24 ޖޫން 2019
އިސްމާއީލިއާ، މިސްރު (ޖޫން 24) - ކޯޗިން ކެރިއަރު ފަށައި ފާއިތުވި ފަސް އަހަރު ކުރަން ޖެހުނީ ހިތި ތަޖުރިބާތަކެއް ކަމަށާއި ކެމަރޫންއާ އެކު މި ފަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސާ ކުރިމަތިލީ ކޯޗިން ކެރިއަރު ރަނގަޅު މިސްރާބަކަށް އެޅުވުމަށް ކަމަށް ކަމެރޫންގެ ކޯޗު ކްލަރެންސް ސީޑޯފް ބުނެފި އެވެ.
އިސްމާއީލިއާ، މިސްރު (ޖޫން 24) - ކޯޗިން ކެރިއަރު ފަށައި ފާއިތުވި ފަސް އަހަރު ކުރަން ޖެހުނީ ހިތި ތަޖުރިބާތަކެއް ކަމަށާއި ކެމަރޫންއާ އެކު މި ފަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސާ ކުރިމަތިލީ ކޯޗިން ކެރިއަރު ރަނގަޅު މިސްރާބަކަށް އެޅުވުމަށް ކަމަށް ކަމެރޫންގެ ކޯޗު ކްލަރެންސް ސީޑޯފް ބުނެފި އެވެ.
ހެޑް ކޯޗެއްގެ ގޮތުގައި 2014 ވަނަ އަހަރު އޭނާގެ ކުރީގެ ކްލަބް އޭސީ މިލާނުން މަސައްކަތް ފެށި ސީޑޯފަށް އަދި ކްލަބްތަކުގައި މާ ރަނގަޅު ނަތީޖާތަކެއް ނުނެރެވުނެވެ. އޭނާ ވަނީ ޗައިނާގެ ޝެންޒެން އާއި ސްޕެއިނުގެ ޑިޕޯޓިވޯގައި ކޯޗުކަން ކޮށްފަ އެވެ. ނެދަލެންޑްސް ގައުމީ ޓީމަށް ކުރިން ކުޅުނު ސީޑޯފް ކެމަރޫންއާ ހަވާލުވީ މިދިޔަ އޮގަސްޓް މަހުގަ އެވެ.
އެފްރިކަން ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން ކެމަރޫން ގޮވައިގެން މި ފަހަރުގެ މުބާރާތަށް ނުކުންނައިރު ސީޑޯފްގެ އިރުޝާދުގެ ދަށުން އެ ޓީމު ވަނީ ކުޅުނު ނުވަ މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެފަ އެވެ. ދެން ކުޅުނު ހަ މެޗުން ތިން މެޗު އެއްވަރުވިއިރު، ތިން މެޗުން ވަނީ ބަލިވެފަ އެވެ. އެފްރިކަން ކަޕްގެ ތާރީހުގައި ފުރަތަމަ ފަހަރަށް 24 ޓީމާ އެކު ވާދަކުރާއިރު، ސީޑޯފަށް ދީފައިވާ ޓާގެޓަކީ އެންމެ ކުޑަމިނުން ކުއާޓާ ފައިނަލުގައި ވާދަކުރުމެވެ.
"މި ޓީމާ ހަވާލުވީ އަހަރެން އަމިއްލަ ނަފްސަށް ވެސް ޔަގީންކަން އޮތީމަ. ކޯޗިން ކެރިއަރު ކުރިއަށްގެންދާން މިއީ ވަރަށް ރަނގަޅު ފުރުސަތެއް،" ސީޑޯފް ބުންޏެވެ.
