Roadha Mihaaru
ބަތަލާ ޖެނިފާ ލޮރެންސް މަޔަކަށް ވަނީ

ބަތަލާ ޖެނިފާ ލޮރެންސް މަޔަކަށް ވަނީ

10 ސެޕްޓެމްބަރ 2021

ދެހާސް ނަވާރައިގައި ކައިވެނިކުރި ހޮލީވުޑްގެ މަޝްހޫރު ބަތަލާ ޖެނިފާ ލޮރެންސް މިހާރު އިނީ އަލަތު ދަރިފުޅަށް ބަލިވެކަމަށް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދެހާސް ނަވާރައިގައި ކައިވެނިކުރި ހޮލީވުޑްގެ މަޝްހޫރު ބަތަލާ ޖެނިފާ ލޮރެންސް މިހާރު އިނީ އަލަތު ދަރިފުޅަށް ބަލިވެކަމަށް ބުނެފި އެވެ.

ދެހާސް ބާާރައިގެ "ސިލްވަ ލައިނިންސް ޕްލޭބުކް" ކުޅެގެން އެންމެ މޮޅު ބަތަލާގެ އޮސްކާ އެވޯޑް ވެސް ހާސިލުކުރި 31 އަހަރުގެ ބަތަލާ އާއި ކުކް މެރޮނީ ކައިވެނިކުރީ 2019 ގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.

"ހަންގަ ގޭމްސް" ފަދަ ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ހުނަރުވެރި ބަތަލާ ބަލިވެއިންކަން އޭނާގެ ތަރުޖަމާނު ވެސް މީޑިއާތަކަށް ކަށަވަރުކޮށް ދީފައިވެ އެވެ. އޭނާ ބުނީ ކުއްޖަކު ލިބެން އުޅޭތީ ލޮރެންސާއި މެރޮނީ އާއި ދެ ފަރާތުގެ އާއިލާ ވެސް މިހާރު ތިބީ ވަރަށް އުފަލުން ކަމަށެވެ.

ލޮރެންސްގެ ކުރިއަށް އޮތް ފިލްމަކީ "ޓައިޓޭނިކް" ގެ ބަތަލު ލިއޮނާޑޯ ޑި ކެޕްރިއޯއާ އެކު ކުޅެފައިވާ ސައިންސް ފިކްޝަން ޑާކް ކޮމެޑީ "ޑޯންޓް ލުކް އަޕް" އެވެ. އެ ފިލްމު ޑިސެމްބަރު 10 ގައި ރިލީޒްކޮށް، އެ މަހުގެ 24 ގައި ނެޓްފްލިކްސް އިން ޕްރީމިއާކުރާނެ އެވެ.

ލޮރެންސް އެންމެ ފަހުން ފެނިފައި ވަނީ 2019 ގެ ސުޕަހީރޯ ފިލްމު "ޑާކް ފީނިކްސް" އިންނެވެ. އޭނާގެ ކުރިއަށް ހުރި އިތުރު ފިލްމުތަކުގެ ތެރޭގައި ޝޫޓިން ނިންމާލައި މިހާރު ޕޯސްޓް-ޕްރޮޑަކްޝަނުގައި އޮތް "ރެޑް، ވައިޓް އެންޑް ވޯޓަ" ހިމެނެ އެވެ.