26 މާޗް 2022
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް. ޖައިޝަންކަރު ރަސްމީ ދަތުރެއްގައި މިރޭ އައްޑު އަށް ވަޑައިގެންފި އެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް. ޖައިޝަންކަރު ރަސްމީ ދަތުރެއްގައި މިރޭ އައްޑު އަށް ވަޑައިގެންފި އެވެ.
އިންޑިއާ އިން ސީދާ އައްޑު އަށް ޖައިޝަންކަރު ވަޑައިގެންނެވިއިރު މިއީ ފަހުގެ ތާރީހެއްގައި ބޭރުގެ ވަޒީރަކު ރަސްމީ ދަތުރެއްގައި މާލެ ނޫން އެހެން ރަށަކަށް ސީދާ ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.
އައްޑޫން އޭނާ އަށް ހޫނު މަރުހަބާއެއް ދެންނެވީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަދި އދ. 76 ވަނަ ސެޝަންގެ ރައީސް އަބްދުﷲ ޝާހިދު އެވެ.
ފޮރިން މިނިސްޓްރީން ބުނި ގޮތުގައި ޖައިޝަންކަރުގެ މި ދަތުރުގައި ދެ ގައުމުގެ ފޮރިން މިނިސްޓްރީން ރަސްމީ މަޝްވަރާތައް ކުރުމަށް ފަހު، ދެ އެއްބަސްވުމެއްގައި ސޮއިކުރައްވާނެ އެވެ.
އެއީ ރާއްޖޭގެ ހަޔާ އެޑިއުކޭޝަން ނެޓްވޯކާއި އިންޑިއާގެ ނޭޝަނަލް ނޮލެޖް ނެޓްވޯކާ ދެމެދު ގާއިމްކުރެވޭ އެއްބަސްވުމަކާއި ދެ ގައުމުގެ ވެކްސިނޭޝަން ސެޓްފިކެޓްތައް އަނެއް ގައުމުގައި ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާ ބެހޭ އެއްބަސްވުމެކެވެ.
ބޮޑުބެރުގެ ހަރަކާތަކުން ޖެއިޝަންކަރަށް ހޫނު މަރުހަބާއެއް އައްޑޫން ދެންނެވިއިރު މިއަދު ހަވީރުގެ ވަގުތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހުމަދު ވެސް ވަނީ އެ ރަށަށް ވަޑައިގެންފަ އެވެ.
އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. ޖައިޝަންކަރު ރާއްޖެއަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ- ފޮޓޯ: ފޮރިން މިނިސްޓްރީ
އެ ދަތުރުގައި އިންޑިއާގެ އެހީގައި ހަދާފައިވާ ޕޮލިސް އެކަޑަމީ ރަސްމީކޮށް ހުޅުވުން އޮންނާނެ އެވެ. އަދި ރައީސްގެ އަރިހަށް އިހުތިރާމުގެ ޒިޔާރާތެއް ކުރައްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.
Minister of External Affairs of #India ?? H.E. @DrSJaishankar arrives in Addu City, Maldives ?? on an Official Visit. EAM will call on President @ibusolih and hold bilateral talks with Minister @abdulla_shahid. EAM will also inaugurate key projects and the Police Academy. pic.twitter.com/qxju35LPy0
— Ministry of Foreign Affairs ?? (@MoFAmv) March 26, 2022
މިއީ ޑރ. ޖައިޝަންކަރު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރުގެ ހައިސިއްޔަތުން ރާއްޖެއަށް ކުރައްވާ ތިން ވަނަ ދަތުރެވެ. އަދި އައްޑުއަށް ކުރައްވާ ފުރަތަމަ ދަތުރެވެ. ޑރ ޖައިޝަންކަރު އެންމެ ފަހުން ރާއްޖެއަށް ވަޑައިގެންނެވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.
މިހާރު ކުރައްވަމުންގެންދަވާ ދަތުރު ނިންމަވާލައްވައި، އިންޑިއާގެ ފޮރިން މިނިސްޓަރު އެނބުރި ގައުމަށް ވަޑައިގަންނަވާނީ މާދަމާގެ ވަގުތެއްގަ އެވެ.
އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ހަދަނީ
އިންޑިއާއަށް އަޒީމާ، ސައުދީ އަށް ސަރީރު އައްޔަންކޮށްފި
ސަފީރުކަމަށް އަޒީމާ އައްޔަނުކުރަން މަޖިލީހުން ފާސްކޮށްފި
އިންޑިއާ ކޮންސިއުލޭޓެއް އައްޑޫގައި ހަދަން މަޝްވަރާކޮށްފި
"އަވައްޓެރި ގުޅުމުގެ ތެރެއިން ރާއްޖެއަށް އިސްކަންދެން"
ޖައިޝަންކަރު ދެއްކެވީ ދެ ގައުމުގެ ގުޅުމުގެ ވަރުގަދަކަން
އިންޑިއާގެ ޔޫޕީއައި ރާއްޖެއަށް ތައާރަފުކުރަނީ
ރާއްޖެ އާއި އިންޑިއާގެ ގުޅުން ދަމަހައްޓާނަން: ޒަމީރު
ޖައިޝަންކަރު ރާއްޖެ ވަޑައިގެންފި
އިންޑިއާއަށް ބަދުބަސް ބުނި މައްސަލަަ ތަކުރާރެއް ނުވާނެ