26 ފެބުރުއަރީ 2022
ކްލަބް ގްރީން ސްޓްރީޓްސްގެ މައްޗަށް1-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ޔުނައިޓެޑް ވިކްޓަރީން ދިވެހި ޕްރިމިއާ ލީގުގެ މޮޅުވުމުގެ ރޭހުގައި ހަމަޖެހިލައިފި އެވެ.
ކްލަބް ގްރީން ސްޓްރީޓްސްގެ މައްޗަށް1-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ޔުނައިޓެޑް ވިކްޓަރީން ދިވެހި ޕްރިމިއާ ލީގުގެ މޮޅުވުމުގެ ރޭހުގައި ހަމަޖެހިލައިފި އެވެ.
މިއީ ޔޫވީން ވިދިވިދިގެން މޮޅުވި ދެވަނަ މެޗެވެ. މިދިޔަ ހަފުތާގައި ގްރާންޑޭ ސްޕޯޓްސް ކްލަބް އަތުން ޔޫވީ މޮޅުވި އެވެ. މިރޭގެ މެޗާ ގްރީން ކުރިމަތިލީ ވެލެންސިއާގެ އަތުން ހޯދި އުނދަގޫ މޮޅާއެކު ލިބުނު އިތުބާރާއެކު އެވެ. އެކަމަކު މޮޅުވުުމުގެ ޓްރެކް ކުރިއަކަށް ނުގެންދެވުނެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ޔޫވީގެ ލަނޑު މެޗުގެ 49 ވަނަ މިނެޓްގައި ޖެހީ އީވާން ކެރަސް އެވެ. އެ ލަނޑު ޖެހަން ފުރުސަތު ފަހިވުމުގައި އަނަޓޮލީ ވެލިސިޗޭވް ދިން ހިތްގައިމު ޕާސް ފާހަގަ ކުރެވެ އެވެ. ގްރީންގެ ހާފުގެ ތެރެއިން އަނަޓޮލީ ދިން ތުރޫ ބޯޅަ ފޮނުވައިލީ ގްރީންގެ ޑިފެންސްގެ ތެރެއިންނެވެ. ރަނގަޅަށް ޑިފެންސް އެތުރިފައި ނެޔުމުން އެބޯޅަ ހޯދުމުގައި ގްރީންގެ ޑިފެންސަށް ކާމިޔާބެއް ނުހޯދުނެވެ.
ގްރީން އާއި ޔުނައިޓެޑް ވިކްޓަރީ މިރޭ ކުޅުނު މެޗުގައި: މިއީ މި ސީޒަންގައި ވިދިވިދިގެން ދެ މެޗުން ޔޫވީ މޮޅުވި ފުރަތަމަ ފަހަރު --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އޭރިއާގެ ތެރެއަށް ވަދެ އީވާން އެބޯޅަ ފޮނުވައިލީ ގްރީންގެ ކީޕަރު ސާގިބް ހަނީފް ހުރި ފަޅި އަށެވެ. ގޯލްގެ މަތީ ކަނަށް އަމާޒުކޮށް ފޮނުވައިލުމުން އެބޯޅަ ހޯދުމުގައި ކީޕަރު ސާގިބް ހަނީފް އަކަށް މާބޮޑު ކަމެއް ނުކުރެވުނެވެ.
ދިވެހި ޕްރިމިއާ ލީގަށް ހާއްސަކޮށް ޓީމަށް އިތުރު ކުރި ބިދޭސީ ކުޅުންތެރިންނާއެކު ޔޫވީ ފެންނަނީ ވަރުގަދަކޮށެވެ. ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ އެ ޓީމު ވެސް ވަނީ ހަ ޕޮއިންޓް ހޯދައިފަ އެވެ.
ބިދޭސީ ހަ ކުޅުންތެރިންނަށް ޖާގަ ދޭން ވިސްނަނީ
ކްލަބްތަކުން ކުރި މަސައްކަތް އަގުވަޒަނެއް ނުކުރެވޭ
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު
ލީގުން ވަކިވިކަން ގްރީންއިން ރަސްމީކޮށް އަންގައިފި
ދިވެހި ލީގު އަލުން ފަށައި، އީގަލްސް އަށް ބޮޑު މޮޅެއް
ލީގު މެދުކަނޑާލިތާ 79 ދުވަސް ފަހުން މާދަމާ ފަށަނީ
ޔޫތު މިނިސްޓްރީން ކްލަބްތަކުގެ މެދުގައި ތަފާތު ކުރަނީ
ގޯތީގެ ގުރަށްފަހު ގަލޮޅު ދަނޑުގައި އަލުން ލީގު ފަށަނީ
ޔޫވީ ބަލިކޮށް ގްރީން ސްޓްރީޓްސް އަށް ހިތްވަރެއް
ޔޫވީ ބަލިކޮށް ވެލެންސިއާ އަށް ތިން ވަނަ