ކެމެރޫން ކުޅޭ މެޗުތަކަށް، ހަ މަސްވަންދެން ދަނޑަށް ނުވަދެވޭ ގޮތަށް، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ސެމިއުލް އެޓޫ އަށް ފީފާއިން އަދަބު ދީފި އެވެ.
01 އޮކްޓޯބަރ 2024
ކެމެރޫން ކުޅޭ މެޗުތަކަށް، ހަ މަސްވަންދެން ދަނޑަށް ނުވަދެވޭ ގޮތަށް، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ސެމިއުލް އެޓޫ އަށް ފީފާއިން އަދަބު ދީފި އެވެ.
ކޮލަމްބިއާގައި ނިމިގެންދިޔަ 20 އަހަރުން ދަށުގެ އަންހެނުންގެ ވޯލްޑް ކަޕްގައި ކެމެރޫން ކުޅުނު މެޗެއް ބަލަން ދަނޑަށް ހުރެ ފީފާގެ ގަވާއިދާ ހިލާފުވި ކަމަށް އެޓޫގެ މައްޗަށް ތުހުމަތު ކުރެވިފައިވެ އެވެ. ފީފާ އިން ވަނީ މުބާރާތުގެ ދެ ވަނަ ބުރުގައި ބްރެޒިލް އަތުން ކެމެރޫން ބަލިވި މެޗުގައި އެޓޫ ގަވާއިދާ ހިލާފުވެފައިވާ ކަމަށް ބުނެފަ އެވެ.
އެކަމަކު އެއީ ކޮންކަމެއްކަން ފީފާއިން ބުނެފައެއް ނުވެ އެވެ. މައްސަލަ ބެލުމަށް ފަހު އެ އިދާރާއިން ބުނީ ފީފާގެ ގަވާއިދުގެ ދެ މާއްދާއަކާ އެޓޫ ހިލާފުވެފައިވާ ކަމަށެވެ.
އެކަމުގެ އަދަބެއްގެގޮތުން ހަ މަސް ވަންދެން ކެމެރޫންގެ ގައުމީ ޓީމު ކުޅޭ އެއްވެސް މެޗެއް ބަލަން ދަނޑަށް ވަނުން އޭނާ އަށް ވަނީ މަނާކޮށްފަ އެވެ.
އުމުރުފުރާގެ ގައުމީ ޓީމާއި ސީނިއާ ޓީމު ކުޅުނަސް އެޓޫ އަށް އެ މުއްދަތުގައި ދަނޑަށް ނުވަދެވޭނެ ކަމަށް ފީފާއިން ބުންޏެވެ. އަންހެން އަދި ފިރިހެން ޓީމު ކުޅުނަސް އެޓޫއަށް ދަނޑަށް ނުވަދެވޭނެ އެވެ.
ކެމެރޫންގެ ގައުމީ ޓީމާ އެކު ހަތަރު ފަހަރު ވޯލްޑް ކަޕްގައި ކުޅުނު އެޓޫ ފާހަގަވެފައި ވަނީ ދުނިޔޭގެ އޭރު ހުރި އެންމެ މޮޅު ސްޓައިކަރުގެގޮތުގަ އެވެ. އޭނާ ވަނީ ވިދިވިދިގެން ދެ ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ.
އެޓޫ އިސްތިއުފާ ދޭން ހުށަހެޅުމުން ބޯޑުން ދެކޮޅުހަދައިފި
ކުޅުންތެރިންގެ ނަން ނޭނގި ކެމެރޫންގެ ކޯޗު ޕްރެޝަރަށް
އެފްއޭގެ މެންބަރުކަން ދޭ އުސޫލު ގަވާއިދުގައި ހިމަނަނީ
ފީފާއިން ހޭދަކުރި 50 މިލިއަން ޑޮލަރު ފެނަށް
އެތުލެޓިކޯގެ ޝަކުވާއާހެދި ޕެނަލްޓީގެ ގަވާއިދަށް ބަދަލު
އެންސީއަށް އެހީވާން 2800 ޑޮލަރުގެ މުސާރަލިބޭ މީހެއް
ބައްސާމް ވިދާޅުވަނީ ޕެންޓްހައުސްއަކީ އޭނާގެ ތަނެއް ނޫނޭ
އެފްއޭއެމްގެ ކުރު މުބާރާތަށް ފީފާއިން ބައިލައްކަ ޑޮލަރު
އެފްއޭއެމް ގަވާއިދު އިސްލާހުކުރާ ކޮންގްރެސް އަންނަ މަހު
އެފްއޭއެމުން ބާއްވާ މުބާރާތަށް ފީފާގެ ފެހި ސިގްނަލް