22 ފެބުރުއަރީ 2022
މާލެއިން ލޯންޗު ފެރީތައް ފުރާ ސަރަހައްދު ބަދަލުކުރުމުން، ޓްރެފިކް ތޮއްޖެހުމުގެ މައްސަލަ އިތުރަށް ބޮޑުވެފައި ވާތީ، ކުރިން އޮތް ގޮތަށް އެމްއެމްއޭ ކުރިމަތިން ލޯންޗު ފެރީތައް ލަފާފުރާ ގޮތަށް ހަމަޖައްސައިފި އެވެ.
މާލެއިން ލޯންޗު ފެރީތައް ފުރާ ސަރަހައްދު ބަދަލުކުރުމުން، ޓްރެފިކް ތޮއްޖެހުމުގެ މައްސަލަ އިތުރަށް ބޮޑުވެފައި ވާތީ، ކުރިން އޮތް ގޮތަށް އެމްއެމްއޭ ކުރިމަތިން ލޯންޗު ފެރީތައް ލަފާފުރާ ގޮތަށް ހަމަޖައްސައިފި އެވެ.
މާލޭ ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް މަރިޔަމް ޝިއުނާ މިއަދު "މިހާރު" އަށް ވިދާޅުވީ، ލޯންޗު ފެރީތައް ފުރާ ސަރަހައްދަށް ފަހުން ގެނައި ބަދަލު އުވާލައި، ކުރިން އޮތް ގޮތަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި އެ ބަދަލު ގެންނަން ޖެހުނީ އެމްއެމްއޭ ސަރަހައްދަށް ބާރު ބޮޑުވާތީ ކަމަށް ވިޔަސް، އެ ބަދަލާ އެކު ކުރިއަށް ވުރެ ވެސް ބާރުބޮޑުވިކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
"އަލަށް ގެނައި ބަދަލުގެ ސަބަބުން ޓްރެފިކް ޖޭމްވުން ކުރިއަށް ވުރެ ވެސް އިތުރުވާކަން ފާހަގަކުރެވުމުން ކުރިން އޮތް ގޮތަށް ބަދަލު ކުރީ،" އޭނާ ވިދާޅުވި އެވެ.
އެމްއެމްއޭ ކުރިމަތިން ރަށްރަށަށް ފުރާ ލޯންޗު ފެރީތަކުގެ ސަބަބުން އެ ސަރަހައްދުގެ ޓްރެފިކް ތޮއްޖެހޭ މައްސަލަ ހައްލުކުރުމުގެ ގޮތުން ސިޓީ ކައުންސިލުން އެ އުޅަނދުތަކަށް ނަސަންދުރާ ކުރިމަތީ ޖެޓީ ހަމަޖެއްސި ނަމަވެސް އެތަން ބޭނުންނުކޮށް ބަނދަރުގެ އެކި ސަރަހައްދުތަކަށް ކައިރިކުރަން ފެށުމުން ޓްރެފިކްގެ މައްސަލަ އިތުރަށް ބޮޑުވި އެވެ.
ފެބްރުއަރީ 13، 2022: ހަވީރު ލޯންޗު ފެރީތައް ފުރާ ގަޑީގައި، ބޮޑުތަކުރުފާނު މަގުގައި ފޮރިން މިނިސްޓްރީ ކުރިމަތީ ޓްރެފިކް ތޮއްޖެހިފައި.-- ފައިލް ފޮޓޯ: ފަޔާޒް މޫސާ / މިހާރު
ލޯންޗުތަކަށް ނަސަންދުރާ ކުރިމަތީ ޖެޓީ ހަމަޖެއްސި ނަމަވެސް ލޯންޗުތައް ގާތްކުރީ ބޭންކް އޮފް ސިލޯން ކުރިމަތިން ފެށިގެން މަސްވެރިންގެ ޕާކާ ދެމެދުގައި އޮންނަ ޖެޓީއަށެވެ. ނަސަންދުރަ ކުރިމައްޗަށް އެއްވެސް ލޯންޗެއް ނުދެ އެވެ.
ނަސަންދުރަ ކުރިމަތީ ޖޭޓީ ބޭނުން ނުކޮށް ލޯންޗުތައް ގާތްކުރާ ބޭންކް އޮފް ސިލޯން ކައިރިއަކީ ވަރަށް ގިނަ އޮފީސްތައް ވެސް ހުންނަ ހިސާބަކަށް ވުމުން، އޮފީސްތައް ނިމޭ ގަޑި އާއި ފެރީތައް ފުރާ ގަޑި ދިމާވުމުން އެ މަގުގައި ޓްރެފިކަށް ވަރަށް ބާރު ބޮޑުވި އެވެ.
ސިޓީ ކައުންސިލުން ކުރިން ބުނި ގޮތުގައި އެ ބަދަލު ގެންނަން ނިންމީ ވަރަށް ބޮޑަށް ދިރާސާކުރުމަށް ފަހު، ނަސަންދުރަ ކުރިމަތިން ލޯންޗު ފެރީތައް ފުރާ ގޮތަށް ހަމަޖެއްސުމުން ދަތުރުވެރިންނަށް ވެސް ވަރަށް ބޮޑު ލުޔަކަށް ވާނެ ކަމަށް ބެލެވިގެންނެވެ.
އެމްއެމްއޭ ކުރިމަތިން ލޯންޗު ފެރީތައް ފުރުން ކުރިން މަނާކުރީ އެއީ ބާރާޒުމަތި ސަރަހައްދަށް ވުމުން އެ ސަރަހައްދުގައި ކޮންމެ ދުވަހަކު ވެސް ޓްރެފިކް ބާރުބޮޑުވެ، އާންމުންނަށް އުނދަގޫތަކާ ކުރިމަތިވަމުން ދާތީ އެ މައްސަލަ ހައްލުކުރަން ކަމަށް ބުނެ އެވެ.
ލޯންޗް ފެރީތައް އެތަންމިތަނަށް، ޓްރެފިކް ތޮއްޖެހިއްޖެ
ވެހިކަލްގެ މުއްދަތާބެހޭ ދިރާސާ ހަދަން އައިޔޫއެމްއަށް
އަމީނީ މަގުގައި 335 ސައިކަލުގެ ޕާކިން ޒޯނެއް
ފަނޑިޔާރުމަގުގައި ދެން ދުއްވޭނީ އެއްކޮޅަށް
އީދުގެ ފުރަތަމަ ދެދުވަހު ހަވީރު ވެހިކަލް ދުއްވުން މަނާ
ރަށްރަށުގެ ލޯންޗު ފެރީތައް ނަސަންދުރާ ކުރިމަތި ޖެޓީއަށް
ބިއްލޫރިޖެހިގޭގެ ޕާކިން ޒޯނު ބޭނުންކުރަން ފަށައިފި
ކަނބާއައިސާރަނިހިނގުމުގައި ދެން ދުއްވޭނީ އެއްކޮޅަށް
ހެންވޭރުގައި 120 ޖާގައިގެ ޕާކިން ޒޯނެއް ހަދައިފި
ޕާކިން ޒޯނުތައް ކުއްޔަށް ދޫކުރުން މަޑުޖައްސާލައިފި