30 ޖެނުއަރީ 2022
ކެމަރޫން (ޖެނުއަރީ 30) - މި އަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ސެމީ ފައިނަލުން، މުބާރާތް ބާއްވާ ގައުމު ކެމަރޫންއާ އެކު ބުރްކީނާ ފާސޯ ވެސް ޖާގަ ހޯދައިފި އެވެ.
ކެމަރޫން (ޖެނުއަރީ 30) - މި އަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ސެމީ ފައިނަލުން، މުބާރާތް ބާއްވާ ގައުމު ކެމަރޫންއާ އެކު ބުރްކީނާ ފާސޯ ވެސް ޖާގަ ހޯދައިފި އެވެ.
ކެމަރޫން އިން ސެމީ އަށް ދަތުރުކުރީ ރޭ ކުޅުނު ކުއާޓާ ފައިނަލް މެޗުގައި ގެމްބިއާއާ ވާދަކޮށް 2-0 އިން މެޗު ކާމިޔާބު ކޮށްގެންނެވެ. މުބާރާތަށް އަލަށް ކޮލިފައިވި ގެމްބިއާ ކޮޅަށް ކެމަރޫން އިން ދެ ލަނޑު ވެސް ޖަހާފައި ވަނީ ދެވަނަ ހާފުގަ އެވެ. ގާތް ގާތުގައި ކެމަރޫން އިން ޖެހި ދެ ގޯލު ވެސް ކާމިޔާބު ކޮށްދިނީ ފްރާޏްސްގެ ލިޔޯން އަށް ކުޅޭ ފޯވާޑް ކާލް ޓޮކޯ އެކަމްބީ އެވެ.
ފަހު ހާފު ފެށިގެން ފަސް ވަނަ މިނިޓުގައި ޑިފެންޑަރު ފައި ކޮލިންސް ނަގައިދިން ހުރަހެއް ބޮލުން ފޮނުވާލައިގެން އެކަމްބީ ވަނީ މެޗުގެ ފުރަތަމަ ލަނޑު ޖަހައިފަ އެވެ. އަދި އޭގެ ހަތް މިނިޓު ފަހުން އެކަމްބީ ދެވަނަ ލަނޑު ޖެހީ އިޓަލީގެ ވެރޯނާއަށް ކުޅޭ ޒުވާން މިޑްފީލްޑަރު މާޓިން ހޮންގާލާ، 23، ދިން ބޯޅައަކުންނެވެ.
ރޭގެ ދެ ލަނޑާ އެކު އެކަމްބީ ވަނީ މި މުބާރާތުގައި ފަސް ލަނޑު ހަމަކޮށް ލަނޑު ލިސްޓުގެ ދެވަނައަށް ޖެހިލައިފަ އެވެ. ލިސްޓުގެ އެއްވަނައިގައި އޮތީ ރޭގެ މެޗު ފިޔަވައި ކުޅުނު ހުރިހާ މެޗެއްގައި ވެސް ގޯލު ޖެހި އެ ޓީމުގެ ކެޕްޓަން ވިންސެންޓް އަބޫބަކާ އެވެ. އޭނާ އަށް ރޭގެ މެޗުގަައި ވެސް އިތުރު ލަނޑުތަކެއް ޖަހަން ފުރުސަތު ލިބުނު ނަމަވެސް އޭގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ނުހިފުނެވެ.
ބުރްކީނާ ފާސޯގެ ކެޕްޓަން ބާޓްރަންޑް ޓްރައޯރޭ (މ) އާއި ބައެއް ކުޅުންތެރިން ރޭގެ މޮޅަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
ބުރްކީނާ ފާސޯ ސެމީ ފައިނަލަށް ދިޔައީ ރޭ ކުޅުނު ކުއާޓާ ފައިނަލުގައި ޓިއުނީޝިއާއާ ވާދަކޮށް 1-0 އިން މެޗު ކާމިޔާބު ކޮށްގެންނެވެ. ދެ ޓީމުގެ ފަރާތުން ވެސް ގިނަ ހަމަލާތަކެއް ފެނުނު މި މެޗުގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖަހައިދިނީ ފްރާންސްގެ ލޯރިއެންޓަށް ކުޅޭ އުމުރުން 19 އަހަރުގެ ފޯވާޑް ޑަންގޯ އައުޓާރާ އެވެ.
