25 ފެބުރުއަރީ 2022
ހޮލީވުޑްގެ އެންމެ އޭ-ލިސްޓެޑް ތަރިންގެ ތެރޭގައި ހިމެނޭ ޖެނިފާ ލޯރެންސް އަށް ފުރަތަމަ ދަރިފުޅު ލިބިއްޖެ އެވެ.
ހޮލީވުޑްގެ އެންމެ އޭ-ލިސްޓެޑް ތަރިންގެ ތެރޭގައި ހިމެނޭ ޖެނިފާ ލޯރެންސް އަށް ފުރަތަމަ ދަރިފުޅު ލިބިއްޖެ އެވެ.
ޖެނިފާ އާއި އޭނާގެ ފިރިމީހާ ކުކް މަރޯނީ އަށް ކުއްޖަކު ލިބިފައިވާ ކަން ވަނީ ޖެނިފާގެ ޕީއާރު ޓީމުން ކަށަވަރު ކޮށްދީފަ އެވެ. ނަމަވެސް އެކަމާ ގު ޅޭގޮތުން އިތުރު އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެ އެވެ. ލިބުނީ ކޮން ކަހަލަ ކުއްޖެއް ކަމެއް ވެސް އަދި ނޭނގެ އެވެ.
އެ ދެ މީހުން ފުރަތަމަ ދަރިފުޅަށް މަރުހަބާ ކިޔަން ތައްޔާރުވާ ކަން އެނގުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.
އެ މީހުންނަށް ކުއްޖަކު ލިބުނުއިރު، ކައިވެންޏަށް މިހާރު ދެ އަހަރު ވެއްޖެ އެވެ. ރޯޑް އައިލެންޑުގައި ބޭއްވި ހާއްސަ ހަފުލާއެއްގައި ޖެނިފާ އާއި ކުކް ކައިވެނިކޮށްފައި ވަނީ 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އެވެ.
ޖެނިފާ އާއި ކުކް ދިމާވީ 2018 ވަނަ އަހަރުގެ ތެރޭގަ އެވެ. ކުކްއާ ޖެނިފާ ދިމާވީ އޭނާގެ އެންމެ ގާތް އެކުވެރިޔާ ލޯރާ ސިމްޕްސަން ހަމަޖެއްސި ޑޭޓަކަށް ގޮސް ދިމާވެގެންނެވެ. އެހާ ހިސާބުން ދެމީހުން ރައްޓެހިވެ، އަށް މަސް ފަހުން ޖެނިފާއާ ކައިވެނިކުރަން ކުކް ހުށަހެޅި އެވެ.
ޖެނިފާއަށް ލިބުނީ ފިރިހެން ކުއްޖެއްކަން ބުނެވިއްޖެ
ބަތަލާ ޖެނިފާ ލޮރެންސް މަޔަކަށް ވަނީ
އެންޑްރޫ އާއި ޝްރައްދާގެ ބައްދަލުވުމަށް ލޯބި
މާގޯ ރޮބީއަށް ކުއްޖަކު ލިބިއްޖެ
ޓޮމް އާއި ޒެންޑަޔާ އަންނަ އަހަރު ކައިވެނިކުރަނީ
ބްރެޑް އާއި އެންޖެލީނާ ދިމާނުވާނެ ގޮތް ހަދައިފި
ޕީޓް ނަފުސާނީ ފަރުވާ ހޯދަނީ
ހެއިލީ އާއި ޖަސްޓިން ވަރިވާން އުޅޭ ވާހަކަ ދޮގުކޮށްފި
ގްލެން ޕަވަލް ޑިގްރީއަށް ކިޔަވަން ފަށައިފި
ނޯޓްބުކްގެ އެކްޓަރު ޖީނާ އަލްޒައިމާ ބަލީގައި