03 މާޗް 2022
ރާއްޖޭގައި ދަރިމައިވާ ރޭޓް އަދިވެސް އަންނަނީ ދަށްވަމުން ކަމަށް އެންމެ ފަހުން ހެލްތު މިނިސްޓްރީން ހާމަކުރި ތަފާސް ހިސާބުން ދައްކައިފި އެވެ.
ރާއްޖޭގައި ދަރިމައިވާ ރޭޓް އަދިވެސް އަންނަނީ ދަށްވަމުން ކަމަށް އެންމެ ފަހުން ހެލްތު މިނިސްޓްރީން ހާމަކުރި ތަފާސް ހިސާބުން ދައްކައިފި އެވެ.
އެ މިނިސްޓްރީން މިދިޔަ އާދިއްތަ ދުވަހު ނެރުނު ސިއްހީ ދާއިރާގެ ތަފާސްހިސާބު ރިޕޯޓުގައިވާ ގޮތުން، 2009 ވަނަ އަހަރު ރާއްޖޭގައި ދަރިމައިވާ ރޭޓް ހުރީ 2.5 ގަ އެވެ. އެކަމަކު 2017 ވަނަ އަހަރު މި ރޭޓް ހުރީ 2.1 ގަ އެވެ.
ރަށްރަށުގައި އެ ރޭޓް 2.8 ގައި ހުރި އިރު މާލެ ސަރަހައްދުގައި ރޭޓް ހުރީ 2.1 ގަ އެވެ.
ޕާޓިލިޓީ ރޭޓަކީ އާބާދީގެ ކޮންމެ 1،000 މީހަކަށް އުފަންވާ، ދިރިހުރި ކުދިންގެ އަދަދެވެ. ގައުމެއްގެ އާބާދީ އެކަށީގެންވާ މިންވަރެއްގައި ދެމެހެއްޓުމަށް އެންމެ ދަށްވެގެން 2.1 ގައި ހުންނަންޖެހޭ ކަމަށް ބައެއް ހޯދުންތަކުގައި ބުނެފައިވެ އެވެ. އެއީ ހިޖުރަކުރާ މީހުންގެ އަދަދުތައް ނުހިމަނަ އެވެ.
ރަށްތަކާއި މާލޭގެ މި ރޭޓް ވަކިން ބަލާއިރު މާލޭގައި މި ރޭޓް ހުރީ 1.8 ގަ އެވެ. ރަށްރަށުގައި ހުރީ 2.5 އަށް ދަށްވެފަ އެވެ.
އަންހެނަކު، ކުޑަ ދެ ކުއްޖަކާއެކު ހިނގާފައި ދަނީ.- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
އެކަމަކު 2020 ވަނަ އަހަރު ރަށްރަށުގައި ޖެނެރަލް ފާޓިލިޓީ ރޭޓް އިތުރުވެ، މާލޭގައި އެ ރޭޓް ވަނީ ދަށްވެފަ އެވެ. އޭގެ ސަބަބެއް ކަމަށް ބަލަނީ، ކޮވިޑް-19 ގެ ސަބަބުން ދަތުރުކުރުމުގައި އޭރު އަޅާފައި ހުރި ފިޔަވަޅުތަކުގެ ސަބަބުން މާލެ ސަރަހައްދުގައި ވިހޭ މީހުން މަދުވުމެވެ.
ދެހާސްވިހި ވަނަ އެ އަހަރު ރާއްޖޭގައި އަލަށް 6،215 ކުދިން އުފަންވި އެވެ. މި ކުދިންގެ މައިންގެ އެވްރެޖް އުމުރަކީ، ތަފާސްހިސާބުން އެނގޭ ގޮތުގައި 29 އަހަރެވެ.
ދަރިން ލިބޭ އުމުރުގެ މީހުންގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބަލަނީ 15-49 އަހަރާ ދެމެދުގެ މީހުންނެވެ.
އައިޖީއެމްއެޗްގައި މި އަހަރު އައިވީއެފް ހަދަން ފަށަނީ
އައިވީއެފަށް އާސަންދަ ދޭ އުސޫލު މި މަހު ފައިނަލްކުރަނީ
އުނގޫފާރު ހޮސްޕިޓަލުގައި ވެލްވުމަން ކްލިނިކް ހުޅުވައިފި
ދަރިން ނުލިބެނީ ކީއްވެ؟ ފަރުވާއަކީ ކޮބާ؟
ރާއްޖެ އިން އުންމީދު: އައިވީއެފްގެ ފަހު މަރުހަލާ!
ދަރިން ނުލިބުން: އަހަރެމެން މިތިބީ ފުން ކަނޑެއްގައި!
ދަރިމައިވުމުގެ ފަރުވާއަށް އާސަންދަ ދިނުމަށް ގަރާރެއް
އައިވީއެފް ފެށުމުގެ ހުއްދައަށް ޓްރީޓޮޕުން އެދިއްޖެ
ރާއްޖޭގައި ވިހެއުން މަދުވެ ސިޒޭރިއަން އިތުރުވަނީ!
"ދަރިމައިވުމުގެ ފަރުވާއަށް އެހީދެވޭނެ ގޮތްތައް ބަލަން"