08 މެއި 2017
ރާއްޖޭގައި މިހާރު އެންމެ ގިނަ ބަޔަކު ބޯން ބޭނުންކުރަނީ ފުޅީގައި ބަންދުކޮށްފައި ހުންނަ ފެނެވެ. ވަޅު ފެނާއި ވާރޭ ފެން ބުއިމަށް ބޭނުންކުރި ދުވަސް މާޒީވެއްޖެ އެވެ. މާލެ އާއި ބައެއް ރަށްރަށުގައި ކެއްކުމަށް ޑީސެލިނޭޝަން ޕްލާންޓުން އުފައްދާ ފެން ބޭނުންކުރި ނަމަވެސް އާއްމުކޮށް ބޯން ބޭނުންކުރަނީ ފުޅީގައި ބަންދުކުރި ފެނެ އެވެ. އެހެންވެ ފުޅީގައި ބަންދުކުރާ ފެނުގެ ޑިމާންޑް އިންތިހާއަށް ބޮޑެވެ.
ރާއްޖޭގައި މިހާރު އެންމެ ގިނަ ބަޔަކު ބޯން ބޭނުންކުރަނީ ފުޅީގައި ބަންދުކޮށްފައި ހުންނަ ފެނެވެ. ވަޅު ފެނާއި ވާރޭ ފެން ބުއިމަށް ބޭނުންކުރި ދުވަސް މާޒީވެއްޖެ އެވެ. މާލެ އާއި ބައެއް ރަށްރަށުގައި ކެއްކުމަށް ޑީސެލިނޭޝަން ޕްލާންޓުން އުފައްދާ ފެން ބޭނުންކުރި ނަމަވެސް އާއްމުކޮށް ބޯން ބޭނުންކުރަނީ ފުޅީގައި ބަންދުކުރި ފެނެ އެވެ. އެހެންވެ ފުޅީގައި ބަންދުކުރާ ފެނުގެ ޑިމާންޑް އިންތިހާއަށް ބޮޑެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފުޅީގައި ފެން ބަންދުކޮށް، ވިއްކަނީ އެމްޑަބްލިއުއެސްސީ ހިއްސާވާ އައިލެންޑް ބެވަރޭޖަސް އާއި މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީ އާއި ހެޕީ މާކެޓް އެންޑް ޓްރޭޑިން އެވެ. އެ ތިން ކުންފުނީގެ އިތުރުން ތިން ކުންފުންޏަކުން ފުޅީގައި ފެން ބަންދުކުރެ އެވެ. ނަމަވެސް އެތަންތަނުން މުޅި ރާއްޖެއަށް ފެން ސަޕްލައިއެއް ނުކޮށްދެ އެވެ. އެހެންވެ އެންމެ ފުޅާ ދާއިރާއެއްގައި ފެން އުފައްދާ ކުންފުންޏެއްގެ ޕްލާންޓަށް ކިތަންމެ ކުޑަ މައްސަލައެއް ޖެހުނަސް ޑިމާންޑް އިތުރަށް ބޮޑުވެ، ފެނުގެ އަގު ވެސް އުފުލެވެ.
ސްޓެކްލޯ އިން ބަންދުކުރާ ފެން ފުޅިތަކެއް: ފެނުގެ ޑީމާންޑް މިދުވަސްވަރު ވަރަށް ބޮޑު.
މިއީ އެކަހަލަ ދުވަސްވަރެކެވެ. ފެން ލިބުން ދަތިވުމާ އެކު ބައެއް ފިހާރަތަކުން ވިއްކުން ވެސް ވަނީ ކޮންޓްރޯލް ކޮށްފަ އެވެ. ބައެއް ސަރަހައްދުތަކުގެ ފިހާރަކުން ފެން ފުޅި ނުވިއްކާތީ، ހޮޓާތަކުން ފެން ގަންނަ މީހުން އެބަ އުޅެ އެވެ.
ފުޅީގައި ބަންދުކުރި ފެން ނުލިބިގެން މާލޭގެ ބައެއް ގެތަކުން ސަޕްލައި ފެން ކައްކައިގެން ވެސް ބޭނުންކުރެ އެވެ.
