Roadha Mihaaru
ފަނޑިޔާރުމަގުގައި ދެން ދުއްވޭނީ އެއްކޮޅަށް

ފަނޑިޔާރުމަގުގައި ދެން ދުއްވޭނީ އެއްކޮޅަށް

09 އޯގަސްޓް 2022

އެއްކޮޅަށް ދުއްވޭ ގޮތަށް ހަދައި، ފަނޑިޔާރު މަގު ހިމެނޭ ސަރަހައްދުގެ ޓްރެފިކަށް ބަދަލު ގެނެސްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އެއްކޮޅަށް ދުއްވޭ ގޮތަށް ހަދައި، ފަނޑިޔާރު މަގު ހިމެނޭ ސަރަހައްދުގެ ޓްރެފިކަށް ބަދަލު ގެނެސްފި އެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ ފަނޑިޔާރުމަގުގައި މިހާރު އެއްގަމު އުޅަނދު ދުއްވުމަށް ހަމަޖެހިފައިވާ އުސޫލަށް ބަދަލު ގެނައުމަށް ނިންމާފައިވުމާ އެކު، އިއްޔެ އިން ފެށިގެން އެ މަގުގައި އުތުރުން ދެކުނަށް އެއްކޮޅަށް ދުއްވޭގޮތަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

"ވީމާ، އެއްގަމު އުޅަނދު ދުއްވާ އެންމެހާ ފަރާތްތަކުގެ ސަމާލުކަމަށްޓަކައި މިކަން އާންމުކޮށް އަންގާ އިއުލާން ކުރީމެވެ،" އެ އިއުލާނުގައި ބުންޏެވެ.

ފަނޑިޔާރުމަގުގެ ވަކި ހިސާބަކަށް ކުރިން އޮތީ ދެކޮޅަށް ދުއްވޭ ގޮތަށެވެ. މީގެ ކުރިން ވެސް އެކި ފަހަރު މަތިން އެ މަގުގައި އެއްކޮށް އަދި ދެކޮޅަށް ދުއްވޭ ގޮތަށް ޓްރެފިކަށް ބަދަލު ގެނެސްފައިވެ އެވެ.

މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމަށް މާލޭގެ ޓްރެފިކަށާއި ޕާކިން އަށް ބައެއް ބަދަލުތައް ގެނައުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން އަންނަނީ ކުރަމުންނެވެ.