01 މާޗް 2022
މިދިޔަ ބުރާސްފަތި ދުވަހުގެ ފަތިހުން ފެށިގެން ޔޫކްރޭނާ ދެކޮޅަށް ރަޝިޔާ ސިފައިން ކުރަމުންދާ ހަނގުރާމަ ހުއްޓުވުމަށް ކަނޑައަޅާ ޝަރުތުތައް، ރަޝިޔާ އިން ޔޫކްރޭނާ އިއްޔެ ހިއްސާކޮށްފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ފަތިހުން ފެށިގެން ޔޫކްރޭނާ ދެކޮޅަށް ރަޝިޔާ ސިފައިން ކުރަމުންދާ ހަނގުރާމަ ހުއްޓުވުމަށް ކަނޑައަޅާ ޝަރުތުތައް، ރަޝިޔާ އިން ޔޫކްރޭނާ އިއްޔެ ހިއްސާކޮށްފި އެވެ.
މި ޝަރުތުތައް ރަޝިޔާ އިން ޔޫކްރޭނާ ހިއްސާ ކުރީ، ހަނގުރާމަ ހުއްޓުމާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ދެ ގައުމުން އައްޔަންކުރި ދެ ވަފްދުގެ މެމްބަރުން، ބެލަރޫސްގައި އިއްޔެ ބޭއްވި މަޝްވަރާ ބައްދަލުވުމުގަ އެވެ. މި މަޝްވަރާތަކާ ގުޅޭ ގޮތުން ޔޫކްރޭނުން ބުނީ، އެ ގައުމުން ބޭނުންވާ އެއްވެސް ނަތީޖާއެއް، އެ މަޝްވަރާތަކުން ހާސިލް ނުކުރެވުނު ކަމަށެވެ.
ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވީ ރަޝިޔާގެ ވަފުދާ އެކުގައި ބޭއްވީ އުނދަގޫ މަޝްވަރާތަކެއް ކަމަށެވެ. އަދި ރަޝިޔާ ސަރުކާރު ބޮޑަށް ބުރަވަނީ ހަނގުރާމަކުރުމަށް ކަމަށާއި ސުލްހަވެރި ގޮތުގައި ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރުމުގެ ބަދަލުގައި ރަޝިޔާ އިސްކަން ދެނީ ހަމަލާ ދޭން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިހާރު ކުރިއަށް ދާ ހަނގުރާމަ ހުއްޓައިލުމާ ގުޅޭ ގޮތުން ރަޝިޔާ އިން ހުށަހެޅި ފުރަތަމަ ޝަރުތަކީ، 2014 ވަނަ އަހަރު ރަޝިޔާ އިން ހިފާފައިވާ ޔޫކްރޭންގެ ދެކުނު ސަރަހައްދު، ކްރީމިއާއަކީ ރަޝިޔާގެ ބިމެއް ކަމަށް ޔޫކްރޭނުން ވެސް އަދި ހުޅަނގުގެ ގައުމުތަކުން ވެސް އިއުތިރާފް ވުމެވެ. ދެ ވަނަ ޝަރުތަކީ، ޔޫކްރޭނުގައި (ރަޝިޔާގެ ސަލާމަތަށް ނުރައްކާވާ ގޮތަށް) ހިންގާ އަސްކަރީ އެންމެހައި ހަރަކާތްތަކާއި ނާޒީ ހަރަކާތްތައް ހުއްޓައިލުމެވެ.
މީގެ އިތުރުން ރަޝިޔާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ޔޫކްރޭން ވަކި ފަރާތަކަށް ނުޖެހޭނެ ކަމުގެ ޔަގީންކަން ދިނުމަކީ ވެސް ރަޝިޔާގެ ޝަރުތެކެވެ. ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އިއްޔެ ވަނީ ފަރަންސޭސި ރައީސް އިމަނުއެލް މެކްރޯންއާ އެކުގައި ފޯނުން ކުރެއްވި މަޝްވަރާތަކުގައި ވެސް މިޝަރުތުތައް މެކްރޯން އަށް ދަންނަވައިފަ އެވެ.
ބެލަރޫސްގައި ރަޝިޔާ އާއި ޔޫކްރޭނުން އިއްޔެ ބޭއްވި މަޝްވަރާތައް މެދުކަނޑައިލީ، ހަނގުރާމަ ހުއްޓުމާ ބެހޭ ވާހަކަތައް އިތުރަށް ކުރިއަށް ގެންދިއުމަށް ދެ ފަރާތުން ވެސް އެއްބަސްވެގެންނެވެ. އެނިންމުމާ އެއްގޮތަށް ދެން ބާއްވާ މަޝްވަރާތައް ވަރަށް އަވަހަށް ފެށޭނެ ކަމުގެ އިޝާރާތެއް ރަޝިޔާ އިން ވަނީ ދީފަ އެވެ.
މަޝްވަރާތަކުގައި ބައިވެރިވާ ރަޝިޔާ ވަފްދުގެ ވެރިޔާ ވްލަޑިމީރް މެޑިންސްކީ ވިދާޅުވި ގޮތުގައި ހަނގުރާމަ ހުއްޓުމާ ބެހޭ ގޮތުން ރަޝިޔާ އާއި ޔޫކްރޭނުން ބާއްވާ ދެ ވަނަ ބުރުގެ ވާހަކަތައް އޮންނާނީ ބެލަރޫސް އާއި ޕޮލެންޑް ގުޅޭ ސަރަހައްދީ ރޮނގު ކައިރީގަ އެވެ. ނަމަވެސް އެ ބައްދަލުވުން ބާއްވާނެ ވަކި ދުވަހަކާއި ވަގުތެއް ދެ ގައުމުން ކުރެ ގައުމަކުން އަދި ހާމައެއް ނުކުރެ އެވެ.
ޔޫކްރޭންގައި ރަޝިޔާ އަށް ކާމިޔާބެއް ނުވާނެ: ބައިޑެން
ބައިޑެން ޔޫކްރޭނަށް ކުރެއްވި ސިއްރު ދަތުރު
ރަޝިޔާގެ ރޮކެޓް ހަމަލާތަކެއް ޔޫކްރޭންގެ ހުޅަނގަށް
ޔޫރަޕްގެ ވެރިންތަކެއް ކިޔޭވް އަށް
ޕޮލެންޑުގެ ބޯޓުތައް ޔޫކްރޭނަށް ފޮނުވަން އެމެރިކާ ދެކޮޅު
ޔޫކްރޭންގެ ހަނގުރާމައިގެ ޖަރީމާތައް ތަހުގީގު ކުރަނީ
އެމެރިކާ ފޭރިގަތް އީރާންގެ ވަޒަންތައް ޔޫކްރޭނަށް
ޗައިނާގެ ދިފާއީ ވަޒީރު ރަޝިޔާ އާއި ބެލަރޫސް އަށް
ރަޝިޔާގެ ބޮޑު ތެޔޮ ޓޭންކަރެއް ގޮއްވާލައިފި
ކްރައިމިއާ އަށް ހަމަލާ ދިނުމަކީ ހަނގުރާމައަށް ވަނުން