މާލޭގައި ފުޅާ ދާއިރާއެއްގައި ރީޓެއިލް ވިޔަފާކުރާ ރެޑްވޭވް ފިހާރައިން ވާހަކަދެއްކެވި އޮފިޝަލަކު ވިދާޅުވީ ހޫނު ދުވަސްވަރާ ދިމާކޮށް ފެނުގެ ޑިމާންޑް ވަރަށް ބޮޑުވެފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ކޭސް ކޭހުން ނުވިއްކަން. އެއީ މިތަނުގައި ފެން ކޭސްތައް ބަހައްޓާނެ ޖާގަ ނެތުމުން. އެކަމަކު ކަސްޓަމަރުން ބޭނުން ވަރަކަށް ވަކިވަކިން ފުޅި ލިބެންހުންނާނެ،" އެ އޮފިޝަލް ވިދާޅުވި އެވެ.
އެ ފިހާރައިން ބުނީ އެތަނަށް ދުވާލަކަށް 70 ކޭސް ފެން ސަޕްލައިކުރާ ކަމަށެވެ. އަދި އެ މިންވަރަށް ކޮންމެ ދުވަހަކު ފެން ފުޅި ވިކި ހުސްވާ ކަމަށް ވެސް ރެޑްވޭވުން ބުންޏެވެ.
ފެނުގެ ޑިމާންޑް އިންތިހާއަށް ބޮޑުވި ދުވަސްވަރު ބައެއް ކުންފުނިތަކުން ފެން ޑެލިވަރީކޮށްދޭ އަގު ބޮޑުކޮށްފައިވާ ކަމަށް ބުނެ ބައެއް ފިހާރަތަކުން ވަނީ ފެނުގެ އަގު ބޮޑުކޮށްފަ އެވެ. ބައެއް ފިހާރަތަކުން ކޭހަކުން ގާތްގަނޑަކަށް ދިހަ ރުފިޔާ ބޮޑުކުރި އެވެ.
ހެންވޭރުގައި ހުރި ފިހާރަކުން ވާހަކަދެއްކި މީހަކު ބުނީ ކުރިން ކޮންމެ ދުވަހަކު އެކި ސައިޒުގެ 20 ކޭސް ފެން ގެންނަ ކަމަށެވެ. ނަމަވެސް މިހާރު އެއްގޮތަކަށް ނުލިބޭތާ ހަފުތާއެއްހާ ދުވަސް ވެއްޖެ ކަމަށް އެ ފިހާރައިން ބުންޏެވެ.
"ފެން ވިއްކާ ކުންފުނީގެ ޑެލިވަރީ ނަންބަރަށް ކިތަންމެ ވަރަކަށް ގުޅިޔަސް ފޯނެއް ނުނަގާ. އަޅުގަނޑުމެންގެ ކަސްޓަމަރުން ވަރަށް ބޮޑަށް ޝަކުވާކުރޭ ފެން ނުލިބޭތީ. އެކަމަކު އަޅުގަނޑުމެން ކީއްތޯ ކުރާނީ. މިތަނުން މިހާރު ފެން ވިއްކަނީ އޯޑަރު ދޭ ބަޔަކަށް އެކަނި،" އެ ފިހާރައިން ވާހަކަ ދެއްކި މީހާ ބުންޏެވެ.
މިފަހަރު ފެނުގެ މައްސަލަ މިހާ ބޮޑަށް ދިމާވީ ބައެއް ޕްލާންޓްތަކަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ. އެގޮތުން ލައިފްގެ އިތުރުން ބޮނަކުއާ ފެން އުފައްދާ ޕްލާންޓަށް ވެސް މައްސަލަތަކެއް ދިމާވި ކަމަށް އެނގިފައިވެ އެވެ. އެ ކުންފުނިތަކުން މިހާރު އަންނަނީ މައްސަލަ ހައްލުކޮށް ކުރީގެ އުފެއްދުންތެރިކަމާ އެއްވަރަށް ފެން ބަންދުކުރަން ތައްޔާރުވަމުންނެވެ.
ފުޅީގައި ބަންދުކުރި ފެން ކޭސްތަކެއް މާލެއަށް ބޭލުމަށް ފަހު ބަޔަކު ގެންދަނީ
ލައިފް ފެން އުފައްދާ ހެޕީ މާކެޓުން އިއްޔެ ބުނެފައި ވަނީ އެ ކުންފުނީގެ ޕްލާންޓަށް ދިމާވި މައްސަލަ ހައްލުކުރަން ހަފުތާއެއްހާ ދުވަސް ނަގާނެ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ ހަފުތާއެއްގެ ތެރޭގައި އެ މައްސަލަ ހައްލުކޮށް، ކުރިއާ އެއްގޮތަށް ފެން އުފައްދަން ފަށާނަން،" ހެޕީ މާކެޓްގެ ޖެނެރަލް އަލީ އިހްސާން ވިދާޅުވި އެވެ.
