Roadha Mihaaru
ޖަރާސީމު ހުރި ފެން މާކެޓަށް ނުނެރޭ: އެމްޑަބްލިއުއެސްސީ

ޖަރާސީމު ހުރި ފެން މާކެޓަކަށް ނުނެރޭ: އެމްޑަބްލިއުއެސްސީ

07 މާޗް 2022

މިދިޔަ ހަފުތާގައި އެމްޑަބްލިއުއެސްސީން އުފެއްދި ފެނުގެ ބެޗެއްގައި ޖަރާސީމު ހުރިކަން ފާހަގަ ކުރެވުނަސް އެ ފެނެއް މާކެޓަށް ނެރެފައި ނުވާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު މިރޭ ވިދާޅުވެއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

މިދިޔަ ހަފުތާގައި އެމްޑަބްލިއުއެސްސީން އުފެއްދި ފެނުގެ ބެޗެއްގައި ޖަރާސީމު ހުރިކަން ފާހަގަ ކުރެވުނަސް އެ ފެނެއް މާކެޓަށް ނެރެފައި ނުވާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު މިރޭ ވިދާޅުވެއްޖެ އެވެ.

މަރުވެފައި އޮތް ކާޅެއް އެމްޑަބްލިއުއެސްސީގެ ތާނގިއަކުން ފެނިފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވާހަކަތަކާ ގުޅިގެން "މިހާރު" އިން ސުވާލު ކުރުމުން އޭނާ ވިދާޅުވީ، "ތާޒާ" ގެ ކޮންމެ ބެޗެއް އުފެއްދުމަށް ފަހު 24 ގަޑިއިރު ވަންދެން މާކެޓަށް ނުނެރެ ބަހައްޓާ ކަމަށެވެ. އެއީ ޓެސްޓު ހަދައި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރާ ކަމެއް ކަމަށް ޝާހު ވިދާޅުވި އެވެ.

"މިދިޔަ ހަފުތާގައި އެފަދަ ޝައްކު ކުރެވޭ ކަމެއް ފެނިގެން އަޅުގަނޑުމެން އެ ބެޗް މާކެޓަށް ނުނެރެން. ކޮންމެ ބެޗެއްވެސް މާކެޓަށް ނެރުމުގެ ކުރިން ޓެސްޓް ހަދާއިރު، އަޅުގަނޑު ޔަގީންކަން އަރުވަން ނަޖިސް ހުރި ފެނެއް ކަސްޓަމަރުންނާ ހަމައަށް ނުފޯރާނެ ކަން،" ޝާހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، ފެނުން ނަޖިސް ފެނުމުން ކުރަންޖެހޭ ތަހުގީގުތައް މިހާރު އަންނަނީ ކުރަމުންނެވެ. ނަމަވެސް މަރުވެފައި އޮތް ކާޅެއް އެމްޑަބްލިއުއެސްސީގެ ތާނގިއަކުން ފެނުނު ކަމުގެ ޔަގީންކަމެއް ޝާހު ނުދެއްވަ އެވެ.