02 މެއި 2017
މާލޭގެ ވަރަށް ގިނަ ފިހާރަތަކުން އަނެއްކާ ވެސް މިނެރަލް ވޯޓާ ފެން ހުސްވެ ފެން ލިބުމުގައި ވަރަށް ބޮޑެތި ދަތިތައް ކުރިމަތިވެއްޖެ އެވެ.
މާލޭގެ ވަރަށް ގިނަ ފިހާރަތަކުން އަނެއްކާ ވެސް މިނެރަލް ވޯޓާ ފެން ހުސްވެ ފެން ލިބުމުގައި ވަރަށް ބޮޑެތި ދަތިތައް ކުރިމަތިވެއްޖެ އެވެ.
ބައެއް ފިހާރަތަކުން ބުނީ އެއްގޮތަކަށް ވެސް ފެން ނުލިބޭތާ ފަސް ދުވަހެއްވަރު ވެއްޖެ ކަމަށެވެ.
"ބުރާސްފަތި ދުވަހުން ފެށިގެން ފެނެއް ނުލިބޭ. [ކުންފުނިތަކުގެ] ފޯން ބިޒީ، ފޯނެއް ނުނަގާ،" ފިހާރައެއްގެ ސޭޓު ބުންޏެވެ.
މާލޭގައި އެންމެ ބޮޑު ތާއްޓެއް ކުރިމަތިވެފައި ވަނީ ފަސް ލިޓަރުގެ ފެން ފުޅި އަށެވެ. އެ ސައިޒްގެ ފެން ފިހާރަތަކަށް ސަޕްލައި ކޮށްދެނީ "ލައިފް" އާއި "ތާޒާ" ބްރޭންޑެވެ. މި ދެ ކުންފުނިން ވެސް ފޯނު ނުނަގާތީ، ފެން އުފެއްދުމުގައި ދިމާވެފައި ވަނީ ކޮން މައްސަލައެއް ކަމެއް ރަސްމީކޮށް ސާފެއް ނުވި އެވެ.
އެކަމަކު ތާޒާގެ އޯޑަރު ނަގާ ކައުންޓަރުން ބުނީ ފަސް ލީޓަރުގެ ފެނުގެ އޯޑަރުތައް އަންނަ ބުރާސްފަތި ދުވަހަށް ނަގަމުން އަންނަ ކަމަށާއި އެހެން އެއްވެސް ސައިޒެއްގެ ފެނެއް ލިބެން ނެތް ކަމަށެވެ.
ބައެއް ފިހާރަތަކުން ބުނި ގޮތުގައި ފަސް ލީޓަރުގެ އިތުރުން އެހެން ސައިޒްތަކުގެ ފެން ފުޅި ވެސް ލިބޭކަށް ނެތެވެ. އެއް ސޭޓަކު ބުނި ގޮތުގައި، އެއް ކުންފުންޏަކުން މާދަމާ އަށް އޯޑަރު ނެގުމަށް ފަހު އެ އޯޑަރު އެކި ލަސްކުރަމުން ލަސްކުރަމުން ގޮސް މިހާރު ހަ ދުވަސް ވެއްޖެ އެވެ.
"އަދިވެސް މި އުޅެނީ ފެންފޮދެއް ނުލިބިގެން. އަހަރެމެންގެ ފިހާރައިން އެއްވެސް ފެނެއް ނުވިއްކާތާ މިހާރު ހަފުތާއެއް މި ވަނީ،" އޭނާ ބުންޏެވެ.
އެންމެ ފަހުން ފުޅީގައި ފެން ބަންދުކުރަން ފެށި ސްޓެލްކޯ އިން ބުނީ އެ ކުންފުނީގެ ފެން ސްޓެލްކޯ އިން ދޫކުރަމުން ގެންދާ ކަމަށާއި އެކަމަކު އެއީ އޯޑަރަަކަށް 10 ކޭހުގެ މަގުން ކަމަށެވެ.
މާލޭގައި މިނެރަލް ވޯޓާ ލިބުން ދޭތެރެދޭތެރެ އިން ތާށިވެ އެވެ. އާންމުކޮށް އެހެން ދިމާވެފައި ހުރީ ފެން އުފައްދާ ކޮންމެވެސް އެއް ކުންފުންޏެއްގެ މެޝިނަކަށް މައްސަލައެއް ދިމާވެގެން، އެހެން ކުންފުނިތަކަށް ބާރު ބޮޑުވެގެންނެވެ.
ދެ ހަފުތާ ވީއިރު ވެސް ބޯފެން ލިބުން ދަތިވެފައި
"ތާޒާ އަހަރަކަށް": އަހަރު ދުވަހަށް ފެން ހިލޭ
ހޫނުގަދަވެ ޑިމާންޑުބޮޑުވުމުން ފެން ވިއްކުން ލިމިޓްކޮށްފި
އޯޑަރު ނެގުން މަޑުޖައްސާލުމުން ފެން ލިބުން ދަތިވެއްޖެ
ފެނުގެ ޑިމާންޑް ބޮޑު، ޕްލާންޓްތައް މަރާމާތުގައި
ވެރި ރަށް: ބެކަޕް ޕްލޭނެއް، ސިސްޓަމެެއް ނެތް؟
ފެން އުފައްދާ ނިޒާމެއް ކަނޑުއަޑީގައި ހަދަން ދިރާސާއެއް
ފެނުގެ ނެޓްވޯކް ގުޅާލާ ސްޓޭޝަންގެ މަސަައްކަތް ފަށައިފި
ފެނާއި ކަރަންޓު ބިލްގެ ޖޫރިމަނާ މާފު ކުރަން ނިންމައިފި
ތާޒާ އިން ތިމާވެއްޓާ ރައްޓެހި އާ ޕްރޮޑަކްޓްތަކެއް