02 ފެބުރުއަރީ 2022
ކުޑަކުދިންތަކެއްގެ މެދުގައި ހިންގި މާރާމާރީއެއްގައި ކުއްޖަކަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލައެއްގައި 16 އަހަރަށް ޖަލަށްލި ކުއްޖެއްގެ ޖަލު ހުކުމް ހައި ކޯޓުން މިއަދު ދަމަހައްޓައިފި އެވެ.
ކުޑަކުދިންތަކެއްގެ މެދުގައި ހިންގި މާރާމާރީއެއްގައި ކުއްޖަކަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލައެއްގައި 16 އަހަރަށް ޖަލަށްލި ކުއްޖެއްގެ ޖަލު ހުކުމް ހައި ކޯޓުން މިއަދު ދަމަހައްޓައިފި އެވެ.
ޖޫން، 2016 ގައި ރާނބާ ރެސްޓޯރެންޓް ކައިރިން މަޖީދީމަގުގައި ހިންގި މާރާމާރީއެއްގައި އުމުރުން 14 އަހަރުގެ ކުއްޖަކަށް ހަމަލާދީ މަރާލި މައްސަލާގައި ތިން ކުއްޖަކަށް ދައުލަތުން ކުރި ދައުވާގައި ކުށް ސާބިތުވީ އެންމެ ކުއްޖަކަށެވެ. އެ ކުއްޖާ 16 އަހަރާއި އަށް މަހަށް ޖަލަށްލާން ޖުވެނައިލް ކޯޓުން 2019 ވަނަ އަހަރު ހުކުމް ކުރިއިރު، އޭނާއަށް 18 އަހަރު ފުރިފައި ވިޔަސް، އޭނާގެ މައުލޫމާތު އާންމު ކުރުމަކީ ގާނޫނީ ގޮތުން މަނާ ކަމެކެވެ.
އެ މައްސަލަ އޭނާގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ މަރުވި ކުއްޖާގެ ކަރަށް އޭނަ ހަމަލާދިން ކަމާއި އަދި އޭނާގެ އަތުގައި ވަޅިއެއް އޮތްކަން ހެކިންގެ ބަހުން ސާފުކޮށް އެނގޭ ކަމަށެވެ. އަދި އޭނާ ދިން ހަމަލާއަށް ފަހު އެހެން ބަޔަކު އެ ކުއްޖާއަށް ހަމަލާ ދީފައި އޮތަސް، އެ ކުއްޖާ މަރުވީ ކަރަށް ލިބުނު ޒަހަމްތަކުގެ ސަބަބުން ކަމަށްވާތީ އެ ކުއްޖާގެ މަރުވުމާއި އޭނާގެ އަމަލު ގުޅިފައިވާ ކަމަށް އެ ހުކުމުގައިވެ އެވެ. އެހެންވެ، އެ މަރުގެ ޒިންމާއިން އޭނާ ސަލާމަތް ނުވެވޭނެ ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައި ބުނެފައިވެ އެވެ.
އޭނާ 16 އަހަރަށް ޖަލަށްލާން ހުކުމްކުރީ މަރުވި ކުއްޖާގެ ވާރިސުން މަރުގެ ދިޔަ ބޭނުންވާ ކަމަށް ބުނުމުން ތައުޒީރީ އަދަބެއްގެ ގޮތުންނެވެ. އެކަމަކު މަރުގެ ދިޔަ ނަގައި ދިނުމާބެހޭ ގަވާއިދު އޭރު އުވިފައި އޮތުމުން ޖުވެނައިލް ކޯޓުން ނިންމީ މަރުގެ ދިޔަ ހޯދަން ވާރިސުންނަށް ވަކިން ދައުވާ ކުރެވިދާނެ ކަމަށެވެ. މަރުގެ ދިޔައިގެ ގޮތުގައި މިހާރު ނަގައި ދެނީ އެއް މިލިއަން ރުފިޔާ އެވެ.
އެ ކުއްޖާގެ މަރަށް ފަހު އެކަމާ ގުޅިގެން އެހެން ސިލްސިލާ މާރާމާރީތަކެއް ވެސް މާލޭގައި އެރޭ ހިންގި އެވެ. އަދި ބަދަލު ހިފުމުގެ ގޮތުން އެހެން ކުއްޖަކު ވެސް އެރޭ މަރާލި އެވެ.
ކުއްޖަކު މަރާލުން:ދައުވާލިބޭ ކުއްޖާ ޖަލަށް ބަދަލުނުކުރި
15 އަހަރުނުވާ ކުދިންގެ ފޯނު ފުލުހުންނަކަށް ނުބެލޭނެ
ނޫރުގެ ގާތިލަށް ކުށް ސާބިތުވިޔަސް މަރުގެއަދަބު ނުދެވޭނެ
އަނަސް މަރާލި ކުޑަކުއްޖާ 18 އަހަރަށް ޖަލަށް
ކުޑަކުއްޖެއްގެ ގާތިލުންގެ އިސްތިއުނާފު ބަލަން އަންގައިފި
ކުޑަކުއްޖެއްގެ މަރު: ހަތަރު މީހުންގެ އިސްތިއުނާފް ބޭރު
މަރުގެ ދައުވާލިބޭ ކުއްޖާގެ ގޭ ބަންދު ދަމަހައްޓައިފި
ކުޑަކުއްޖާގެ މަރު:ތުހުމަތުވާ ކުއްޖާ ގެއަށް ދޫކުރުންގޯސް
މަރުގެ ހުކުމެއް ނިންމަން އޮތް ކުއްޖަކު ގެނބިގެން މަރު
އައްޔުބެގެ މަރު: އަށް އަހަރު ފަހުން އިސްތިއުނާފަށް