގްސާ މިސްކިތަށް އަރައިގެންފި
އިޒްރޭލުން ލުބްނާނަށް ބޮޑުބަޑީގެ ހަމަލާތަކެއް
އިޒްރޭލުން އަނެއްކާވެސް އަގްސާ މިސްކިތަށް ހަމަލާ ދީފި
ފަލަސްތީނު މީހުން އަގްސާ އަށް ޖަމާވުމަށް ގޮވާލައިފި
އަގްސާ މިސްކިތުގައި ބަޑިޖަހައި ހަމަނުޖެހުން ހިންގައިފި