20 މާޗް 2022
އަޑަށް ވުރެ 10 ގުނަ ބާރަށް ދަތުރުކުރުމުގެ ގާބިލްކަން ލިބިގެންވާ ކިންޒަލް ބެލިސްޓިކް މިސައިލް ބޭނުންކޮށްގެން އަނެއްކާ ވެސް ޔޫކްރޭނަށް ހަމަލާތަކެއް ދީފި ކަމަށް ރަޝިޔާގެ އަސްކަރިއްޔާ އިން މިއަދު ބުނެފި އެވެ.
އަޑަށް ވުރެ 10 ގުނަ ބާރަށް ދަތުރުކުރުމުގެ ގާބިލްކަން ލިބިގެންވާ ކިންޒަލް ބެލިސްޓިކް މިސައިލް ބޭނުންކޮށްގެން އަނެއްކާ ވެސް ޔޫކްރޭނަށް ހަމަލާތަކެއް ދީފި ކަމަށް ރަޝިޔާގެ އަސްކަރިއްޔާ އިން މިއަދު ބުނެފި އެވެ.
ރަޝިޔާގެ އަސްކަރިއްޔާ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މިފަހަރު ކިންޒަލް މިސައިލުން ހަމަލާ ދިނީ، ޔޫކްރޭންގެ ދެކުނު ސަރަހައްދުގައި ހުރި ތެޔޮ ގުދަންކުރާ ތަނަކަށެވެ. މިއަދުގެ ހަމަލާގައި ހަލާކުކޮށްލި، ތެޔޮ ގުދަންކުރާ ތަނަކީ، ޔޫކްރޭންގެ އަސްކަރީ އުޅަނދުތަކަށް ބޭނުންވާ ތެލާއި އެފަދަ އެހެން ބާވަތްތައް ރައްކާކުރާ، ވަރަށް ބޮޑު މަރުކަޒެއް ކަމަށް ވެސް ރަޝިޔާ އިން ބުނެ އެވެ.
▫️Destruction of a weapons depot of the Armed Forces of Ukraine by high-precision missile weapons strike. We can see the exact hit of an underground hangar with weapons and ammunition. pic.twitter.com/sKTF46Tdb0
— Минобороны России (@mod_russia) March 19, 2022
މިއަދުގެ މި ހަމަލާއާ ބެހޭ ގޮތުން ޔޫކްރޭންގެ ރަސްމީ އިދާރާއަކުން މިހާތަނަށް ވަކި އެއްޗެއް ނުބުނެ އެވެ. މި ހަމަލާގައި އެ މަރުކަޒު އެކުގައި ހަލާކުކޮށްލެވުނު ކަމަށް ބުންޏަސް، މި ހަމަލާގައި ޔޫކްރޭނަށް ލިބުނު ގެއްލުމުގެ ތަފްސީލެއް ރަޝިޔާ ސަރުކާރުން ހާމައެއް ނުކުރެ އެވެ. މީހަކު މަރުވި ކަމެއް ނުވަތަ ޒަހަމްވި ކަމެއް ވެސް ރަޝިޔާ އިން ނުބުނެ އެވެ.
ކިންޒަލް މިސައިލަކީ ރަޝިޔާގައި އަމިއްލަ އަށް ފަރުމާކޮށް އުފައްދާފައިވާ، އަޑަށް ވުރެ 10 ގުނަ ބާރަށް ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާ މިސައިލެކެވެ. ރަޝިޔާ އިން 2000ގެ އަހަރުތަކުގައި ތަރައްގީކުރަން ފެށި ކިންޒަލް މިސައިލް ފުރަތަމަ ބޭނުންކޮށްފައިވަނީ، ސީރިޔާގެ ދާހިލީ ހަނގުރާމައިގައި ރަޝިޔާ ސިފައިން ދިން މިސައިލް ހަމަލާތަކުގައި 2016 ވަނަ އަހަރުގެ ތެރޭގަ އެވެ.
