28 މާޗް 2022
ރަޝިޔާއާ އެކު ގާއިމުކުރާ ސުލްހައިގެ އެއްބަސްވުމެއްގައި، ޔޫކްރޭނަކީ ވަކި ފަރާތަކަށް ނުޖެހި އޮންނަ ގައުމެއްގެ ގޮތުގައި ކަނޑައެޅުމާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ތައްޔާރަށް ހުންނެވި ކަމަށް، ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އިއްޔެ ވިދާޅުވެއްޖެ އެވެ.
ރަޝިޔާއާ އެކު ގާއިމުކުރާ ސުލްހައިގެ އެއްބަސްވުމެއްގައި، ޔޫކްރޭނަކީ ވަކި ފަރާތަކަށް ނުޖެހި އޮންނަ ގައުމެއްގެ ގޮތުގައި ކަނޑައެޅުމާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ތައްޔާރަށް ހުންނެވި ކަމަށް، ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އިއްޔެ ވިދާޅުވެއްޖެ އެވެ.
ޒެލެންސްކީ ވިދާޅުވީ ރަޝިޔާއާ އެކު ސުލްހަ ގާއިމުކުރި ކަމުގައި ވިޔަސް، ތިން ވަނަ ފަރާތަކުން އެ ސުލްހަ ކަށަވަރުކޮށްދޭންޖެހޭނެ ކަމަށެވެ. އަދި ވަކި ފަރާތަކަށް ނުަޖެހޭ (ނޭޓޯ އާއި ވިލާތުގެ އިއްތިހާދުގައި ބައިވެރިނުވާ) ގައުމެއްގެ ގޮތުގައި ޔޫކްރޭން އޮތުމާ މެދު އާންމު ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓެއް ވެސް ނަގަންޖެހޭނެ ކަމަށް ރައީސް ޒެލެންސްކީ ވިދާޅުވި އެވެ.
"ސަލާމަތީ ރައްކާތެރިކަން ލިބުމުގެ ކަށަވަރުކަމާއި، ވަކިފަރާތަކަށް ނުޖެހި އޮތުމާއި، އަހަރެމެންގެ ދައުލަތަކީ ނިއުކްލިއާ ހަތިޔާރު ނުގެންގުޅޭ ދައުލަތެއް ކަމުގައި ކަނޑައެޅުން. އެ ކަންކަމާ މެދު މަޝްވަރާ ކުރަން މިތިބީ ތައްޔާރަށް. މިއީ އެންމެ މުހިންމު ނުކުތާއަކީ،" ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ރަޝިޔާގެ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް ޒެލެންސްކީ ވިދާޅުވި އެވެ.
ޒެލެންސްކީގެ އެ އިންޓަވިއު އާންމު ނުކުރުމަށް ރަޝިޔާ ސަރުކާރުން އިއްޔެ އަންގާފައި ވަނިކޮށް، ރަޝިޔާގެ ނޫސްތަކުން އިއްޔެ ވަނީ އެ އިންޓަވިއު އާންމުކޮށްފަ އެވެ. ޒެލެންސްކީ އެ އިންޓަވިއު ދެއްވީ ރަޝިޔާ ބަހުންނެވެ.
އޭނާ ވިދާޅުވީ ރަޝިޔާ ސިފައިން ޔޫކްރޭނަށް ދެމުންދާ ހަމަލާތަކުގައި، ޔޫކްރޭންގައި އޮންނަ ރަޝިޔާ ބަހުން ވާހަކަ ދައްކާ ސަހަރުތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އަދި ރަޝިޔާ އިން ޗެޗްނިޔާގައި ކުރި ހަނގުރާމައިގައި ޗެޗްނިޔާ އަށް ލިބުނު ގެއްލުންތަކަށް ވުރެ ބޮޑެތި އަދި ގިނަ ގެއްލުންތަކެއް، ޔޫކްރޭނަށް ލިބިފައިވާ ކަމަށް ވެސް ރައީސް ޒެލެންސްކީ ވިދާޅުވި އެވެ.
"ހަމަލާ ދިނުން ހުއްޓާނުލައި، އަދި ރަޝިޔާ ސިފައިން ޔޫކްރޭނުން ނުފައިބައި ސުލްހަ ގާއިމެއް ނުކުރެވޭނެ."
ޒެލެންސްކީ ވިދާޅުވި ގޮތުގައި ރަޝިޔާ ސިފައިން ހިފާފައިވާ ޔޫކްރޭންގެ ބިންތައް، ބާރުގެ ބޭނުންކޮށްގެން އަނބުރާ ހޯދުމަށް ޔޫކްރޭނުން މަސައްކަތެއް ނުކުރާނެ އެވެ. އެފަދަ މަސައްކަތެއް ފަށައިފި ނަމަ، ތިން ވަނަ ބޮޑު ހަނގުރާމަ އަށް މަގު ފަހިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ ބަދަލުގައި ޔޫކްރޭން ސަރުކާރުން މަސައްކަތް ކުރާނީ، ރަޝިޔާ އަށް ތާއީދުކުރާ ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި 2014 ވަނަ އަހަރުން ފެށިގެން އޮތް، އިރުމަތީ ދޮންބާސް ސަރަހައްދުގެ މައްސަލަ ދެ ފަރާތުގެ މެދުގައި ވާހަކަ ދައްކައިގެން ހައްލު ކުރުމަށެވެ.
ޔޫކްރޭންގެ ބައެއް ސަހަރުތައް ކަނު އަނދިރީގައި
މިނިވަންކުރި ޚެރްސޯނަށް ޒެލެންސްކީ ވަޑައިގެންފި
ޔޫކްރޭންގެ އިރުމަތިން އާންމުން ފޭބުމަށް ގޮވާލައިފި
ޔޫކްރޭންގެ ބައެއް ބިންތައް ރަޝިޔާއާ އެއްކޮށްލަނީ
ބެލަރޫސް އޮންނާނީ ރަޝިޔާއާ އެކުގައި
ކޮންމެ ދުވަހަކު ޔޫކްރޭނުން 100 ސިފައިން މަރުވޭ
ޒެލެންސްކީ ހަނގުރާމައިގެ ކުރީ ސަފަށް ވަޑައިގެންފި
ހަނގުރާމަ ހުއްޓޭނީ މަޝްވަރާއިން އެކަނި: ޒެލެންސްކީ
އަހަރެމެން މިނިވަންވާ ދުވަސް އެބަ ގާތްވޭ: ޒެލެންސްކީ
ހިޓްލަރަކީ ޔަހޫދީއެކޭ ބުނުމުން މައްސަލަ ގޯސްވެއްޖެ