Roadha Mihaaru
އަޖުމަބަލަން ހެދި ރޭމްޕް މަތީގައި ވެސް ޕާކްކުރަނީ!

އަޖުމަބަލަން ހެދި ރޭމްޕް މަތީގައި ވެސް ޕާކްކުރަނީ! ޑިޒައިން ބަދަލުކުރަން ނިންމައިފި

14 ޖެނުއަރީ 2019

ދުވާރުން މަގަށް ނުކުމެވޭ ގޮތަށް ސިޓީ ކައުންސިލުން ހެދި ފުރަތަމަ ރޭމްޕް މަތީގައި ވެސް ސައިކަލް ޕާކްކުރަން ފެށުމުން އޭގެ ޑިޒައިނަށް ބަދަލު ގެންނަން ނިންމައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ދުވާރުން މަގަށް ނުކުމެވޭ ގޮތަށް ސިޓީ ކައުންސިލުން ހެދި ފުރަތަމަ ރޭމްޕް މަތީގައި ވެސް ސައިކަލް ޕާކްކުރަން ފެށުމުން އޭގެ ޑިޒައިނަށް ބަދަލު ގެންނަން ނިންމައިފި އެވެ.

ދުވާރުން މަގުމައްޗަށް އަދި މަގުމަތިން ދުވާރަށް އަރާނެ ތަނެއް ނޯންނަ ގޮތަށް މާލޭގައި ވެހިކަލްތައް ޕާކްކުރުން ވަނީ އާންމުވެފަ އެވެ. އެހެންކަމުން ބައެއް ގޭގެއަށާއި ފިހާރަތަކަށް ވަދެނުކުމެވޭ ގޮތަށް، އެ މީހުން އަމިއްލައަށް މަގުމަތީގައި ލަކުޑި ޕެލެޓް ބަހައްޓަ އެވެ.

އެކަން ހުއްޓުވުމުގެ ގޮތުން މާލޭ ސިޓީ ކައުންސިލުން ނިންމީ މަގުގެ އެކި ހިސާބުތަކުގައި ސިމެންތިން ރޭމްޕް ހަދާށެވެ. އެގޮތުން ސިޓީ ކައުންސިލުން އިއްޔެ ވަނީ ނަމޫނާ ރޭމްޕެއް ޖަނަވަރީ މަގުގައި ހަދައިފަ އެވެ. ސޮނީ ހާޑްވެއާ ކުރިމައްޗަށް ވާ ގޮތަށް ހެދީ ފަސް ފޫޓް ފަސް އިންޗި ދިގު، ހަތް ފޫޓް 10 އިންޗި ފުޅާ ރޭމްޕެކެވެ. ރޭމްޕް ހަދާފައި ހުރީ މަގަށް ވުރެ އުސްކޮށެވެ. އޭގައި ރީނދުލާއި ކަޅު ކުލައިގެ ރޮނގުތައް ވެސް ދަމާފައިވެ އެވެ.

Komme dhuvaareh kaireegai Ramp eh hadhanee

Komme dhuvaareh kaireegai Ramp eh hadhanee

The most trusted news source in the Maldives

Mihaaru

ކޮންމެ ދުވާރެއްގައި ރޭމްޕެއް ހަދަން ނިންމުން---

އެކަމަކު ސައިކަލް ޕާކްކުރާ މީހުންނަށް އެއީ ވެސް ހުރަހަކަށް ނުވި އެވެ. ރޭމްޕް ހެދިތާ 24 ގަޑިއިރު ނުވަނީސް އޭގެ މަތީގައި ވެސް މިހާރު ވަނީ ޕާކްކުރަން ފަށައިފަ އެވެ.

ސިޓީ ކައުންސިލްގެ މެމްބަރު ހުސައިން ޝަރީފް "މިހާރު" އަށް ވިދާޅުވީ މި މައްސަލައަށް ހައްލެއް ލިބޭތޯ މިހާރު ނިންމާފައިވަނީ ޑިޒައިން ބަދަލުކޮށް، ރޭމްޕް އުސްކުރަން ކަމަށެވެ.

"އިއްޔެ އެ ރޭމްޕް ބޭނުންކުރަން ފެށުމުން ގިނަ ހިޔާލުތަކެއް ލިބުނު. އެގޮތްތަކާ މެދު މަޝްވަރާ ކުރަމުން މިއަންނަނީ. ކައުންސިލްގައި މަޝްވަރާ ކުރެއްވުމަށް ފަހު ގޮތެއް ނިންމައި އެ މަސައްކަތް އަލުން ފަށާނަން،" ހުސައިން ވިދާޅުވި އެވެ.

އަޖުމަ ބަލަން ހެދި ރޭމްޕް: މިތަން އަލުން ހަދާނީ ކުރިއަށް ވުރެ ބޮޑަށް އުސްކޮށްފައި ކަމަށް ބެލެވޭ -- ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

އަޖުމަ ބަލަން ހެދި ރޭމްޕް: މިތަން އަލުން ހަދާނީ ކުރިއަށް ވުރެ ބޮޑަށް އުސްކޮށްފައި ކަމަށް ބެލެވޭ -- ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

ހުސެއިން ވިދާޅުވީ ޑިޒައިންނަށް އަލަށް ގެންނަ ބަދަލުތަކާ އެކު މި ހަފުތާގައި އަލުން އެ މަސައްކަތް ފެށޭވަރުވާނެ ކަމަށެވެ..

އަމިއްލަ މީހުން ބަހައްޓާފައި ހުރި ޕެލެޓްތައް ނަގާ ސާފުކުރުމުގެ މަސައްކަތް މިދިއަ ހޮނިހިރު ދުވަހު ސިޓީ ކައުންސިލުން ކުރި އެވެ. އެގޮތުން 600 އަށް ވުރެ ގިނަ ޕެލެޓް ނެގި އެވެ.

މަގު ހުރަސްކުރަން އޭގެ މައްޗަށް އެރިތަނުން ލަކުޑި ޕެލެޓެއްގައި ތާށިވެ، އަންހެނެއްގެ ފައި މި ފަހުން ވަނީ ބިނދިފަ އެވެ.