Roadha Mihaaru
ތާޒާ ފެނަށް އޯޑަރު ދޭން މޯބައިލް އެޕެއް

ތާޒާ ފެނަށް އޯޑަރު ދޭން މޯބައިލް އެޕެއް

21 ޖެނުއަރީ 2024

އައިލެންޑް ބެވެރަޖަސް މޯލްޑިވްސް(އައިބީއެމް) އިން ތާޒާ ފެނުގެ ޑެލިވަރީއަށް މޮބައިލް އެޕެއް ލޯންޗްކޮށްފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އައިލެންޑް ބެވެރަޖަސް މޯލްޑިވްސް(އައިބީއެމް) އިން ތާޒާ ފެނުގެ ޑެލިވަރީއަށް މޮބައިލް އެޕެއް ލޯންޗްކޮށްފި އެވެ.

އައިބީއެމް އިން ބުނި ގޮތުގައި މިއީ ތާޒާ ފެނަށް އޯޑަރުކުރުން ފަސޭހަކޮށް، ޑިޖިޓައިޒްކުރުމުގެ ގޮތުން ތައާރަފް ކުރި އެޕެއް ކަމަށެވެ. މި އެޕުން ތާޒާއަށް އޯޑަރު ދިނުމާއި، ފައިސާ ދެއްކުމާއި، ޑެލިވަރީ ޓްރެކްކުރުމުގެ ހިދުމަތް ލިބޭނެ އެވެ.

ތާޒާ އެޕް މެދުވެރިކޮށް ތާޒާގެ އެކި ސައިޒުގެ ފެން ފުޅި ގަނެވޭނެ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ތާޒާ އެޕް މެދުވެރިކޮށް ތާޒާގެ އެކި ސައިޒުގެ ފެން ފުޅި ގަނެވޭނެ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މި މޮބައިލް އެޕަށް ރަޖިސްޓްރީކުރުމަށް މޮބައިލް ނަމްބަރު ބޭނުންވާނެ އެވެ. ނަމްބަރު ރަޖިސްޓްރީކުރުމަށް ފަހު، މި އެޕުން އޯޑަރު ދެވޭނެ އެވެ. މި އެޕް މެދުވެރިކޮށް ކުރިން ދީފައިވާ އޯޑަރުތަކުގެ ތަފްސީލުތައް ވެސް ބެލޭނެ އެވެ.

ތާޒާ އެޕް ގޫގްލް ޕްލޭ ސްޓޯރުންނާއި އެޕް ސްޓޯރުން މިހާރު ޑައުންލޯޑްކުރެވޭނެ އެވެ.

އައިބީއެމްގެ ތާޒާ ޑެލިވަރީ އެޕް ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި ތާޒާގެ އޮފިޝަލް ވެބްސައިޓް ވެސް ވަނީ ލޯންޗުކޮށްފަ އެވެ. މި ވެބްސައިޓުގައި އައިބީއެމް އަދި ތާޒާ އާއި ގުޅޭ މައުލޫމާތުތައް ވަނީ ހިމަނައިފަ އެވެ.