08 ފެބުރުއަރީ 2022
އެމްއެމްއޭ ކުރިމަތިން ރަށްރަށަށް ފުރާ ލޯންޗު ފެރީތައް، މިއަދުން ފެށިގެން ނަސަންދުރާ ކުރިމަތީ ޖެޓީން ފުރާ ގޮތަށް ހަމަޖައްސައިފި އެވެ.
އެމްއެމްއޭ ކުރިމަތިން ރަށްރަށަށް ފުރާ ލޯންޗު ފެރީތައް، މިއަދުން ފެށިގެން ނަސަންދުރާ ކުރިމަތީ ޖެޓީން ފުރާ ގޮތަށް ހަމަޖައްސައިފި އެވެ.
މާލެ ސިޓީ ކައުންސިލްގެ ހެންވޭރު މެދު ދާއިރާގެ މެމްބަރު އާދަމް ރަމީޒް "މިހާރު" އަށް ވިދާޅުވީ މި ބަދަލު ގެންނަން ނިންމީ، އެމްއެމްއޭ ކުރިމައްޗާއި ބާރާޒުމަތި ކައިރިވުމުން އެ ސަރަހައްދުގައި ކޮންމެ ދުވަހަކު ވެސް ޓްރެފިކް ބާރުބޮޑުވެ، އާންމުންނަށް އުނދަގޫތަކާ ކުރިމަތިވަމުން ދާތީ އެ މައްސަލަ ހައްލުކުރަން ކަމަށެވެ.
ކައުންސިލުން މިގޮތަށް ނިންމީ ވަރަށް ބޮޑަށް ދިރާސާކުރުމަށް ފަހުގައި ކަމަށާއި ނަސަންދުރަ ކުރިމަތިން ލޯންޗު ފެރީތައް ފުރާ ގޮތަށް ހަމަޖެއްސުމުން ދަތުރުވެރިންނަށް ވެސް ވަރަށް ބޮޑު ލުޔަކަށް ވާނެ ކަމަށް ވިދާޅުވި އެވެ.
"އެމްއެމްއޭ ކުރިމަތީގައި ރޯ އަވީގައި ގިނައިރުތަކެއް ވަންދެން ތިބެގެން ދަތުރުވެރިން ދެން ފުރާކަށް ނުޖެހޭނެ. ޓްރެފިކް ތޮއްޖެހުން ވެސް ވަރަށް ބޮޑަށް ކުޑަވެގެންދާނެ މި ބަދަލާ އެކު،" ރަމީޒް ވިދާޅުވި އެވެ.
އެމްއެމްއޭ ކުރިމަތީ އޮންނަ ޖެޓީއަށް ލޯންޗުތައް ކައިރިކޮށްފައި. -- ފައިލް ފޮޓޯ: ނިޝާން އަލީ/މިހާރު
ނަސަންދުރަ ކުރިމަތިން ކުރިން ދަތުރުކުރީ، ސިނަމާލެ ބްރިޖް ބޭނުންކުރަން ފެށުމުގެ ކުރިން އެއާޕޯޓް ފެރީތަކެވެ.
"އެއާޕޯޓް ފެރީ އެ ޖެޓީން ދަތުރުކުރި އިރު އާންމުން ހިޔާވެގެން ތިބެން ހެދި ސްޓޭންޓުތައް ވެސް އަދިވެސް އެބަހުރި އެތަނުގައި. އެހެންވީމަ އޭގެ ބޭނުން ވެސް ކުރެވޭނެ."
ކުރިއަށް އޮތް ތަނުގައި އެ ޖެޓީއާ ކައިރީގައި ހުންނަ މަސްވެރިންގެ ޕާކުގައި ވެސް މީހުން މަޑުކޮށްލައިގެން ތިބެވޭނެ ތަނެއް ހެދުމުގެ ވިސްނުން ކައުންސިލުން ގެންގުޅެ އެވެ.
ރަމީޒް ވިދާޅުވި ގޮތުގައި، އެމްއެމްއޭ ކުރިމައްޗަށް ދެން މަޑުކުރާނީ ރަށްރަށުން ތަރުކާރީ އާއި މޭވާގެ ބާވަތްތައް ބަރުކޮށްގެން އަންނަ ދޯނިތަކެވެ. އަދި އެ ސަރަހައްދަށް ބާރުބޮޑުވިޔަ ނުދިނުމަށްޓަކައި، މި ދޯނިތައް އެތަނަށް ކައިރިކުރާނީ ކަނޑައެޅިފައިވާ ވަކި ހާއްސަ ޝެޑިއުލެއްގެ ދަށުން ކަމަށެވެ.
ހަތަރު ނަންބަރު ޖެޓީ މަރާމާތު ކުރަނީ
ލޯންޗް ފެރީތައް އަލުން އެމްއެމްއޭ ކުރިމައްޗަށް!
ލޯންޗް ފެރީތައް އެތަންމިތަނަށް، ޓްރެފިކް ތޮއްޖެހިއްޖެ
އެއް ލޯންޗުން އަނެއް ލޯންޗަށް ފުންމަމުން މާލެއަށް!
ލޯކުރިމަތިން އެތައް ހަނދާނެއް އަނދައި އަޅިޔަށް
ރޯވި ތަނުގައި، ކައުންސިލުން ދިން ހިދުމަތް ހުޅުމާލެއަށް
ރޯވި ތަނަށް ވަދެ ހޯދީ އުމްރާއަށް ދާން އެއްކުރި ފައިސާ
އަލިފާނުގައި މުހިންމު ލިޔެކިޔުންތަކެއް ގެއްލުމުގެ ބިރު
ގަލޮޅު ޕާކު އަލުން ތަރައްގީކޮށް ހުޅުވަނީ
މާލޭގައި އުޅޭ ބުޅާތަކަށް ސްޕްރޭ ޖެހުމުން ކަންބޮޑުވުން