ކެމަރޫންގެ ކުޅުންތެރިންނަށް ބޯނަސް ނުދޭ މައްސަލައިގައި މިދިޔަ ހުކުރު ދުވަހު މުބާރާތަށް ފުރަން އެ ޓީމުގެ ކުޅުންތެރިން ވަނީ ދެކޮޅު ހެދި އެވެ. ޓީމުގެ ސްކޮޑުގައި ހިމެނޭ 23 ކުޅުންތެރިން ސޮއިކޮށް ކެމަރޫން ފެޑެރޭޝަނަށް ހުށަހެޅި ސިޓީގައިވާ ގޮތުން ކޮންމެ ކުޅުންތެރިއަކަށް ނުދީ ހުރި ބޯނަހުގެ އަދަދު 53،000 ޕައުންޑަށް އަރަ އެވެ. އެކަމަކު ފަހުން އެ މައްސަލަ ފެޑެރޭޝަނުން ވަނީ ހައްލުކޮށްފަ އެވެ. މީގެ ކުރިން 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ވެސް ކެމަރޫން ކުޅުންތެރިން ވަނީ ނުދީ ހުރި ބޯނަހުގެ މައްސަލައިގައި ހަޅުތާލުކޮށްފަ އެވެ.
ސީޑޯފް ބުނީ ދިމާވި މައްސަލަތަކުގެ ތެރެއިން އޭނާ އަށް ލިބޭނެ ހިތްހަަމަޖެހުމަކީ ޓީމުގެ ކުޅުން އިތުރަށް ބަދަހިވެގެންދިއުން ކަމަށެވެ.
"އަހަރެމެން މި ހުރީ މުބާރާތަށް ވަރަށް ތައްޔާރުވެގެން. ވަރަށް ހުނަރުވެރި ސްކޮޑެއް އޮތީ. ދިމާވި ކަންތައްތަކުގެ ސަބަބުން ޓީމު އޮތީ ވަރަށް ބަދަހިވެފައި،" ޗެމްޕިއަންސް ލީގުގެ ތަށި ހަތަރު ފަހަރަށް އުފުލާލާފައިވާ ސީޑޯފް ބުންޏެވެ.
އެފްރިކަން ކަޕްގައި ރޭ ކުޅުނު ގްރޫޕް ސީގެ މެޗުތަކުން ސެނެގޯލް ވަނީ 2-0 އިން ޓެންޒާނިއާ ބަލިކޮށް އެވެ. ކޮލިފައިންގައި ދެއްކި ކާޑުތަކުގެ ސަބަބުން ސެނެގޯލްގެ ސަޑިއޯ މާނޭ ހުރީ ރޭގެ މެޗަށް ސަސްޕެންޑްކޮށްފަ އެވެ. އެ ގްރޫޕްގެ އަނެއް މެޗުގައި ރިޔާދު މާރޭޒްގެ ގޯލާ އެކު އަލްޖީރިއާ އިން ވަނީ 2-0 އިން ކެންޔާ ބަލިކޮށްފަ އެވެ. މުބާރާތުގައި ކެމަރޫން ކުޅޭ ފުރަތަމަ މެޗުގައި މާދަމާރޭ ނުކުންނާނީ ގިނީ ބިސޯއާ ދެކޮޅަށެވެ.
ބުރްކީނާ ފާސޯ އަށް ލަނޑުދީ ކެމަރޫން ތިންވަނަ ހޯދައިފި
ޕެނަލްޓީގައި ކެމަރޫން ކަޓުވާލައި މިސްރު ފައިނަލަށް
ކެމަރޫންއާ އެކު ބުރްކީނާ ފާސޯ ވެސް ސެމީ ފައިނަލަށް
ކެމަރޫން އާއި އަލަށް ވާދަކުރާ ގެމްބިއާ ކުއާޓަ އަށް
އިތުރު ފުރުސަތެއް ނުދީ ކެމަރޫނުން ސީޑޯފް ވަކިކޮށްފި
މޮޅަކުން ފަށައި ކެމަރޫން ފާޑުކިޔުންތަކަށް ޖަވާބުދީފި
އެފްރިކާގެ ޗެމްޕިއަންކަން ކެމަރޫން ހޯދައިފި
ކެމެރޫންގެ މެޗުތަކަށް ދަނޑަށް ވަނުން އެޓޫއަށް މަނާ
ކެންސަރުންވެސް ހޯލާ އަރައިގެންފި، ތަށިވެސް ހޯދައިދީފި
އެޓޫ އިސްތިއުފާ ދޭން ހުށަހެޅުމުން ބޯޑުން ދެކޮޅުހަދައިފި