08 މާޗް 2022
އެމްޑަބްލިއުއެސްސީގެ ތާޒާ ފެން އުފައްދާ ފެކްޓްރީގެ އެއްވެސް ތާނގިއަކަށް ކާޅެއް އަދި އެހެން ދިރޭ އެއްޗެއް ވެސް ނުވެއްޓޭ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑަބްލިއުއެސްސީގެ ތާޒާ ފެން އުފައްދާ ފެކްޓްރީގެ އެއްވެސް ތާނގިއަކަށް ކާޅެއް އަދި އެހެން ދިރޭ އެއްޗެއް ވެސް ނުވެއްޓޭ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު މިއަދު ވިދާޅުވެއްޖެ އެވެ.
ތާޒާ ފެނުގައި ޖަރާސީމް ހުރިކަން ފާހަގަކުރެވިގެން ތާނގި ބެލި އިރު މަރުވެފައި އޮތް ކާޅެއް ފެނިފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަތައް ވަނީ ފެތުރިފަ އެވެ. ނަމަވެސް ތަހުގީގުން އެފަދަ އެއްވެސް އެއްޗެއް ފެނިފައި ނުވާ ކަމަށް ޝާހު ވިދާޅުވި އެވެ.
ތަހުގީގު ކުރިއަށްދާ ގޮތާ ގުޅޭ ގޮތުން ޝާހު ވިދާޅުވީ އެމްޑަބްލިއުއެސްސީގެ ފެން އުފައްދާ ފެކްޓްރީއަކީ އައިއެސްއޯ 9001:2015 ކޮލިޓީ މެނޭޖްމަންޓް ސިސްޓަމަށް އަމަލުކުރާ ތަނަކަށްވުމުން އެތަނުގައި ކުޑަ ހާދިސާއެއް ހިނގި ނަމވެސް ރިޕޯޓްކޮށް އެކަން ތަހުގީގުކުރާ ކަމަށެވެ. މިދިޔަ ހަފުތާގައި އުފެއްދި ފެނުގެ ބެޗަކުން ޖަރާސީމް ފެނުނު ސަބަބު ވެސް މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށާއި ސަބަބު ދެނެގަނެވޭނީ ތަހުގީގަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.
"ކޮންޓެމިނޭޝަންގެ ސަބަބު ހޯދަން މިހާރު ތަހުގީގުތައް ދަނީ ކުރިއަށް. އެކަމަކު އަޅުގަނޑު ޔަގީންކަމާ އެކު މި ބުނަނީ ކާޅެއް އަދި އެއްވެސް ދިރޭ އެއްޗެއް ފެކްޓްރީގެ ތާނގި ތެރެއިން ފެނިފައި ނުވޭ،" ޝާހު ވިދާޅުވި އެވެ.
ތާޒާ ފެނުގެ ބެޗަކުން ޖަރާސީމް ފެނިފައިވަނީ އެ ބެޗު އުފެއްދުމަށް ފަހު މާކެޓަށް ނެރުމުގެ ކުރިން ހަދަން ޖެހޭ ޓެސްޓުތަކެއް ހެދުމުގެ ތެރެއިންނެވެ. ޖަރާސީމް ހުރިކަން އެނގުމާއެކު އެ ބެޗް މާކެޓަށް ނުނެރެ ބަހައްޓާފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ.
އެ ކުންފުނިން ބުނީ ކޮންމެ ބެޗެއް އުފެއްދުމަށްފަހު ކޮލިޓީ ޗެކް ކޮށް ޓެސްޓުތައް ހަދަން 24 ގަޑިއިރު ވަންދެން އެތަކެތި ބާޒާރަށް ނުނެރެ ބަހައްޓާ ކަމަށެވެ. އެހެންވެ، ޖަރާސީމް ހުރި އެއްވެސް ފެނެއް ރައްޔިތުންނާ ހަމައަށް ގޮސްފައި ނުވާނެ ކަމުގެ ޔަގީން ކަން އެމްޑަބްލިއުއެސްސީން ދެ އެވެ.
"ތާޒާ ފެނުގައި ޖަރާސީމު ނެތްކަން ކަށަވަރުވެއްޖެ"
ޖަރާސީމު ހުރި ފެން މާކެޓަށް ނުނެރޭ: އެމްޑަބްލިއުއެސްސީ
ތާޒާއިން ބިއްލޫރި ފެންފުޅި އޮކްޓޫބަރު މަހު ނެރެނީ
ތާޒާ ފެނަށް އޯޑަރު ދޭން މޯބައިލް އެޕެއް
"ތާޒާ އަހަރަކަށް": އަހަރު ދުވަހަށް ފެން ހިލޭ
މާފުށީގެ ނަރުދަމާ ނިޒާމު އަޕްގްރޭޑްކުރުމުގެ މަސައްކަތް ފަށަނީ
"ޕަމްޕްތައް ރަނގަޅު، މައްސަލަައަކީ ޑިޒައިންކުރި ގޮތް"
އެމްޑަބްލިއުއެސްސީގެ މުވައްޒަފުންނާ ފްލެޓް ހަވާލުކޮށްފި
ސާފު ބޯފެން އުފައްދާ ނިޒާމެއް ގުޅިފަޅުގައި ހަދަނީ
ތާޒާ އިން ތިމާވެއްޓާ ރައްޓެހި އާ ޕްރޮޑަކްޓްތަކެއް