"ތާޒާ" ފެން ވިއްކާ އައިލެންޑް ބެވަރޭޖަަސްގެ މެޖޯރިޓީ ހިއްސާ އޮންނަ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވީ މިދުވަސްވަރު ފެނު ޑިމާންޑް އިންތިހާއަށް ބޮޑުވުމުން އެ ކުންފުނިން 24 ގަޑިއިރު މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
ހޫނު ދުވަސްވަރާ ދިމާވުމުން ފެނު ޑިމާންޑް އިންތިހާއަށް ބޮޑު. އެހާ ޑިމާންޑް ބޮޑުވެފައި ވަނިކޮށް އެހެން ކުންފުންޏެއް ޕްލާންޓަކަށް މައްސަލަ ދިމާވީ. އެއާ އެކު އަޅުގަނޑުމެން މަސައްކަތްކުރީ މެކްސިމަމް ކެޕޭސިޓީގައި އުފައްދަން --ފަޒުލް
"ހޫނު ދުވަސްވަރާ ދިމާވުމުން ފެނުގެ ޑިމާންޑް އިންތިހާއަށް ބޮޑު. އެހާ ޑިމާންޑް ބޮޑުވެފައި ވަނިކޮށް އެހެން ކުންފުންޏެއް ޕްލާންޓަކަށް މައްސަލަ ދިމާވީ. އެއާއެކު އަޅުގަނޑުމެން މަސައްކަތްކުރީ މެކްސިމަމް ކެޕޭސިޓީގައި އުފައްދަން،" ފަޒުލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހޫނު މޫސުމާ ދިމާކޮށް ފެނުގެ ޑިމާންޑް ބޮޑުވަމުން އުފައްދާ މިންވަރު އިތުރުކޮށް، ހުޅުމާލެއިން ފެން ގެންނަ މިންވަރު ވެސް އިތުކޮށްފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މިބަލަނީ އަންނަ ހަފުތާގެ ތެރޭގައި މި މައްސަލަ ހައްލުވާނެ ކަމަށް. ފެން އުފައްދާ ބޮޑު ތިން ކުންފުނި މި އުޅެނީ. އެއިން ކުންފުންޏެއްގެ ޕްލާންޓަކަށް މައްސަލައެއް ދިމާވެެއްޖެ ނަމަ އޭގެ އަސަރު އެހެން ހުރިހާ ކުންފުނިތަކަށް ކުރާނެ،" ފަޒުލް ވިދާޅުވި އެވެ.
ރާއްޖޭގައި ފުޅީގައި ފެން ބަންދުކުރަން ފެށުމުގެ ކުރިން ބައެއް ވިޔަފާރިވެރިން ބޭރުން ފެން އެތެރެކޮށްގެން ވިއްކަމުންގެންދިޔަ އެވެ. ނަމަވެސް ރާއްޖޭގައި އުފައްދާ ފެނުގެ ކޮލިޓީ ރަނގަޅުވެ، އަގު ވެސް ހެޔޮވުމާ ގުޅިގެން ބޭރުން އެތެރެކުރުން ހުއްޓާލި އެވެ. އެކަމަކު އަދިވެސް އަގު ބޮޑު ބައެއް ބްރޭންޑްތަކުގެ ފެން ރިސޯޓްތަކުން އެތެރެކުރަމުންގެންދެ އެވެ.
ހޫނުގަދަވެ ޑިމާންޑުބޮޑުވުމުން ފެން ވިއްކުން ލިމިޓްކޮށްފި
ދެ ހަފުތާ ވީއިރު ވެސް ބޯފެން ލިބުން ދަތިވެފައި
އަނެއްކާ ވެސް ބޯ ފެން ލިބުން ތާށިވެއްޖެ
"ތާޒާ އަހަރަކަށް": އަހަރު ދުވަހަށް ފެން ހިލޭ
އޯޑަރު ނެގުން މަޑުޖައްސާލުމުން ފެން ލިބުން ދަތިވެއްޖެ
ބޮޑު އަގުގައި ފެން ނުވިއްކުމަށް ސަރުކާރުން ގޮވާލައިފި
މާލެއިން ބޯފެން ލިބުން ދަތިވެއްޖެ!
ފަސް ލީޓަރުގެ ފެން ފުޅި ލިބުން ދަތިވެއްޖެ
ފެން އުފައްދާ ނިޒާމެއް ކަނޑުއަޑީގައި ހަދަން ދިރާސާއެއް
ފެނުގެ ނެޓްވޯކް ގުޅާލާ ސްޓޭޝަންގެ މަސަައްކަތް ފަށައިފި