ނަމަވެސް ރަޝިޔާގެ އަސްކަރިއްޔާގައި ބޭނުންކުރުމަށް ރަސްމީ ގޮތުން އެ މިސައިލް ނެރުނީ 2017 ވަނަ އަހަރުގެ ތެރޭގަ އެވެ. ކިންޒަލްގެ ނަމުގައި، އަޑަށް ވުރެ 10 ގުނަ ބާރަށް ދަތުރުކުރާ މިސައިލެއް އުފެއްދިކަން ރަޝިޔާގެ ރައީސް ލަޑިމިއާ ޕޫޓިން އިއުލާން ކުރެއްވީ 2018 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގަ އެވެ.
Briefing by Russian Defence Ministry (March. 20, 10 a.m.) ➡️ https://t.co/uOEg5ZRT8E pic.twitter.com/wwQHaYJBda
— Минобороны России (@mod_russia) March 20, 2022
ކިންޒަލް މިސައިލަކީ އަޑަށް ވުރެ 10 ގުނަ ބާރަށް ދަތުރުކޮށް، 2000 ކިލޯމީޓަރު (1250 މޭލު) ދުރުގައިވާ އަމާޒުތަކަށް ހަމަލާ ދެވޭ، އަދި އާދައިގެ ވޯހެޑާއި ނިއުކްލިއާ ވޯހެޑް އުފުލުމުގެ ގާބިލުކަން ލިބިގެންވާ މިސައިލެކެވެ.
ރަޝިޔާ ސިފައިން މިހާރު ޔޫކްރޭންގައި ކުރަމުންދާ ހަނގުރާމައިގައި، ފުރަތަމަ ފަހަރަށް ކިންޒަލް މިސައިލް ބޭނުންކުރީ އިއްޔެ އެވެ. ޔޫކްރޭނާއި ރޮމޭނިއާ ގުޅޭ ސަރަހައްދީ ރޮނގާ މާ ދުރު ނޫން ހިސާބެއްގައި ހުރި، އަސްކަރީ ބިންގަރާހެއް ހަލާކުކޮށްލުމަށް، ކިންޒަލް މިސައިލް ބޭނުންކޮށްގެން ދިން ހަމަލާ ވަރަށް ކާމިޔާބު ކަމަށް ރަޝިޔާގެ އަސްކަރިއްޔާ އިން ބުނެ އެވެ.
އިއްޔެ ދިން ކިންޒަލް މިސައިލްގެ ހަމަލާގައި ހަލާކުކޮށްލީ، ޔޫކްރޭންގެ އަސްކަރިއްޔާގައި ބޭނުންކުރާ މިސައިލްތަކަކާއި މަތިންދާބޯޓަށް ހަމަލާދޭން ބޭނުންކުރާ އުންޑަ ފަދަ ތަކެތި ރައްކާކޮށްފައި ހުރި ބިންގަރާސް ގުދަނެއް ކަމަށް ރަޝިޔާ އިން ބުނެ އެވެ.
ރަޝިޔާ ނެތިދާ ނަމަ، ނިއުކްލިއާ ހަތިޔާރު ބޭނުންކުރާނެ
ޕުޓިންގެ އިންޒާރެއް، މިސައިލް ދޭ ނަމަ ހަމަލަދޭނެ
ކޮންމެ ދުވަހަކު ޔޫކްރޭނުން 100 ސިފައިން މަރުވޭ
އެމެރިކާ އިން ޔޫކްރޭނަށް ދުރު ރާސްތާ މިސައިލް ފޮނުވަނީ
ރަޝިޔާ އަށް ފޯރާވަރުގެ މިސައިލެއް ނުދޭނަން: ބައިޑެން
ދުޝްމަނުން ދެފަހަރަށް ވިސްނަންޖެހޭނެ: ޕުޓިން
ޔޫކްރޭނަށް ހަތިޔާރު ނުދޭން ރަޝިޔާ އިން އިންޒާރުކޮށްފި
އަޑަށްވުރެ ބާރު މިސައިލެއް އެމެރިކާ އަޖުމަބަލައިފި
ދުނިޔޭގެ އެންމެ ހަލުވި މިސައިލް ޔޫކްރޭނަށް
ޔޫކްރޭންގައި އެމެރިކާ އާއި ރަޝިޔާގެ ހަނގުރާމައެއް!