Roadha Mihaaru
ކިންގްސްގެ މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފި

އަލްހާންގެ ފަންޑުގެ މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފި

21 މާޗް 2022

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އިސްކޮށް ހުންނަވައިގެން ހިންގަވާ އިންވެސްޓްމަންޓު ފަންޑުގައި ޖިނާއީ ތަހުގީގެއް ކުރިއަށްގެންދަން ޖެހޭފަދަ ކަންތައްތަކެއް ފާހަގަކުރެވިފައިވާތީ އެކަން ތަހުގީގު ކުރަން ފުލުހުން ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އިސްކޮށް ހުންނަވައިގެން ހިންގަވާ އިންވެސްޓްމަންޓު ފަންޑުގައި ޖިނާއީ ތަހުގީގެއް ކުރިއަށްގެންދަން ޖެހޭފަދަ ކަންތައްތަކެއް ފާހަގަކުރެވިފައިވާތީ އެކަން ތަހުގީގު ކުރަން ފުލުހުން ފަށައިފި އެވެ.

އެއްވެސް ބައެއްގެ ނަމެއް ހާމަނުކޮށް ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ އަމިއްލަ ކުންފުންޏަކުން ގިނަ ބައެއްގެ މާލީ މަސްލަހަތަށް ބުރޫއަރާ ގޮތަށް ޕޮންޒީ ސްކީމަކާ އެއްގޮތްވާ ގޮތަށް މުއާމަލާތްތަކެއް ހިންގާ ކަމަށް ކަމާ ބެހޭ އިދާރާތަކުން ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ބެލި ބެލުމުން، ޖިނާއީ ތަހުގީގެއް ގެންދަން ޖެހޭފަދަ ކަންތައްތަކެއް ފާހަގަކުރެވިފައިވާތީ އެ ތަހުގީގު ކުރިއަށްގެންދާ ކަމަށް ބަޔާނުގައި ބުންޏެވެ.

ފުލުހުން ވަނީ ސްކީމްތަކުގައި އިންވެސްޓްކުރުމާއި އެ ބާވަތުގެ ކަންކަމާގުޅޭ ފަންނީ މައުލޫމާތާއި މާކެޓް ރިސްކުތަކަށް ފަރުވާތެރިވުމަށް އެދިފަ އެވެ.

"ކަމާބެހޭ ގާނޫނީ އޮނިގަނޑުތަކާ އެއްގޮތަށް ރަޖިސްޓްރީކުރެވި ލައިސަންސް ނުވަތަ އެކަށީގެންވާ ހުއްދަ އޮންނަ އިތުބާރުކުރެވޭ ފަރާތްތަކުގައި ނޫނީ ފައިސާ އިންވެސްޓު ނުކުރުމަށް ވެސް ދަންނަަވަމެވެ. އެހެން ނޫންނަމަ މިފަދަ ކަންކަމުގެ ސަބަބުން މާލީ ގެއްލުންތަކެއް ކުރިމަތިވެދާނެ ކަމުގަައިވެސް މި ފުރުސަތުގައި ދަންނަވަމެވެ،" ބަޔާނުގައި ވެ އެވެ.

"ކިންގްސް ފޮރެކްސް ޓްރޭޑިން" ގެ ނަމުގައި ހިންގާ ފަންޑުގައި ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުން ބީއެމްއެލް އިން ވަނީ އަލްހާންގެ ކުންފުނީގެ އެކައުންޓް ފްރީޒް ކޮށްފަ އެވެ.

އެމްއެމްއޭއިން މީގެ ކުރިން ބުނިގޮތުގައި ކިންގްސް ފޮރެކްސް ޓްރޭޑުން މިހާތަނަށް 30 މިލިއަނަށް ވުރެ ގިނަ ފައިސާ އެ ކުންފުނިން ދައުރުކޮށްފައިވެ އެވެ.

އެ ސްކީމުގައި ކުރީކޮޅު ފައިސާ ނަގާ މީހުންނަށް އަނބުރާ ފައިސާ ދެނީ އޭގެ ފަހުން ބައިވެރިވާ މީހުން ދޭ ފައިސާއިން ކަމަށްވާތީ އެފަދަ ސްކީމްތަކަކީ ދެމެހެއްޓޭނެ ސްކީމްތަކެއް ނޫން ކަމަށާއި އެ ސްކީމް ރޫޅޭއިރު، ބައިވެރިވި ގިނަ މީހުންނަށް ފައިސާ ވެސް އަނބުރާ ނުލިބޭނެ ކަމަށް އެމްއެމްއޭ އިން އެ ބަޔާނުގައި ބުނެފައި ވެ އެވެ.

ނަމަވެސް އެއީ ކޮން ބައެއްކަމެއް ނުބުނެ އެވެ.

އެކަމާ ގުޅިގެން ކިންގްސް އިން ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ކުންފުނީގެ ޗެއާމަން އަލްހާން ވިދާޅުވީ އޭގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ބަދަލު ހޯދަން ކުރާ ދައުވާ އަންނަ ހަފުތާގެ ތެރޭގައި ކޯޓަށް ހުށަހަޅުއްވާނެ ކަމަށެވެ. ބީއެމްއެލްއާ ދެކޮޅަށް ދައުވާ ކުރަނީ، އެ ކުންފުނީގެ އެކައުންޓްތައް ޑީއެކްޓިވޭޓް ކުރި މައްސަލައިގައި ލިބުނު ގެއްލުމަށް ބަދަލު ހޯދުމަށް ކަމަށް އަލްހާން ވިދާޅުވި އެވެ.