އެޓީމު މޮޅުކޮށްދިން ލަނޑު އައުޓާރާ ޖެހި ނަމަވެސް އޭނާއަށް ސެމީ ފައިނަލުގައި ނުކުޅެވޭނެ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އަށް މިނިޓަށްވެފައި ވަނިކޮށް ބުރްކީނާ ފާސޯގެ ފަހަތުން ކީޕަރު ކުރިޔަށް ފޮނުވާލި ބޯޅައަށް އައުޓާރާ އާއި ޓިއުނީޝިއާގެ އަލީ މައަލޫލް އެރި ވަގުތު، މައަލޫލްގެ މޫނުމަތީ އުޅަނބޮށިން ޖެހުމުން ރެފްރީ ވަނީ އޭނާ އަށް ސީދާ ރަތް ކާޑެއް ދައްކައިފަ އެވެ.
އެންމެ ފަހުން 2019 ވަނަ އަހަރުގެ މުބާރާތަށް ބްރްކީނާ ފާސޯ ކޮލިފައިއެއް ނުވެ އެވެ. އެހެން ނަމަވެސް އޭގެ ކުރިން 2017 ވަނަ އަހަރުގެ ސެމީ ފައިނަލުގައި ވެސް އެޓީމު ވަނީ ކުޅެފަ އެވެ. ސެމީގައި ފެނަލްޓީ ޖަހައިގެން މިސްރު އަތުން ބަލިވި ނަމަވެސް ތިންވަނަ ހޮވި މެޗުގައި ވަނީ ގާނާ ބަލި ކޮށްފަ އެވެ. އަދި 2013 ވަނަ އަހަރު ބުރްކީނާ ފާސޯ ވަނީ މުބާރާތުގެ ފައިނަލުގައި ވެސް ކުޅެފަ އެވެ. އެކަމަކު އެ ފަހަރު ފައިނަލުގައި ބަލިވީ ނައިޖީރިއާ އަތުންނެވެ.
ސެމީ ފައިނަލުގައި ބުރްކީނާ ފާސޯ ވާދަކުރާނީ ސެނެގާލް އާއި އިކުއެޓޯރިއަލް ގިނީ މިރޭ ރާއްޖޭ ގަޑިން 12 ޖަހާއިރު، ވާދަކޮށް މޮޅުވާ ޓީމަކާ އެވެ. އަދި ކެމަރޫން ސެމީ ފައިނަލުގައި ނުކުންނާނީ މިސްރާއި މޮރޮކޯ ރާއްޖޭ ގަޑިން މިރޭ 9 ޖަހާއިރު ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.
ބުރްކީނާ ފާސޯ އަށް ލަނޑުދީ ކެމަރޫން ތިންވަނަ ހޯދައިފި
ކެމަރޫން އާއި އަލަށް ވާދަކުރާ ގެމްބިއާ ކުއާޓަ އަށް
ޕެނަލްޓީގައި ކެމަރޫން ކަޓުވާލައި މިސްރު ފައިނަލަށް
މާނޭގެ ލަނޑާ އެކު ސެނެގާލް އެފްރިކަން ކަޕް ފައިނަލަށް
ނައިޖީރިއާ ކަޓުވާލައި ޓިއުނީޝިއާ ކުއާޓަ ފައިނަލަށް
މޮޅަކުން ފަށައި ކެމަރޫން ފާޑުކިޔުންތަކަށް ޖަވާބުދީފި
ކެމަރޫން ގޮވައިގެން ސީޑޯފް މުހިއްމު ދަތުރަކަށް
އެފްރިކާގެ ޗެމްޕިއަންކަން ކެމަރޫން ހޯދައިފި
ކެމެރޫންގެ މެޗުތަކަށް ދަނޑަށް ވަނުން އެޓޫއަށް މަނާ
ރައީސްގެ މަންދޫބެއްގެ ގޮތުން ޝަހީމް އޯއައިސީގެ ސަމިޓަށް