Roadha Mihaaru
ޗެލްސީ އަތުން ބަލިވެ، ސިޓީ އަށް އިތުރު އިންތިޒާރެއް

ޗެލްސީ އަތުން ބަލިވެ، ސިޓީ އަށް އިތުރު އިންތިޒާރެއް

09 މެއި 2021

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޗެލްސީ އަތުން 2-1 އިން ބަލިވެ، ލީގު ޗެމްޕިއަންކަން ކަށަވަރުކުރުމަށް މެންޗެސްޓާ ސިޓީ އަށް އިތުރު އިންތިޒާރެއް ކުރަންޖެހިއްޖެ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޗެލްސީ އަތުން 2-1 އިން ބަލިވެ، ލީގު ޗެމްޕިއަންކަން ކަށަވަރުކުރުމަށް މެންޗެސްޓާ ސިޓީ އަށް އިތުރު އިންތިޒާރެއް ކުރަންޖެހިއްޖެ އެވެ.

ސިޓީގެ ދަނޑުގައި ކުޅުނު މެޗަށް ނިކުތްއިރު، ހަތް ވަނަ ފަހަރަށް ލީގު ޗެމްޕިއަންކަން ކަށަވަރުކުރުމަށް ސިޓީ އަށް ބޭނުންވެފައި އޮތީ ތިން ޕޮއިންޓެވެ. އެކަމަކު މިރޭގެ މެޗުން ބަލިވުމުން، އެ ޓީމަށް ވަނީ ލީގު ޗެމްޕިއަންކަން ކަށަވަރުކުރުމަށް އިތުރު އިންތިޒާރެއް ކުރަންޖެހިފަ އެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެނިކޮށް، ސިޓީ އަށް ލީޑު ހޯދައިދިނީ ރަހީމް ސްޓާލިންނެވެ. އޭގެ އިރުކޮޅެއް ފަހުނ ް ސިޓީ އަށް ލިބުނު ޕެނަލްޓީއަކުން، ސާޖިއޯ އަގުއޭރޯ އަށް އެ ޓީމުގެ ލީޑު ފުޅާކުރުމަށް ފުރުސަތު ލިބުނެވެ. އެކަމަކު އަގުއޭރޯ ފޮނުވާލި ޕެނަލްޓީ ޗެލްސީގެ ގޯލްކީޕަރު އެޑުއާޑް މެންޑީ ވަނީ ފަސޭހަކަމާއެކު ދިފާއުކޮށްފަ އެވެ.

މެޗުގެ 63 ވަނަ މިނިޓުގައި ޗެލްސީން މެޗުގެ ނަތީޖާ އެއްވަރުކުރީ ހަކީމް ޒިޔެކް ޖެހި ލަނޑުންނެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ވާދަކުރާ ދެ ކްލަބުގެ ކުރިމަތިލުން، ޗެލްސީ ކުރި ހޯދީ މެޗުގެ އިތުރު ވަގުތުގައި މާކޮސް އަލޮންސޯ ޖެހި ލަނޑުންނެވެ.

ލީގުގައި މިއަދު ޓޮޓެންހަމް ހޮޓްސްޕާ އަތުން ލީޑްސް މޮޅުވީ 3-1 އިންނެވެ. ޝެފީލްޑް ޔުނައިޓަޑް އަތުން ކްރިސްޓަލް ޕެލެސް މޮޅުވީ 2-0 އިންނެވެ. -- އޭއެފްޕީ