20 މާޗް 2022
ޕްރިމިއާ ލީގު ހޯދަން ޗެލްސީ އަށް ހުރަހެއް އޮތް ނަމަ އެ ހުރަހަކީ މެންޗެސްޓާ ސިޓީން ތިން އަހަރު ވަންދެން ދަމަހައްޓަމުން އަންނަ ފޯމް ކަމަށް ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.
ޕްރިމިއާ ލީގު ހޯދަން ޗެލްސީ އަށް ހުރަހެއް އޮތް ނަމަ އެ ހުރަހަކީ މެންޗެސްޓާ ސިޓީން ތިން އަހަރު ވަންދެން ދަމަހައްޓަމުން އަންނަ ފޯމް ކަމަށް ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.
ޕްރިމިއާ ލީގުގައި ޗެލްސީ އެންމެ ފަހުން ކުޅުނު 13 މެޗުގެ ތެރެއިން 12 މެޗުން ވަނީ މޮޅުވެފަ އެވެ. އެކަމަކު ރަނގަޅު ފޯމެއްގައި ކުރިއަށް ދިޔަ ނަމަވެސް ޗެލްސީގެ ފޯމް، އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއާ އަޅާކިޔައިފި ނަމަ ޗެލްސީ ދަމަހައްޓަމުން އަންނަ ފޯމް ފަނޑުވާނެ ކަމަށް ޓުޗެލް ބުންޏެވެ.
ޗެލްސީ މި ވަގުތު އޮތީ ސީޓީ އަށް ވުރެ 11 ޕޮއިންޓް ފަހަތުގަ އެވެ. އެކަމަކު ޗެލްސީ އަތުގައި އިތުރު އެއް މެޗު އެބައޮތެވެ.
ދަނޑުން ބޭރުގައި ޗެލްސީ އަށް މިއީ އުނދަގޫ ދުވަސްވަރެކެވެ. އެ ޓީމުގެ ލީޑާޝިޕްގެ ބާރު ޕްރިމިއާ ލީގުން ވަނީ ކަނޑުވައިލައިފަ އެވެ. ކްލަބުގެ ވެރިޔާ ރޯމަން އަބްރޮމޮވިޗް ވަނީ އެ ކްލަބް ވިއްކާލަން އިއުލާންކޮށްފަ އެވެ. އެކަމަކު ދަނޑު މަތީގައި އެ ޓީމުގެ ނަތީޖާތައް ދަނީ ރަނގަޅަށެވެ. އެޓީމު އޮތީ ތާވަލުގެ ތިންވަނައިގަ އެވެ.
ޗެލްސީ ރަނގަޅު ފޯމެއްގައި އޮތް އިރު އެ ޓީމަށް މި ސީޒަންގެ ލީގު ހޯދިދާނެ ކަމަށް ގަބޫލު ކުރަންތޯ އެހުމުން ޓުޗެލް ބުނީ ޗެލްސީ އަށް އޮތް މައްސަލައަކީ ސިޓީން ގިނަ ދުވަސްތަކެއް ވަންދެން ރަނގަޅު ފޯމެއްގައި އޮތުން ކަމަށެވެ.
"އެ ޓީމު ގާތްގަނޑަކަށް ތިން އަހަރު މިވީ އެ ފޯމްގައި ދަމަހައްޓަމުން އަންނަތާ. އަހަންނަށް އެކަން އިހްސާސް ކުރެވެނީ އެެހެން. އަހަރެމެންގެ 13 މެޗާ އެ ޓީމުން ތިން އަހަރުވަންދެން ދަމަހައްޓަމުން އަންނަ ފެންވަރާ ނުބައްދަލު،" ލީގު ހޯދިދާނެތޯ ނޫސްވެރިޔަކު ސުވާލު ކުރުމުން ޓުޗެލް ބުންޏެވެ.
"އަހަރެމެން ޖެހޭނެ ތެދަށް ބުނަން. އެއްވެސް ކަމެއް ވުމުގެ ކުރިން ވަކި ގޮތަކަށް އަހަރެމެން ނިންމައިގެން ނުވާނެ. އަހަރެމެންނަށް ދެވެން އޮތް އެންމެ މައްޗަކަށް ދެވެންދެން އަހަރެމެން ވަރުގަދަ އަށް މަސައްކަތް ކުރާނަން. އަހަރެމެންނަށް ވުރެ ކުރީގައި އޮތް ދެ ޓީމު (ލިވަޕޫލާއި ސިޓީ) އެޑްވާންޓޭޖް ނެގީ އަހަރެމެން އުނދަގޫ ހާލަތެއްގައި އޮތް ވަގުތެއްގައި. އެ ދެ ޓީމު އޮތް މަގާމު އެ ދެ ޓީމަށް ހައްގު. އެއީ އެ ޓީމުތައް ކުރި މަސައްކަތުން އޮތް ހިސާބު. އަހަރެމެން މަސައްކަތް ކުރާނީ އަހަރެމެންނަށް ހޯދުނު އެންމެ ގިނަ ޕޮއިންޓްތައް ހޯދަން."
ސިޓީން ކުޅުނީ އެންމެ ހާފެއްގައި، ގާޑިއޯލާ ނުރުހިއްޖެ
ސިޓީ ބަލިކޮށް، ޗެލްސީ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފި
ޗެލްސީގައި އަނިޔާގެ މައްސަލައެއް ނެތް: ޓުޗެލް
ޗެލްސީ އަތުން ބަލިވެ، ސިޓީ އަށް އިތުރު އިންތިޒާރެއް
ސިޓީ ބަލިކޮށް، ޗެލްސީ ފައިނަލަށް
ސިޓީގައި އިތުރު އެއް އަހަރަށް ގާޑިއޯލާ މަޑުކުރާނެ
ގާޑިއޯލާއަށް ފަހުވެސް ސިޓީ ގޮތުގައި ކުރިއަށްދާނެ
ޗެލްސީގައި އެއް ކޯޗަކު ދެމިހުންނަން ޖެހޭ: މަރެސްކާ
ގާޑިއޯލާގެ އެންމެ ބޮޑު ވެއްޓުމާ ކުރިމަތިލާން ޖެހިއްޖެ
އިންގްލެންޑްގެ މަގާމަށް ދިއުމަކީ ވެދާނެކަމެއް: ގާޑިއޯލާ