Roadha Mihaaru
ލަންކާގައި މަރުވި އަފްހާމްގެ ޕޯސްޓްމޯޓަމް ހަދަނީ

އަފްހާމްގެ ހަށިގަނޑުގައި ޒަހަމްތަކެއް ހުރުމުން ޕޯސްޓްމޯޓަމް ހަދަނީ

06 ފެބުރުއަރީ 2022

ސްރީ ލަންކާގެ ވެއްލަވައްތަގެ ގޮނޑުދޮށުގައި ޒަހަމްތަކަކާ އެކު މަރުވެފައި އޮއްވައި ފެނުނު ދިވެހި ޒުވާނާގެ ޕޯސްޓްމޯޓަމް ހަދަން ނިންމައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ސްރީ ލަންކާގެ ވެއްލަވައްތަގެ ގޮނޑުދޮށުގައި ޒަހަމްތަކަކާ އެކު މަރުވެފައި އޮއްވައި ފެނުނު ދިވެހި ޒުވާނާގެ ޕޯސްޓްމޯޓަމް ހަދަން ނިންމައިފި އެވެ.

ރޭލު ދަގަނޑެއްގެ ކައިރީގައި މަރުވެފައި އޮއްވާ ފެނުނީ އުމުރުން 24 އަހަރުގެ އަފްހާމް ނަސީރެވެ. އޭނާ އަކީ ދ. މީދޫ މީހެކެވެ. އަފްހާމް މަރުވެފައި އޮތް ސަރަހައްދުން އޭނާ ގެންގުޅުނު ބައެއް ސާމާނު ވެސް ފެނިފައިވެ އެވެ.

އަފްހާމް ދަންނަ، ލަންކާގައި އުޅޭ މީހަކު "މިހާރު" އަށް ބުނި ގޮތުގައި އަފްހާމް މަރުވެފައި އޮއްވައި ފެނުނު ސަރަހައްދުން ވަޅިއެއް ފެނުނު ކަމަަށާއި އަފްހާމްގެ ހަށިގަނޑުގައި ވެސް ޒަހަމްތަކެއް ހުރި ކަމަށް ލަންކާގެ ފުލުހުން އާއިލާ އަށް އަންގާފައިވެ އެވެ. އެހެންވެ، މިއަދު އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

އަފްހާމްގެ ހަށިގަނޑާ ގާތްގަނޑަކަށް 300 މީޓަރު ދުރުން އެހެން މީހެއްގެ ހަށިގަނޑު ވެސް އިއްޔެ ފެނުނެވެ. މި ދެ މަރާ ހުރި ގުޅުމެއް ނޭނގެ އެވެ.

އަފްހާމްގެ މަރާ ގުޅިގެން މިހާތަނަށް ދިވެހި ފުލުހުން ވަކި އެއްޗެއް ނުބުނެ އެވެ.

ލަންކާ ފުލުހުންގެ ތަރުޖަމާނު، އަޖިތު ރޯހަނާ، އެ ގައުމުގެ "ނިއުސް ފަސްޓް" އަށް ދީފައިވާ އިންޓަވިއުއެއްގައި ވަނީ މަރުވެފައި އޮއްވައި ފެނުނު އެކަކަކީ 24 އަހަރުގެ ދިވެއްސެއްކަން ކަށަވަރުކޮށްދެއްވައިފަ އެވެ. ތަހުގީގު ކުރިއަށްދާތީ އިތުރު ތަފްސީލެއް ނުދެ އެވެ.

އެހެންވެ، އަފްހާމް މަރުގެ ހަގީގަތެއް އަދި ނޭނގެ އެވެ.

ލަންކާގެ ވެއްލަވައްތާ ސަރަހައްދުގައި މަރުވެފައި އޮއްވާ ފެނުނު އަފްހާމްގެ ހަށިގަނޑު--

ލަންކާގެ ވެއްލަވައްތާ ސަރަހައްދުގައި މަރުވެފައި އޮއްވާ ފެނުނު އަފްހާމްގެ ހަށިގަނޑު--

މައުލޫމާތު އެނގޭ މީހަކު "މިހާރު" އަށް ކިޔައިދިން ގޮތުގައި އަފްހާމް ދިރިއުޅެމުން ދިޔަ ގެ ވެސް ފުލުހުން ބަލައި ފާސްކުރި އެވެ.

ދެހިވަލާގައި ދިރިއުޅެމުން އައި އަފްހާމް އެންމެ ފަހުން އެ ގޭގެ މީހުންނަށް ފެނުނީ މިދިޔަ ހުކުރު ދުވަހު އެވެ. އޭނާގެ ޚަބަރެއް ނުވެގެން ފޮޓޯ އާންމުކޮށް ހޯދަން ފެށީ އިއްޔެ އެވެ. އޭރު ލަންކާގެ މީޑިއާތަކުގައި ވަނީ ވެއްލަވައްތަ ގޮނޑުދޮށުން ދެ މީހެއްގެ ހަށިގަނޑު ފެނިގެން ރިޕޯޓްކޮށްފަ އެވެ.

އަފްހާމް ގެއްލުމުގެ ކުރިން ހުކުރު ދުވަހުގެ ރޭ އެކުވެރިއަކަށް ވަރަށް ދެރަވެގެން މެސެޖުތަކެއް ވެސް ކޮށްފައި ކަމަށްވެ އެވެ.