23 މާޗް 2022
ރަޝިޔާ އިން މީގެ މަސް ދުވަސް ކުރިން ޔޫކްރޭނާ ދެކޮޅަށް ފެށި ހަނގުރާމައިގައި، ރަޝިޔާ އަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުންދާ ބެލަރޫސް ވެސް ވަރަށް އަވަހަށް އެ ހަނގުރާމައިގައި އަމަލީ ގޮތުން ބައިވެރިވާން ފަށާނެ ކަމަށް ހުޅަނގުގެ ގައުމުތަކުން ބުނަން ފަށައިފި އެވެ.
ރަޝިޔާ އިން މީގެ މަސް ދުވަސް ކުރިން ޔޫކްރޭނާ ދެކޮޅަށް ފެށި ހަނގުރާމައިގައި، ރަޝިޔާ އަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުންދާ ބެލަރޫސް ވެސް ވަރަށް އަވަހަށް އެ ހަނގުރާމައިގައި އަމަލީ ގޮތުން ބައިވެރިވާން ފަށާނެ ކަމަށް ހުޅަނގުގެ ގައުމުތަކުން ބުނަން ފަށައިފި އެވެ.
އެމެރިކާ އާއި ނޭޓޯގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި ބެލަރޫސް މިހާރު ދަނީ، ހަނގުރާމައާ ދިމާލަށް ފިޔަވަޅު އަޅަމުންނެވެ. ބެލަރޫސްގެ އަމަލުތައް ހުރި ގޮތުން މިހާރު ފެންނަނީ އެފަދަ ނިޝާންތަކެއް ކަމަށް، ސީއެންއެން އަށް ދެއްވި އިންޓަވިއުއެއްގައި އެމެރިކާ އާއި ނޭޓޯގެ އޮފިޝަލުން ވިދާޅުވި އެވެ.
"ބެލަރޫސް ހަނގުރާމައިގެ ތެރެއަށް ވަންނާނެ ކަމަށް ވަރަށް ބޮޑަށް ބުރަވެވޭ. (ރަޝިޔާގެ ރައީސް ލަޑިމިއާ) ޕުޓިން އެ ހުންނެވީ އެހީތެރިކަމަށް ބޭނުންވެފައި. ހަނގުރާމައިގައި ކޮންމެ ގޮތަކަށް ޔޫކްރޭން ބައިވެރިވިޔަސް، އެއީ ރަޝިޔާ ސިފައިންނަށް ލިބޭ އެހީއަކަށް ވާނެ،" ނޭޓޯގެ އޮފިޝަލް ސީއެންއެންގައި ވިދާޅުވި އެވެ.
Analysts say Belarusian President Lukashenko’s forces may spearhead the Russian advance on western Ukrainian regions that have so far been relatively untouched by the hostilities ⤵ https://t.co/WbpLB6zzzj
— Al Jazeera English (@AJEnglish) March 22, 2022
ބެލަރޫސްގެ އިދިކޮޅު ފަރާތްތަކާ ހަވާލާދީ ސީއެންއެން އިން ބުނާ ގޮތުގައި އެ ގައުމުގެ ހަތިޔާރު އެޅި ލަޝްކަރު މިހާރު އޮތީ ހަނގުރާމައިގެ ހާލަތަކަށް ތައްޔާރުވެގެންނެވެ. އަދި ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ޔޫކްރޭން ހަނގުރާމައިގައި ބައިވެރިވުމަށް އެ ލަޝްކަރު ޔޫކްރޭންގެ ތެރެއަށް ވަންނާނެ އެވެ.
ނޭޓޯގެ އިސް އެހެން އޮފިޝަލަކު ވިދާޅުވި ގޮތުގައި ބެލަރޫސް ސަރުކާރުން މިހާރު މަސައްކަތް ކުރަނީ، ޔޫކްރޭނާ ދެކޮޅަށް ރަޝިޔާ ފަށާފައިވާ ހަނގުރާމައިގެ ތެރެއަށް ވަނުމަށްޓަކައި ދައްކާނެ ރަނގަޅު ބަހަނާއެއް ހޯދުމަށެވެ.
