02 ނޮވެމްބަރ 2023
ތާޒާ ކުންފުނީގެ ސޯޝަލް މީޑިއާ ގިވްއަވޭގައި ބައިވެރިވެގެން އެއް އަހަރު ދުވަހަށް ހިލޭ ފެން ކޭސް ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ތާޒާ ކުންފުނީގެ ސޯޝަލް މީޑިއާ ގިވްއަވޭގައި ބައިވެރިވެގެން އެއް އަހަރު ދުވަހަށް ހިލޭ ފެން ކޭސް ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ތާޒާ ފެން އުފައްދާ އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް (އައިބީއެމް) އިން ބުނީ، "ތާޒާ އަހަރަކަށް" ނަމުގައި ހިންގާ ގިވްއަވޭ ޕްރޮމޯޝަން އިއްޔެ އިން ފެށިގެން އަންނަ މަހުގެ 30ގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ.
މި ގިވްއަވޭގެ ޕްރޮމޯޝަންގައި އައިބީއެމްގެ ފޭސްބުކް ޕޭޖަށް ލައިކު ކުރުމަށް ފަހު ފޭސްބުކްގެ ތިން އެކުވެރިން ޕޯސްޓުގެ ކޮމެންޓްބައިގައި ޓެގް ކުރަން ޖެހޭނެ އެވެ. އަދި އައިބީއެމް އިން ފޭސްބުކްގައި ކޮށްފައިވާ ގިވްއަވޭ ޕަބްލިކްކޮށް ޕޯސްޓް ޝެއާ ކުރަން ޖެހޭނެ އެވެ.
"ތާޒާ އަހަރަކަށް" ގިވްއަވޭ ޕްރޮމޯޝަން
މި ގިވްއަވޭގައި ބައިވެރިވާ މީހުންގެ ތެރެއިން އެކަކަށް އަންނަ ޖެނުއަރީން ފެށިގެން އެއް އަހަރުވަންދެން ތާޒާގެ ފަސް ލީޓަރުގެ ފަސް ކޭސް ކޮންމެ މަހަކު ލިބޭނެ އެވެ. ފެން ކޭސް ހިލޭ ޑެލިވަރީ ވެސް ކޮށްދޭނެ އެވެ. ހޮވުނު ފަރާތް އިއުލާން ކުރާނީ އަންނަ މަހުގެ 31 ވަނަ ދުވަހެވެ.
ތާޒާއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފެން އުފައްދާ ކުންފުންޏެވެ. އެ ކުންފުނިން، މިދިޔަ އަހަރު ވަނީ ބިއްލޫރި ފުޅީގައި ވެސް ފެން ބަންދުކުރަން ފަށައިފަ އެވެ. އަދި 500 އެމްއެލް އާއި 1.5 ލީޓަރު އަދި 5 ލިޓަރުގެ ފެން ޕްލާސްޓިކް ފުޅީގައި ބަންދުކޮށް ބާޒާރަށް ނެރެ އެވެ.
އަނެއްކާ ވެސް ބޯ ފެން ލިބުން ތާށިވެއްޖެ
ފެން އުފައްދާ ނިޒާމެއް ކަނޑުއަޑީގައި ހަދަން ދިރާސާއެއް
ފެނުގެ ނެޓްވޯކް ގުޅާލާ ސްޓޭޝަންގެ މަސަައްކަތް ފަށައިފި
ތާޒާ ފެނަށް އޯޑަރު ދޭން މޯބައިލް އެޕެއް
ތާޒާ އިން ތިމާވެއްޓާ ރައްޓެހި އާ ޕްރޮޑަކްޓްތަކެއް
ހޫނުގަދަވެ ޑިމާންޑުބޮޑުވުމުން ފެން ވިއްކުން ލިމިޓްކޮށްފި
މާލޭގައި ފެން ރައްކާކުރާނެ އިތުރު ދެ ތާނގީ ބަހައްޓަނީ
މިވަރުން ޔަގީންކޮށް، އިސްކުރު ފެން ބޯން ފަށާ!
އިސްކުރު ފެން ބުއިމަށް ރައީސް ބާރު އަޅުއްވައިފި
ފެން ވައިރުކުރުމުގެ މިންގަނޑެއް އެކުލަވައިލަނީ