11 މާޗް 2022
ރާއްޖޭގައި ބޮޑު ފްރޯޑެއް ހިންގާ ކަމުގެ ތުހުމތުގައި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ "ކިންގްސް ފޮރެކްސް ޓްރޭޑިން" ގެ އެކައުންޓް ރޭ ފްރީޒް ކޮށްފި އެވެ.
ރާއްޖޭގައި ބޮޑު ފްރޯޑެއް ހިންގާ ކަމުގެ ތުހުމތުގައި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ "ކިންގްސް ފޮރެކްސް ޓްރޭޑިން" ގެ އެކައުންޓް ރޭ ފްރީޒް ކޮށްފި އެވެ.
އެކައުންޓް ފްރީޒް ކުރިކަން ހާމަކޮށް އެ ކުންފުނީގެ ޓެލެގްރާމް ގްރޫޕުގައި ނެރުނު ބަޔާނެއްގައި ބުނީ އެކަން ކުރި ވަކި ސަބަބެއް ބީއެމްއެލުން އަންގައިފައި ނުވާ ކަމަށެވެ. އެކައުންޓް ފްރީޒް ކުރި ނަމަވެސް މިއަދާ ހަމައަށް ދޭން ޖެހޭ ހުރިހާ ފައިސާއެއް ދީ ނިމިފައިވާ ކަމަށް ވެސް އެ ކުންފުނިން ރޭ ނެރުނު ބަޔާނުގައި ވަނީ ބުނެފަ އެވެ.
އެ ކުންފުނިން ވަނީ ބީއެމްއެލުން ކުއްލިއަކަށް އެޅި ފިޔަވަޅާ ގުޅިގެން ލިބޭ ގެއްލުމުގެ ސަބަބުން ބީއެމްއެލް އަށް ދައުވާކުރާނެ ކަމަށް ވެސް ބުނެފަ އެވެ.
ކިންގްސް ފޮރެކްސް އިން ކުރި ޓްވީޓެއްގައި ވަނީ އެމްއެމްއޭއިން ފްރޯޑުގެ ތުހުމަތު ކުރަނީ އެ ކުންފުންޏަށް ކަމަށް ވެސް ބުނެފަ އެވެ. އަދި ނުސީދާކޮށް އެ ކުންފުންޏާ ގުޅޭގޮތުން ނެރުނު ބަޔާނަކީ ކުންފުނީގެ އަގުވައްޓާލައި އިތުބާރު ގެއްލޭ ގޮތަށް ނެރުު ބަޔާނެއް ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓިން ނުސީދާކޮށް މިކުންފުންޏަށް އަމާޒުކޮށް މިކުންފުނިން ފްރޯޑެއް ހަދަމުންދާ ކަމަށް ދޭހަވާގޮތަށް ، މިކުންފުނި ބަދުނާމުވާގޮތަށް ބަޔާންނެރެ މިކުންފުނީގެ ގުޑްވިލް ހަލަކުކޮށްލާ، އަގުވައްޓާލާ އިތުބާރު ގެއްލޭ ގޮތަށް ނެރުނު އަންޕްރޮފެޝަނަލް ބަޔާން ކުށްވެރިކުރަން!
— ????’? ????? ? (@KingsForexTrade) March 10, 2022
އެމްއެމްއޭގެ ބަޔާނާ ގުޅިގެން ކިންގްސް ފޮރެކްސް ޓްރޭޑުން ކުރި ޓްވީޓް--
އެމްއެމްއޭއިން ރޭ ނެރުނު ބަޔާނުގައި ވަކި ކުންފުންޏެއް ހާމަނުކޮށް ބުނެފައިވަނީ ކުޑަ މުއްދަތެއްގައި ބޮޑު ފައިދާއެއް ހޯދައިދޭނެ ކަމަށްބުނެ މީހުންގެ އަތުން ފައިސާ ނަގައިގެން ރާއްޖޭގައި ބޮޑު ފްރޯޑެއް ހިންގަމުން އަންނަ ކަމަށެވެ. އެފަދަ ސްކީމްތަކަށް އިންވެސްޓް ނުކުރުމަށް ވެސް އެމްއެމްއޭއިން ވަނީ އެދިފަ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ ފްރޯޑް ސްކީމުގެ ދަށުން މިހާތަނަށް 30-50 މިލިއަނެއްހާ ރުފިޔާ ވަނީ ހޯދައިފަ އެވެ. އެހެންވެ، އެމްއެމްއޭގެ ސަމާލުކަމަށް އެކަން އައުމުން ވަގުތުން ފިޔަވަޅު އަޅަން ބޭންކުތަކަށް ވެސް އެންގި އެވެ.
އެމްއެމްއޭގެ އިތުރުން ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ވެސް ވަނީ ފްރޯޑުތައް ހިންގާތީ ސަމާލުވުމަށް އެދިފަ އެވެ.
ކިންގްސްގެ މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފި
ރިވިއު އިން ނިންމީ ކިންގްސްގެ ދައުވާ ކުރިއަށް ގެންދަން
އުޅުނީ ގަސްތުގައި މާލީ ނިޒާމް އިނދަޖައްސާލަން: ސައީދު
"މިއީ ލޯމަރާލާފައި ހަރަދު ކުޑަކުރަންވީ ވަގުތު"
"ގޮންޖެހުން ހުއްޓަސް ބީއެމްއެލްގެ މާލީހާލަތު ރަނގަޅު"
ބީއެމްއެލްގެ ކާޑު ލިމިޓަށް ގެނައި ބަދަލުތައް އުވާލައިފި
ސްކޭމްތަކާ ގުޅިގެން އިދާރާތައް އެސްއޯއީ ކޮމިޓީއަށް
"ބޭންކުތަކަށް މިއަހަރު ދޫކުރާ ޑޮލަރު އިތުރުވާނެ"
ޑޮލަރު ލިމިޓް ކުޑަކުރުމުގެ ނިންމުމެއް ނެތް: ފިނޭންސް
ފްލެޓް ދޭނެ ކަމަށް ބުނެ ނެގި ފައިސާ 7 އެކައުންޓަށް!