ފެބްރުއަރީ 24 ވަނަ ދުވަހުގެ ފަތިހު ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ފުރަތަމަ ހަމަލާތައް ތިން ސަރަހައްދަކުން ދިން އިރު، އޭގެ ތެރެއިން އެއް ސަރަހައްދަކި ބެލަރޫސް އެވެ. ހަނގުރާމަ ފެށުމުގެ ހަފުތާއެއްހާ ދުވަސް ކުރިން ރަޝިޔާގެ 30 ހާހަށް ވުރެ ގިނަ ސިފައިން ފުރިހަމަ ތައްޔާރީ ހާލަތުގައި ބެލަރޫސް އަށް ގޮސް، އެ ގައުމުގެ ސިފައިންނާ އެކުގައި އަސްކަރީ ތަމްރީންތަކެއް ބޭއްވި އެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު، ރަޝިޔާ ސިފައިންނާއި ބެލަރޫސް ސިފައިން ގުޅިގެން ބޭއްވި އަސްކަރީ ތަމްރީންތަކުގެ ތެރެއިން. --އޭއެފްޕީ
ތަމްރީންތައް ނިންމުމަށް ފަހު، ރަޝިޔާގެ ލަޝްކަރު ބެލްރޫސްގައި މަޑުކޮށްގެން އޮތުމަށް ފަހު، ދެން ފެނުނީ ޔޫކްރޭނަށް ހަމަލާ ދޭން ފެށި މަންޒަރެވެ. އަދި ޔޫކްރޭންގެ ވެރިރަށް ކިޔޭވް ހިފުމަށް ވެސް ދިޔައީ ބެލަރޫސްގެ ތެރޭގައި ތިބި ރަޝިޔާ ސިފައިންގެ ފައުޖުތަކެވެ.
ބެލަރޫސްގެ އެހީއާ އެކު ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށުމާ ގުޅިގެން، އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން ވަނީ ރަޝިޔާ އާއި ބެލަރޫސް ބައެއް ސިޔާސީ ބޭފުޅުންނަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައިފަ އެވެ. އޭގެ ތެރޭގައި ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އާއި ބެލަރޫސްގެ ރައީސް އަލެގްޒެންޑާ ލުކަޝެންކޯ ވެސް ހިމެނެ އެވެ.
ބެލަރޫސް އިން މިހާރު މަސައްކަތް ކުރަމުން އަންނަނީ، ރަޝިޔާ ސިފައިންނާއި ރަޝިޔާގެ ނިއުކްލިއާ ހަތިޔާރު ދާއިމީ ގޮތެއްގައި ބެލަރޫސްގައި ބެހެއްޓޭނެ ގޮތަށް، އެ ގައުމުގެ ގާނޫނުއަސާސީ ބަދަލުކުރުމަށެވެ. އެމެރިކާ އިން ބުނާ ގޮތުގައި ރަޝިޔާގެ ނިއުކްލިއާ ހަތިޔާރު، ބެލަރޫސް އަށް ބަދަލުކުރާ ކަމުގެ އެއްވެސް ނިޝާނެއް މިހާތަނަކަށް ނުފެނެ އެވެ.
ބެލަރޫސް އޮންނާނީ ރަޝިޔާއާ އެކުގައި
ޕުޓިންގެ އިންޒާރެއް، މިސައިލް ދޭ ނަމަ ހަމަލަދޭނެ
ޔޫކްރޭން ލައްވަ ރަޝިޔާއަށް ހަމަލާ ދޭން ނޭޓޯ ތައްޔާރުވި
ހަނގުރާމަ އަށް ވަދެފިއްޔާ ވިދުވަރެއްހެން ރައްދެއް ދޭނަން: ޕުޓިން
ތަމްރީންތައް ފުޅާކޮށްފިއްޔާ ބަދަލު ހިފާނަން: ރަޝިޔާ
ސުލްހައިގެ އުންމީދު އަދިވެސް އެބަ އޮތް: ޕުޓިން
މެއި މަހުގެ ތެރޭ ރަޝިޔާ އިން ކާމިޔާބު އިއުލާންކުރާނެ
ނޭޓޯއާ އިންޗިއަކަށް ވެސް ކައިރިނުވާތި: ބައިޑެން
ޕުޓިން އަށް ވެރިކަމަކު ނުހުންނެވޭނެ: ބައިޑެން
ބަޔޮލޮޖިކަލް ހަމަލާއެއް ދޭން ޕުޓިން އެބަ ވިސްނަވާ